ޕީއެސްޖީގެ ފޯވާޑް އެޑިސަން ކަވާނީއާއި އެ ޓީމުގެ ކެޕްޓަން ތިއާގޯ ސިލްވާ ދޫކޮށްލަން ނިންމާފައި ވާކަމަށް ޕީއެސްޖީއިން ކަށަވަރު ކޮށް ދީފިއެވެ.

33 އަހަރުގެ ކަވާނީއާއި 35 އަހަރުގެ ސިލްވާގެ އެއްބަސްވުން މި ޖޫން މަހު ހަމަވާއިރު މި ސީޒަން ނިމެންދެން ދެ ކުޅުން ތެރިންވެސް ކުޅޭނެ ކަމަށް ޕީއެސްޖީގެ ސްޕޯޓިން ޑައިރެކްޓަާރ ލިއެނާޑޯ ހާމަކުރިއެވެ. އޭނާ ދިން އިންޓަވިއެއް ގައި ބުނެފައިވަނީ މިއީ ޕީއެސްޖީއަށް ނިންމަން ޖެހުނު ވަރަށް އުދަގޫ ނިންމުމެއް ކަމަށާއި ދެކުޅުން ތެރިންނަކީވެސް ކުލަބުގެ ތާރީހުގައިވެސް ގިނަ ހިދުމަތްތަކެއް ކޮށްފައިވާ ކުޅުންތެރިން ތަކެއް ކަމަށެވެ.

" ވެދާނެ މިއީ އެއްމެ ރަނގަޅު ނިންމުން ނޫންކަމަށް ، އެއްވެސް ނިންމުމަކީ އެންމެ ފުރިހަމަ ނިންމުމެއް ނޫން، މި ސީޒަންގައި އަދި ބާކީ ޗެންޕިއަންސް ލީގުވެސް އެބައޮތް ، ދެ ކުޅުންތެރިންވެސް ލީގު ނިމެންދެން އޮގަސްޓް މަހާއި ހަމައަށް ޓީމުގައި މަޑުކުރާނެ " ލިނާޑޯ ޑި ޖާަނަލް ޑޫ ލިމަންޗެއާ ވާހަކަ ދައްކަމުން ބުންޏެވެ.

މީގެ އިތުރުން އޭނާ ބުނީ ދެކުޅުންތެރިން ނާއި އެކުގަވެސް ކާމިޔާބު ދަތުރެއް ކުލަބަށް ކުރެވިފައިވާ ކަމާއި މުސްތަގް ބަލަށް ވިސްނާފައި ޒުވާން ކުޅުންތެރިންނަށް ޖާގަ ދިނުމަށް މިއީ އެންމެ ބުއްދިވެރި ނިންމުން ކަމަށެވެ. 2013 ގައި ނަޕޯލީން ޕީއެސްޖީއަށް ގުޅުނު ކަވާނީވަނީ 200 ލަނޑު ޕީއެސްޖީއަށް ކާމިޔާބުކޮށް މިހާތަނަށް ޕީއެސްޖީއަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަގާމް ހޯދާފައެވެ.

ކަވާނީ ހޯދުމަށް އެތްލެޓިކޯ އާއި އެމެރިކާގެ އިންޓާ މިއާމީއިން ވަނީ މަސައްކަތް ކޮށްފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ކަވާނީ އަންނަ ސީޒަންގައި ފެނުން އެންމެ ގާތީ އެމެރިކާ ލީގުންނެވެ. އޭސީ މިލާނުން ޕީއެސްޖީ އާއި ގުޅުނު ސިލްވާ ވަނީ ޕީއެސްޖީއަށް 310 މެޗު ކުޅެދީފައެވެ. އޭނާ އަކީ ޕީއެސްޖީއަށް މިހާތަނަށް ލިބުނު އެންމެ ގިނަ ކާމިޔާބީ ތަކުގައި ކެޕްޓަން ކަން ކުރި ކުޅުންތެރިޔާއެވެ.