ކުޅިވަރާ ބެހޭ މިނިސްޓްރީގެ ފަރާތުން ހދ. ކުމުންދޫގައި އެޅި ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފިއެވެ.

ކުމުންދޫގައި ތަރައްގީ ކުރި ފުޓްސަލް ދަނޑުގެ ހުރިހާ މަސައްކަތެއް ނިންމާލިކަން އިއުލާނު ކޮށްފައި ވަނީ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް އެވެ. މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ފުޓްސަލް ދަނޑުގެ މަސައްކަތަކީ ކުމުންދޫގެ ޒުވާނުންގެ ފަރާތުން އައި އެންމެ ބޮޑު އެއް ޑިމާންޑް ކަމަށާއި އެކަން ފުރިހަމަ ވެއްޖެ ކަމަށެވެ. އަދި މި ދަނޑަކީ ދުޅަހެޔޮ ހަށިހެޔޮ ދިރިއުޅުމަކަށް މަގުފަހި ކުރުމަށް ކުމުންދޫ ރައްޔިތުން ބޭނުންކުރާނެ ތަނަކަށް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މަހްލޫފް ވިދާޅުވިއެވެ.

މި ޕްރޮޖެކްޓް ނިންމުމުގައި ކުމުންދޫ ކައުންސިލާއި ކުމުންދޫ ނިސްބަތްވާ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީގެ ފަރާތުން ލިބިގެންދިޔަ އެއްބާރުލުމާއި އެހީތެރިކަމަށް ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ކުމުންދޫ ދަނޑުގެ މަސައްކަތް ކޮށްފައިވަނީ ޓްރިޕަލް އެއިޓް ކުންފުނިންނެވެ. މި ދަނޑުގައި ރޭގަނޑު ކުޅެވޭ ގޮތަށް ލައިޓުވެސް ހަރުކުރެވިފައިވާ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މައުލޫމާތުދެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ރަށްރަށުގައި ދަނޑުތައް އެޅުމުގެ ވައުދުގެ ދަށުން ކުޅިވަރާ ބެހޭ ވުޒާރާއިން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްސަލް ދަނޑުތަކާއި ޓާފް ފުޓްބޯޅަ ދަނޑުތައް އަޅަމުންނެވެ. އެގޮތުން ދާދި ފަހުން ވަނީ ގއ. ކަނޑުހުޅުދޫ ފުޓްސަލް ދަނޑާއި ހަމަ އެ އަތޮޅު ކޮނޑޭގެ ފުޓްސަލް ދަނޑުގެ މަސައްކަތް ވެސް ނިންމާލައި ބޭނުން ކުރަން ފަށައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރަށު ސޮރު

    ވެހޭ ތާ ފެންނަގާބަލަ ހިތްވަރެއް ހުރިއްޔާ ގްރޭޑް 12 އުފައްދަން ޑިމާންޑް ކޮށްބަލަ އެމްޑީޕީ ކައުސިލަރުން . ކޮންމެ ސަރުކާރެއް އޮތަސް އޭރުން މަޖުބޫރުވާނެ އެހީތެރި ވާން ފަށްޓާށޭ އުދަނގޫ ވާނީ ގާކޮޅު ސަރަހައްދު ގައި ލޯ ކަލް ޓޫ ރިޒަމް ކުރިއަށް ގެންދާނެ ހުސްޖާގަ އެބައޮތެއްނު ސަޅި ރިސޯޓެއް ގޮތައް އެސަރަހައްދު ތަރައްގީ ކޮށް ރަށު ކުދިން ރަށުގަ ތިބެގެން ވަޒީފާ ހޯދުމަށް ގެސްޓް ހައުސް އަޅަން ނުވަތަ އެސަރަހައްދުގައި ކުޑަ ރިސޯޓެއް ހަދަން ބުއްޅަ ކައިރީ ބުނެބަލަ ބަލަގަ މޮޔަތަ ކޮންމެ ސަރުކާ ރެއް އޮތަސް ކޮންމެ ކުލައެއްއޮތަސް އެކަމެއްމުހިންމެއްނޫނޭ މުހިންމީ ދަރިންނާ ދަރިންގެ ދަރިންނަށް ތަރައްގީ ގެ ކުރިމަގު ކޮށައި ދިނުން . އަދި ބުނަންތަ އެއްވާހަކަ ބުއްޅަ މެންނަށް އޯކޭ ވާނެ ތިރަށް އޮތަސް ނެތަސް ސަބަބަކީ އެމީހުންނާ އެމީހުންގެ އާއިލާ ތައް އުޅެނީ ރާއްޖެއަކުނޫނޭ ސިލޯނުގަޔާ ޔޫރަޕްގައެޭ ކަލޭމެންގެ ބޭނުންޖެހޭނީ ވޯޓް ހޯދަން އެކަންޏޭ ވޯޓް ދިނިއްޔާ ކަންކަމު އެދެންޖިހޭނެ . ބައެތުލްމާލް ހިފައިގެން ޔޫރަޕައް ކަހާ ލުމުގެ ކުރިން ކުރާނެ ކަމެއް ކޮށް ހޯދާނެ ބޮޑިވަރެއް ހޯދަބަލަ . ބުއްޅަ މެން ގެ އަމިއްލަ ގެދޮރު އެބަހުއްޓޭ ޔޫކޭ ގަ ޔާ ސިލޯނުގަ ރާޒީ ނަންބަދަލު ކުރިޔަސް އެއީ ރާއީ އެއްނޫން ހަމަ ރާޒީ ދިއްގާވަލު މުހައްދުގެ ދޮންއައިމިނަގެ ރާޒީ އަތޮޅު މީހުންނަށް އޮޅުވާލަން ސަޅި ނަމެއް ކިޔާލީ ދޮތަ އޭނަވެސް ތިރަށަކަށް ނުދާނެ ގޯތިގެދޮރު ގަނެލެވޭ ވަރަށް ބުއްޅަ ލާރިދޭނެ ދީން ވިއްކާ ލުމަށް ދޭ ކޮންމެ ވޯޓަކަށް އޭނަޔަށް ލާރި ލިބެޔޭ ހުޅުމާލެއިން ގޯތި ގެދޮރު ގަނެލެވޭ ވަރުވީމަ ބުނާނީ އޭނަ ކާފަ ފަހުން އަލީ ސަލަވާތް ފާތިހާ ކިޔަވައިގެން ހޯދި ލާރިޔާ ދޮންއައިމިނަ ހެދިކާ ހަދައި ގެން ވިއްކީމަ ލިބުނު ލާރިން ގަން ބިމޭ ސަޅިއެއްނު ތޮއްޑޫ ކަރާ ވެސް ގެދޮރު ގަތީ އޭނަ މަންމަ ކިއްލި ތަޅައި ވިއްކައިގެން ހޯދި ފައިސާ އިންވިއްޔަ ދެން ބާރަށް އަތްޖަހާ މަގޯތި ހުސޭނަށް ކަލޭ މެން ވޯޓް ދީގެން ނުހޮވީ ދީން ވިއްކާ ނުލާނެތީ ދޯ ތި ރާއީ އަށް ވުރެ މާ ހިންގުންތެރި ޒުވާނުން ތިރަށުގައެބަތިބި ވަލީދާ ޕްރޮމޯޓް ކޮށްބަލަ ސަޅި ވާނެ