ރިއަލްގެ ތަރި ގެރެތް ބޭލް މިރޭ މެޗުގައި ފެނިގެން ގޮސްދާނޭ ކަމަށް ރިޕޯޓްތަށް ބުނަން ފަށައިފިއެވެ. ސްޕެއިނިޝް ލީގް އަނެއްކާ ފެށައި، ރިއާލްގެ ފުރަތަމަ މެޗު މިރޭ އެއިބާ އާއި ދެކޮޅަށް ނިކުންނަ އިރު ނެގި 23 ކުޅުންތެރިންގެ ޓީމް ލިސްޓުގައި ބޭލް ހިމެނިފައި ވެއެވެ.

ރިއަލް މެޑްރިޑުން އެންމެ ފަހުން މިދިޔަ މާޗް މަހު ރިއަލް ބެޓިސްގެ އަތުން 2 ލަނޑު 1 ލަނޑުން ބަލިވި މެޗުގައި ބޭލް ކުޅެން އަރުވާފައި ނުވެއެވެ. ކުރީގެ ޗެލްސީގެ ތަރި އީޑެން ހަޒާޑް ވެސް ވަނީ މިދިޔަ ފެބްރުއަރީ މަހު އޭނާގެ ފައިގެ ފުންނާބަށް ލިބުނު އަނިޔާއަކަށް ފަހު އަނެއްކާ ކުޅުމާ ގުޅިފައެވެ. ރިޕޯޓުތަށް ބުނާ ގޮތުގައި މި ދެކުޅުން ތެރިންވެސް މިރޭ މެޗުގައި ފެނިގެން ދާނެއެވެ.

މީގެ ދުވަސްކޮޅެެއް ކުރިން ބޭލް އާއި ރިއަލްގެ ކޯޗު ޒިދާނާއި ވަނީ ބަހުގެ ހަމަލާތަކެއް ހިނގާފައެވެ. އޭރު ބޭލް ރިއަލް ދޫކޮށްލާނެ ކަމުގެ އަޑުތައް ފެތުރިފައެވެ. 3 މަހުގެ ހުއްޓުމަކަށް ފަހު މިރޭ ރިއަލްގެ ފުރަތަމަ މެޗަށް ނިކުންނަ އިރު ކޯޗު ޒިދާން ބުނެފައި ވަނީ ކުރިއަށް ބާކީ 11 މެޗު ކުޅެން އޮތް އިރު ބޭނުންވަނީ ހުރިހާ މެޗުަކުން މޮޅުވެ ލީގު އުފުލާލަން ކަމަށެވެ.

ރިއަލްގެ އަމިއްލަ ދަނޑު ބާނެބިއު މިހާރު މަރާމާތު ކުރަން ބަންދުކޮށްފައި ވާއިރު ރިއަލްގެ ހޯމް މެޗުތައް ކުޅެން ހަމަޖެހިފައިވަނީ އެލްފްރެޑޯ ޑީ އެސްޓެފާނޯ ދަނޑުގައެވެ. އެއީ މެޑްރިޑުން ފަރިތަ ކުރުން ގެންދިއުމަށް ބޭނުން ކުރާ ދަނޑެކެވެ. މިރޭ މެޗަށް ރިއަލް ނިކުންނަ އިރު ޓީމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރު ވެފައި ކަމަށް ކޯޗު ޒިދާން ބުނެފައިވެއެވެ. ރިއަލްއަށް ލީގުގައި ބާކީ 11 މެޗުން ކުޅެން ޖެހޭއިރު މިހާރު އޮތީ ތާވަލްގެ ދެވަނައިގައި ބާަސާއަށް ވުރެން 1 މެޗު މަދުން ކުޅެ 5 ޕޮއިންޓް ދަށުގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބޭލި

    ސެންޓިއާގޯ ބާނަބޭ މަރާމާތުކޮށް މުޅިން ބަދަލުކުރުމުގެ މަޝްރޫއެއް ހިންގަނީ. އެހެންވެ ޕްރެކްޓިސް ދަނޑުގައި މެޗްކުޅެނީ.

    1
    1