އޭއެފްސީ ޕްރޯ ކޯޗިން ލައިސަންސް ދިވެހި ފުޓުބޯޅަ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ނަގައިފިއެވެ.

މި ލައިސަންސް އަކީ ފުޓްބޯޅައިގެ ކޯޗިން ދާއިރާގައި މިހާރު ނެގެން އޮންނަ އެންމެ މަތީ ލައިސަންސް އެވެ. އީގަލްސް އަށް މިހާރު ކޯޗުކަން ކޮށްދެމުން ގެންދާ މޯހަން އަކީ މި ލައިސަންސް ރާއްޖެއިން ނެގި ދެވަނަ ކޯޗެވެ. ކުރިން މި ލައިސަންސް ނަގާފައިވާ ދިވެހި ކޯޗަކީ ޔޫތު ޑިވަލަޕަރުންގެ ތަޖުރިބާ ކާރު ޓްރެއިނަރު އަދި މިހާރުގެ ޓީސީ ސްޕޯޓްސްގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) އެވެ.

އޭ ލައިސަންސް އަށް ފަހު ދެން އޮންނަ، އަދި ފުޓްބޯޅައިގައި މިވަގުތު ނެގެން އޮންނަ އެންމެ މަތީ ލައިސަންސް އަކީ އޭއެފްސީ ޕްރޯ ލައިސަންސް އެވެ. މިއީ ޔުއެފާ ޕްރޯ ލައިސަންސްއާ އެއް ފެންވަރެއްގެ ސެޓްފިކެޓެކެވެ.

މިދިޔަ އަހަރު މޯހަން މި ކޯސް ފެށީ އެފްއޭއެމް އިން ދިން ފުރުސަތެއްގަ އެވެ. މިދިޔަ މާޗް މަހު ކޯސް ނިމުމާއެކު އޭނާއަށް ވަނީ ސެޓްފިކެޓް ލިބިފައެވެ.

ޓީސީގެ ކޯޗު މޯހަން އަކީ އޭއެފްސީގެ ކޯޗިން އިންސްޓަކްޓަރެކެވެ. އޭނާ ވަނީ ބޭރުގެ ބައެއް ގައުމު ތަކުގައި އަދީ ރާއްޖޭގައި އޭއެފްސީގެ ސީ ލައިސަންސް ކޯސް ކިޔަވާދީފައެވެ.

މި ކޯސް ފުރިހަމަ ކުރުމަށް ފަހު މުސްތަގްބަލްގައި ހުވަފެންތައް އެބަހުރި ކަމަށާއި އެކަންތައް ހާސިލް ކުރުމަށް މަސައްކަތް ކުރާނޭ ކަމަށް މޯހަން ބުންޏެވެ.

މިވަގުތު އޭނާ އެންމެ އިސްކަންދެނީ މި ފުރުސަތު ހޯދައިދިން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި އޭރު އެފްއޭއެމްގެ ޑެޕިއުޓީ ޓެކްނިކަލް ޑިރެކްޓަރު އިހުސާން އަބްދުލްގަނީ (ސާންތީ) އަށް ޝުކުރުއަދާކުރުމަށެވެ. އަދި ކޯހުގެ ތަމްރީންތަކަށް އޭނާ ވީއްލައިދިނީތީ އީގަލްސް އަށް ވެސް ޝުކުރުއަދާކުރި އެވެ.

ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ގިނަ ދުވަހު މަސައްކަތް ކުރި މޯހަން އަކީ ނިއުރޭޑިއަންޓް އަދި ވެލެންސިއާ ފަދަ ކުލަބް ތަކަށް ކޯޗުކަން ކޮށްދީފައިވާ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. އެމަންޖެ

  ކަލޭމެން ކިތައްމެ މޮޅައް ފުޓުބޯޅަކިޔެވިޔަސް މިދިވެހި ރާއްޖެ ފުޓުބޯޅަ ކުޅެގެންކުރިޔެއްނާރާނެ.

  11
  5
 2. އަދުރެމެޓިކްސް

  ސާބަހޭ މަގޭ ކޯޗް

  6
  6
 3. ކީއްވެ؟

  މީނައަށް "މޯހަން" އޭ ކިޔަނީ ކީއްވެ؟ ފެންނަފެނުމުން، ކުރިން މަހީކުރީ، ލަންކާ އޮތިއެއް ކަމަށް! ދިވެއްސެއްކަން އެނގުނު ވަގުތު ކިރިޔާ ނީ!

 4. ޢާސީ

  ޅައިސަންސް ނެގިޔަސް ތީކީ ކަމުދާމީހެއްނޫން..
  ޅާރި ހުރިއްޔާ އެއޗިހޮ ނެގިދާނެ....

  3
  3
 5. ޙުސެން

  ޓތީވެސް ފޮރިއެއް އަޅައޮފޮއްޔާ ފިލު ވާލަން އުނދަގޫ ވާނެ

  1
  1
 6. ކޮތަރު

  މޯހަން ރަނގަޅު. އެކަމަކު އާޒިމު އުޅެނީ ވިޔާނުދާ މީހުންނާއެކު.

  7
  1