30 އަހަރަށްފަހު ލިވަޕޫލް އިން އިނގިރޭސި ޕްރިމިއާ ލީގް ކާމިޔާބުކޮށްފި އެވެ.

ލިވަޕޫލަށް މި ކާމިޔާބީ ލިބިފައި ވަނީ، ލީގުގެ ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އާއި ބައްދަލުކޮށް މިރޭ ޗެލްސީ މޮޅުވުމުންނެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗުން، ޗެލްސީ މޮޅުވީ 2-1 ގެ ނަތީޖާ އަކުންނެވެ.

މިރޭ ޗެލްސީން މެންޗެސްޓާ އާއި ދެކޮޅަށް ކުޅުނު މެޗުގައި ފުރަތަމަ ގޯލް ކާމިޔާބުކޮށްދިނީ ކްރިސްޓިއަން ޕުލިސިކް އެވެ. އަދި ޓީމަށް ލީޑު އިތުރަށް ފުޅާވެ މެޗުން މޮޅުވީ ޕެނަލްޓީއެއް ކާމިޔާބު ކޮށްގެންނެވެ.

ތާވަލުގެ ދެވަނައިގައި 63 ޕޮއިންޓާއެކު އޮތް މެންޗެސްޓާ ސިޓީގެ މައްޗަށް ޗެލްސީން މިރޭ ހޯދި ކާމިޔާބާއި އެކު ލިވަޕޫލަށް ލީގުގެ ތަށި ވަނީ ކަށަވަރު ކުރެވިފައެވެ. މިރޭގެ މެޗުން ލިބުނު ކާމިޔާބާއި އެކު ޗެލްސީ ތާވަލުގެ ހަތަރުވަނައިގައި އޮތީ 54 ޕޮއިންޓާއެކު އެވެ.

ލިވަޕޫލަށް ލީގުގެ ތަށި މިހާރު ޔަޤީން ކުރެވިފައި ވާއިރު، ލީގުގެ ބާކީ ހަތް މެޗު އަދި ކުރިޔަށް އެބައޮތެވެ. އެ ޓީމުން 31 މެޗު ކުޅެގެން ތާވަލުގެ އެއްވަނައިގައި އޮތީ 86 ޕޮއިންޓާއެކުއެވެ.

އެހެންކަމުން މިއީ ލީގުގެ މިހައި ގިނަ މެޗު ކުރިޔަށް އޮއްވައި ޓީމަކުން ލީގު ކާމިޔާބު ކުރި ތާރީޚީ ރެކޯޑެއްވެސް މެއެވެ.

މިއީ 1990 ވަނަ އަހަރަށްފަހު ލިވަޕޫލުން ޕްރިލިއާ ލީގް ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރަދީފް

    މިވެސް ބްރޭކިން ނިއުސް އެއްތަ؟

    4
    10
  2. ރަދީފް

    މަރުހަބާ ލިވަޕޫލް ފޭންސް، ޚާއްސަކޮށް ރައީސް މައުމޫން.

    20
    3