ސްޕެއިންގައި ބާސެލޯނާ އާއި ސެލްޓަވީގޯ މިއަދު ބައްދަލުކުރި މެޗުގައި ރާއްޖޭގެ ފަތުރުވެރިކަން އިސްހިތާރުކޮށްފިއެވެ.

މިގޮތުން މިއަދުގެ މެޗު ފެށުމުގެ ކުރީން ދަނޑުގެ ސެންޓަ ސާކަލްގައި ރާއްޖެ ފަތުރުވެރިކަމަށް އަލުން ހުޅުވާލާ ތާރީޚު ދައްކާލާފައި ވެއެވެ. އަދި މެޗު ކުޅެމުންދިޔައިރު ދަނޑުގެ އަރިމަތިން އިސްތިހާރު ބޯޑެއްގައިވެސް ރާއްޖެގެ އިސްތިހާރެއް ދައްކަމުން ދިޔައެވެ.

މިކަމާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެފައި ވަނީ، ރާއްޖޭގެ އިސްތިހާރު 50 މިލިއަނަށްވުރެ ގިނަ މީހުންނަށް ފެނިފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

މިއަދު ސެލްޓަ ވީގޯ އާއި ބާއްދާ ބައްދަލު ކުރި މެޗު ނިމުނީ 2-2- ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. ޓޫރިޒަމް މިނިސްޓްރީން ވަނީ އެ ޓީމަށް މަރުޚަބާ ކިޔާފައެވެ.

މިއަދުގެ މެޗުގައި ރާއްޖެ އިސްތިހާރުކޮށްފައި ވަނީ ޓޫރިޒަމް މިނިސްޓްރީން ސްޕެއިންގެ ސެލްޓަ ވީގޯއާއެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. ތިން އަހަރުގެ ދުވަހުގެ މުއްދަތަށް ހަދާފައިވާ މި އެއްބަސްވުމުގެ ދަށުން މީގެ ކުރިން އެ ކްލަބުގެ ބައެއް ކުޅުންތެރިން ވެސް ރާއްޖެ ޕްރޮމޯޓުކޮށް ވީޑިއޯ އާންމުކޮށްފައި ވެއެވެ.

ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކޮށް އިޤްތިސާދު ކުރިއެރުވުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީން ސެލްޓަ ވީގޯއާއެކު އެއްބަސްވުން ހަދާފައި ވަނީ އަހަރަކު 9 ލައްކަ އެމެރިކާ ޑޮލަރު ޚަރަދުކުރާ ގޮތަށެވެ.

ފަތުރުވެރިކަމަށް ރާއްޖޭގެ ބޯޑަރުތައް ހުޅުވާލުމަށް ނިންމާފައި ވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަަރުން

    ރިއަލިޓީ އަށް ބަލާއިރު ދެވަނަ ރާޅެއްގެ ބިރު ދުނިޔެއަށް ވަނީ ބޮޑުވެފައި،ޔޫރަޕްގެ ގައުމުތަކުގެ އިގްތިސާދް ހީނަރުވުމުގެ ސަބަބުން އެތެރޭގެ ޓްއަރިޒަމަށް އެގައުމުތަކުގެ ރައްޔިތުން އިސްކަންދޭނެ.ރާއްޖެ ފަދަ ޑެސްޓިނޭޝަނެއް އެފޯޑް ކުރުމަކީ މަދު ބަޔަކަށް ނޫނީ ނުކުރެވޭނެ ކަމެއް..އަދި ބޯޑަރު ހުޅުވަން އަވަސް ......

    18
  2. އަންނި

    ކީއްތަ ވާނީ އެ ނުވަ ލައްކަ ޑޮލަރު މިތާ ތިބި ދިވެހި ރައްޔިތުންނަށް ހޭދަ ކުރިއްޔާ

    20
    9