ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް، (އެފްއޭއެމްގެ) ކަންކަމުގެ ތެރެއަށް ތިންވަނަ ފަރާތެއްގެ ނުފޫޒު ވަންނަ ކަމަށްވާ ނަމަ، ފީފާއިން ރާއްޖެ ސަސްޕެންޑް ކުރާނެ ކަމުގެ ދެވަނަ އިންޒާރު ދީފިއެވެ.

ފީފާ އިން ރާއްޖެ ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރު އަނެއްކާވެސް މި ދިނީ ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި އެފްްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް މަޖިލީހަށް އިއްޔެ ހުށަހެޅި ގަރާރާ ގުޅިގެންނެވެ. އާޒިމް މަޖިލިސް އަށް ގަރާރު ހުށަހެޅީ ކުޅިވަރާ ބެހޭ ވުޒާރާއިން ރާއްޖޭގެ ކުޅިވަރުގެ ޤާނޫނާއި އެއްގޮތަށް އެފްއޭއެމްއާ ދޭތެރޭގައި ފިޔަވަޅު އަޅާފައި ނުވާތީ، ކުޅިވަރުގެ ޤާނޫނާއި އެއްގޮތަށް އެ އިދާރާ އަށް ފިޔަވަޅު އެޅުމަށް އެދިއެވެ. މަޖިލީހުން ވަނީ ކުއްލި މައްސަލައެއް ގޮތުގައި ބަލައި, އެމައްސަލަ ބެލުމަށް އިޖުތިމާޢީ ކޮމިޓީއަށް ފޮނުވާފައެވެ.

އާޒިމް ހުށަހެޅުއްވި ގަރާރުގައި ވިދާޅުވީ، އެފްއޭއެމް ހިންގާ ޤަވާއިދާއި ކުޅިވަރު ގާނޫނާއި އަދި ފީފާގެ ހިންގާ ޤަވާއިދާ އެއްގޮތަށް އަމަލުކުރުމަށް މިނިސްޓްރީ އަށް އެންގުމަށާއި، އެ ކަންކަމަށް އަމަލުކުރުމަށްފަހު މެނުވީ އެފްއޭއެމްގެ އިންތިހާބު ނުބޭއްވުމަށް އެންގުމަށާއި، ވަގުތުން ވަގުތަށް މިކަން ބަލައި ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

މިއީ ރާއްޖެ އަށް ދެ އަހަރުގެ ތެރޭގައި ކުރިމަތިވި މިފަދަ ދެ ވަނަ އިންޒާރެވެ. މީގެ ކުރިން، 2018 ވަނަ އަހަރު ކުޅިވަރާ ބެހޭ ވުޒާރާ އިން، އޭއެފްސީ ކަޕުން ރާއްޖޭގެ ކްލަބްތަކަށް ފުރުސަތު ނުލިބުނު މައްސަލަ ބަލަން ކޮމިޓީއެއް އެކުލަވާލުވުމުން އޭޝިއާގެ ފުޓްބޯޅަ ޖަމިއްޔާ، އޭއެފްސީގެ އިންޒާރެއް ރާއްޖެ އަށް އައެވެ.

އެފްއޭއެމަށް ފީފާއިން މިއަދު ފޮނުވި ސިޓީގައި ބުނެފައިވަނީ އެ އިދާރާއަކީ ފީފާގެ ބެލުމުގެ ދަށުން ހިންގާ އިދާރާއެއް ކަމަށާއި، އެ އިދާރާގެ ކަންކަމަށް ތިންވަނަ ފަރާތަކަށް ނުފޫޒު ނުފޯރުވޭނެ ކަމަށެވެ. އަދި ފީފާގެ މެމްބަރު އެސޯސިއޭޝަނެއްގެ ހައިސިއްޔަތުން އެފްއޭއެމްގެ ޒިންމާއަކީ އެތަނުގެ މައްސަލަތައް މިނިވަންކަމާ އެހެން ފަރާތެއްގެ ނުރަނގަޅު ނުފޫޒުއް ނެތި ކުރިއަށްގެންދިއުން ކަމަށާއި އަދި މިގޮތަށް އަމަލު ނުކޮށްފިނަމަ، ފީފާގެ ގަވާއިދުގައި ބުނެފައިވާ ގޮތަށް ރާއްޖެ އަށް ސަސްޕެންޝަނެއް އައުމުގެ ފުރުސަތު ބޮޑު ކަމަށް އެ ސިޓީގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ކިނބޫ

    ކުރޭ ކުރޭ. ކަޅޭ އަށް ފޮނި ދައްކަން ގަރާރު ލެވެނީތޯ ރާއްޖޭގެ ފުޓްބޯޅަ ފުނޑެނީތޯ މިތިބީ ބަލަން.

    46
    2
  2. އައިމަން

    މިހެން ވާނީ! އިވްނިންގ ގްލޯރީގަ ހަނޑުލު ގުޅަ ވިއްކަން ހުރި ރޮނޑަކަށް މެމްބަރުކަން ލިބިގެން ހުރިހާ ދިމާލަކަށް ބާރު ފޯރުވަން އުޅެންޏާ ވާނެ ހައެތި ތި ވަނީ! ދަތްބޭރި އާޒިމް ފޮނުވާލާ ގުޅަ މަސްގަނޑު މޮޑެން

    42
    4
  3. ބައްސޭ

    ކޮށްބަލަ ކޮށްގެންވެސް ތި ބައްސާމު ބޭރުވަނިކޮށް އޯކޭ

    16
    42
  4. ހިހިހި

    އޯކޭ ކުރިޔަސް މި ކަމެއް ނުވިއެއްނު

    19
    1
  5. XD

    ސަސްޕެންޑް ކޮއްފަ ބަހައްޓާ.

    18
    8
  6. ބޯހަލާކު

    އާޒި މް އާއި ދޮންބިލެއް އަހު މަދާ (ދެބެންގެ2ދަރިން) ކޯޗެއްހަދަންތިއުޅެނީ ފީފާއަށް ގޮންޖަހަން...އެ މްޑީޕީގެ ބާރުނެއް ހަ މައެކަނި މުއަށްސަސާ އެތަންވެސް ޖަހައިގަންނަން ތިއުޅުނީ ދެތޯ...!؟! ކްރިކެޓް އެސޯސިއޭޝަންގެ އަފޫއަށްވެސް ވަރައްގޯނާކުރަން ދެއްތޯ...!؟

    37
    2
  7. ކުދުވާނޑި މުހުންމާ

    ވަރަށް އަވަހަށް މަޖިލީހުގައި ސްޕޯޓްސް ކޮމެޓީއެއް އުފައްދައި އާޒިމް އާއި ދޮންބިލެއްކަހަލަ ރޯނުއެދުރު ކުރީގެ ކުޅުންތެރިން ހިމަނައިގެން ފީފާގެ އެގްޒެކެޓިވް ކޮމިޓީ މަޖިލީހަށް ހާޒިރުކުރަންފެނޭ. މިފަހަރު އިންޓަޕޯލަށް އަންގައިގެން ނަމަވެސް ތިޔަމީހުން މިރާއްޖޭގެ މަޖިލީހަށްގެނެސް ފާޑު ފާޑު ނުކުރެވޭނެކަން އަންގާލަންވާނެ. ފީފާއަށްވެސް އަދި ދެންތިބީންނަށްވެސް އެނގެން އެބަޖެހޭ މިރާއްޖޭގެ ގާނޫނުހަދާ މަޖިލީހަކީ މަސްކައްކާތަނެއްނޫންކަން. އެއީ މުޅިދުނިޔޭގެވެސް ހާއްދަފާއްދަ އެނގި ޑިމޮކްރަސީ ހިތުދަސްކޮށްގެން ހުރި މާތްބޭކަލަކު ވެރިކަންކުރާ މަޖިލީހެއްކަން. އެހެންކަމުން ތިޔާހެން ކަލޭމެން ބޭނުންހާ ގޮތެއް މިރާއްޖޭގެ މަޖިލީހަކަށް މިހާރަކު ނެހެދޭނެ. ތިހެއް ކަލޭމެންނަށް ފުއްޕޭނީ ޒަކީމެން ހަމީދުމެން ޒާހިރުމެންގެ ޒަމާނުގައި. މިއީ އެޒަމާނެއްނޫން.

    27
    3
  8. ދދދދދދ

    ގައުމަށް ހެޔޮ ކަމެއް ކޮށްދޭން ނޭނގޭ ހާލު ގެއްލުމެއް ދެވެން އޮތިއްޔާ އެކަމެއް ކުރާތި ބުއްޅަބޭ.

    35
    2
  9. ކިނބޫ

    ހެންވޭރު ކަޅޭ ފީފާއާ ކުޅެން މިއުޅެނީ؟

    25
    3
  10. ޝަރަފް

    އެފްއޭއެމް އިން ދިވެހިރައްޖޭގެ ޤާނޫނުތަކަށް ގޮންޖަހައި އެއޮފީހަކީ ބައްސާމްގެ އަމިއްލަ ވިޔަފާރިމުދާ ގަނޑަކަށް ހަދައި އެތަނަށް ލިބޭ ހުރިހާ ފައިސާއެއް ބަޑުއަޅައި ހުސްކުރަމުން ވޯޓު ގަންނަން ޚަރަދުކޮށް އެއިދާރާގެ އޮފީސް ފާތުމަ އާއި ޔާމިންގެ ކެންޕެއިން ކިއްލާއަކަށް ހެދާ އިރު ތިޔަ ފީފާ އޮތީ ނިދާފަތަ؟ ތިޔަ ބައްސާމުގެ ކާރަށް ލާރިދެއްކީ ކޮންތާކުގެ ފައިސާއިންތޯ ފީފާއަށް ބެލޭނެތަ؟

    2
    6
  11. ކެޔޮޅު

    ރާއްޖޭގެ ޖުޑިސަރީއައް އަންނިއަތްބޭނިއަސް ފީފާ އަކަށް އަންނި އަތެއް ނުބޭނޭނެ!

    20
    1
  12. ޢަންސާރު

    ޢަނގަ ގޮނު ދެން ލަލަ ލާ

  13. ސަލާ

    ކުރީގައި ނިއުރޭޑިއަންޓްގެ ރަންޒަމާނުގައި ވާގޮތަކީ މިއާޒިމްގެ މީހުން އިވްނިންގްލޯރީ ކިޔާތަނެއްހަދައިގެން ނިއުރޭޑީއަންޓް ސަޕޯޓަރުންގެ އެހުންނަ ޓީމުފޯރީގެ ނާޖާއިޒްފައިދާނަގައިގެން މިމީހުންކުރަމުން އައީ ސައިހޮޓާ ވިޔަފާރި. ދެން މިއާޒިމަށް ނުކުޅެވުނަސް މީނާ ޓީމަށް ނަގަންއެބަޖެހޭ، މީނާ ޓީމަށް ނާރަފިނަމަ މީނާގެ ބަފާ ދެފައި އެއްތާކުނުޖެހި މުޅި ހެންވޭރު ކުޑަކޮށްދުވާނެ. ޓީމަށް އެރުވިޔަސް ކުޅެވެނީއެއްނޫން އަރުވާންވެސް އެބަ މަޖުބޫރުވޭ އެބުނާ އިވިނިންގްލޯރީއެއް މީހުން ލޯމައްޗަށްދައްކައިގެން. ޓީމުކުޅޭ ދުވަސްދުވަހު އިވްނިންގްލޯރީން ސައިދީފައި ހެންވޭރުކޮޅު ސިޑިބަރީގައި ތިބޭމީހުންނަށް ބުނެދެނީ އާޒިމްއަރުވާށޭކިޔައި އަޑުގަދަކުރަން. މިއީ އޭރުވެސް މިމީހުން އުޅުނުގޮތް. މިހާރުދެން އެއުޅެނީ މަޖިލީހުގައި ރެސްޓޯރަންޓެއްހަދާށޭ ކިޔައިގެން އަނެއްކާ އިވްނިންގްލޯރީ ހަނޑުލުގުޅައިގެ ކުޅިވަރުނުކުޅެވިގެން.

  14. ވިސްނޭ

    މަޖްލިސް ރައީސް އަވަހަށް ފީފާ އަށް ގުޅާފަ ބުނޭ އެހެންނަހަދަން.. ހުރިހާކަމަކަށް ބެހޭ އަންނި..ހަހަހަ

    18
  15. ކާފަދ

    ފުޓްބޯޅަ ނެތިއްޔާ ކޮން ފީފާބުރިއެއް؟ 1000 އަހަރަށް ސަސްބެންޑް ކީއްކުރަން ޗާޓުން ބޭރުކޮށްލިޔަސް މިހާރު އޯކޭ

    1
    4
  16. މުރާދުބޭ

    ފީފާ އެއްކާރިއަކަށް ދުރައްލާ! މިވަގުތު ރާއްޖޭގެ އެތެރެވަރީގައި ނޮއޮންނާނެ އެޖެންޑާ 19 މަޖްލީހުން ނުބެލޭނެ! އެމަޖްލީސް އައީ ހުރިހާ ދިމާލަކުން އިންސާފު ހޯދައިދިނުމަށް. ދެމަފިރީން ދޭތެރޭގައި އޮންނަ ހަމަނުޖެހުންތައް ވެސް އެމަޖްލީހުން ބެލޭނެ. އެހެންނަމަވެސް އެޖެންޑާ 19 އާއިއެކު ތިބި ރައްޔިތުންނަށް އެ އިންސާފާއި ޢަދުލު ޤާއިމްކޮށް ދެވޭނީ. ސެކްޝުއަލް އެޒޮލްޓް ފަދަ ކުށްތަކަށް އަރައިގަންނަ މީހުން އެޖެންޑާ 19 އާއި ގުޅިފައިވާ ނަމަ ކުށްވެރި ނުވާނެ. އެހެންވީމާ ފީފާ އަދި ކޮންބައެއް. އޮފީސް އިނީ ފީފާގެ ބިމެއްގައިތަ؟ މައްސަލަ ބެލެންޖެހޭނެ. އިންތިޚާބުވެސް ބޭއްވިގެންނުވާނެ. ފީފާއާއި ނުލައި ފުޓްބޯޅަ ނުކުޅެވޭނީތަ؟ ކުޅެވޭނެ. މިފަހަރު ފީފާ ޖެހޭނީ ފައިބުޑަށް ތިރިވާން. އެހެންނޫނިއްޔާ ރާއްޖޭގައަށް ފުޓްބޯޅަ ވިއްކުން ޤައުމުތަކަށް މަނާކުރަންޖެހޭނީ. ވަރަށް ސަލާމް!