އެފްއޭއެމުން މިއަދު އެ އިދާރާގެ އިންތިހާބު ބޭއްވީ ގަވާއިދާ ހިލާފަށް ކަމަށާއި އިންތިހާބު ބާތިލްކަމަށް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވާން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި އެފްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.
އިންތިހާބު ނުބާއްވަން ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީންނާއި ސްޕޯޓްސް މިނިސްޓްރީން އެދިފައިވަނިކޮށް، އެފްއޭއެމުން ވަނީ މިއަދު ހަވީރު ކޮންގްރެސް ބާއްވައި، ކުރިން ވެސް ރައީސްގެ މަގާމުގައި ހުންނެވި ބައްސާމް އަދީލް ޖަލީލް އެ މަގާމަށް އަލުން ހޮވައިފަ އެވެ.
އިންތިހާބު ނުބާއްވަން ސްޕޯޓްސް މިނިސްޓްރީން އެފްއޭއެމްގައި އެދުނީ އެފްއޭއެމްއާ ދޭތެރޭގައި ފިޔަވަޅު އަޅައިދިނުމަށް އެދި މެންބަރު އަލީ އާޒިމް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން އިތުރަށް ދިރާސާ ކުރަމުން އަންނާތީ އެވެ.
ކުޅިވަރުގެ ޤާނޫނާއި އެއްގޮތަށް އެފްއޭއެމްއާ ދޭތެރޭ ފިޔަވަޅު އަޅައިދިނުމަށް އެދި މެންބަރު އަލީ އާޒިމް މަޖިލީހަށް ގަރާރު ހުށަހެޅީ މިދިޔަ އަންގާރަ ދުވަހުއެވެ. މި ގަރާރުގައި ބުނެފައިވަނީ ކުޅިވަރު ގާނޫނާއި އަދި ފީފާގެ ހިންގާ ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް އެފްއޭއެމް އަށް އެންގުމަށާއި އެ ކަންކަމަށް އަމަލުކުރުމަށް ފަހު މެނުވީ އެ އިދާރާގެ އިންތިހާބު ނުބޭއްވުމަށް އެންގުމަށް އަދި މިކަންކަން ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށެވެ.
އެފްއޭއެމުން ފީފާގެ ސަމާލުކަމަށް ގަރާރުގެ މައްސަލަ ގެނައުމުން ފީފާ އިން ވަނީ ރާއްޖެ ސަސްޕެންޑް ކުރަން ޖެހިދާނެ ކަމުގެ އިންޒާރެއް ވެސް ދީފައެވެ. އިންތިހާބު މިއަދު އޮންނަކަން އެނގުނީ ވެސް ފީފާ އިން އިއްޔެ އެފްއޭއެމަށް ފޮނުވި ސިޓީ އިންނެވެ.
އިންތިހާބު ނުބާއްވަން އެދިފައިވަނިކޮށް އެފްއޭއެމް އިން ކޮންގްރެސް ބާއްވައި ބައްސާމް ދެވަނަ ދައުރަކަށް އިންތިހާބު ކުރުމުން އާޒިމް ވަނީ އެ އިދާރާ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
"ސަރުކާރަށް ގޮންޖަހާފައި އެފްއޭ މޯލްޑިވްސްގެ އިންތިހާބު ބޭއްވީ ގާނޫނާއި ގާނޫނުން ބާރު ލިބިގެން ހަދާފައިވާ ގަވާއިދާ ހިލާފަށް. އެފްއޭއެމްގެ އިންތިހާބަކީ ބާތިލް އިންތިހާބެއްކަން މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވާން ޖެހޭ. ރައްޔިތުން ބޭނުންވަނީ ގާނޫނީ ދައުލަތެއް މިގައުމުގައި ހިނގަން،" އާޒިމް ޓްވީޓްކުރެއްވި އެވެ.
ބައްސާމާއި އޭނާ ހުށަހެޅުއްވި ޓީމު އެގްޒެކެޓިވް ކޮމިޓީ އަށް ހޮވުނީ، އިތުރު ކެންޑިޑޭޓެއް ކުރިމަތިލާފައި ނެތުމުން ވޯޓު ނެގުމެއް ނެތި އެވެ. އެންމެ ކެންޑިޑޭޓަކު ކުރިމަތިލާފައިވާ ހާލަތެއްގައި، އެއްވެސް ކްލަބަކުން އިއުތިރާޒުނުކުރާ ނަމަ ވޯޓެއް ނެތި ހޮވޭ ގޮތެއް އަސާސީ ގަވާއިދަށް ބަދަލު ގެނައީ މިއަދުގެ ކޮންގްރެސްގައި، މެމްބަރުންގެ އިއްތިފާގުންނެވެ.
މަޖްލިސް ވެސް ހިންގަނީ ގަވާއިދާ ހިލާފަށް. ކަލޭމެން ގަވާއިދު ކިޔައިދެން މާ ރީއްޗެއް ނޫން
އިންތިޚާބް ބޭއްވީ ރަނގަޅަށް ކަލޭ ހުރެބަލަ ޑިކްޓޭޓަރ އާއި އެކީ ޕްރިޕެޑް ތަންދޫރީ ކާން ހުރިހައި ކަމަކާއި ނުބެހި
ދެން ލަލާާ. ކިހާ ދެރަކަމެއް. މިމީހުން މައިތިރި ކުރާނެ ބަޔެއް މިފަސްގަނޑުގަ ނެތީތަ.
ދެންވެސް ފެއިލްވެފައިވާ މި ސަރުކާރު މެދުވެރިކޮށް ރައްޔަތުންނަށް ކަމެއްކޮށް ދެވޭތޯ ބަލާބަލަ..
.
ކާލެ އެވަޒީފާ ބޭނުންނަމަ މެންބަރުކަން ދޫކޮށްލާފައި ދާންވީއެއްނޫން! ކޮންމެހެން ހުރިހާ ދިލާލަކަށް އަތްބާނާނެކަމެއް ނެތް! އެވާޒީފާގައި ހުރެގެން ކަލެޔަށް ވެސް ކުރެވުނުކަމެއްނެތް!
މަޖިލިސް ގެ ޓެރަސް ގާއި އެފް އޭ އެމް ގެގޮތްފެއް ހަދާގެން ރައީސް ކަމަށް އިސްވެގެން ފޮރި ކަހާލަ ކަހާލާ އިންނަން ވީނު
ބޮޑުވަރު
އެހެން މީހުން ބުނަން ޖެހޭ ވާހަކަވެސް އެނގެނީ ކަލެއަށްދޯ. ގޭ ކޮޓަރީގަ އެފް އޭ އެމްގެ ގޮތްޕެއް ހަދައިގެން އަންހެނުންނާ ދެމީހުން ހިންގަންވީނު
އާޒިމް ދެންތީ މިހާރު ސްޕޯޓްސް ގަ އުޅޭވަރަށްވުރެ ސިޔާސީ ބޭފުޅެއް ސަފުން ރޮދިކެޑިފައިވާ ޕާޓީ އެމްޑީޕީމީހެއް.
މި މީހުންނާ ހެދި ދިވެހި ފުޓުބބޯޅަ ހަލާކުވަނީ
ކަލެއާހެދި މިހާރު މި ޤައުމުގަ ހަމައެއްވެސްކަމެއްކުރެވޭކަށްނެތް ތިޔަ ގެރިކޮށްޓާއި،ތިޔަ ލާދީނީ ޖަމާއަތް އިސްލާމީ ސަޤާފަތާއި، ހެދިފައިހުރި ޤާނޯނުތަކާ އެއްގޮތްވަގޮތހުގެމަތިން ހިނގޭތޯ ބެލިއްޔާ މާތާހިރުވާނެ. އަދި އެމަގުން ކަންކަންނުވާކަމަށްވަންޏާ އިސްތިއުފަދީފަ ގެއަށްދިއުން މާބުއްދިވެރިވާނެ!