އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ސިޓީ އާއި ޗެންޕިއަން ލިވަޕޫލް ބައްދަލު ކުރި މެޗުގައި ސިޓީއިން ގާޑްއޮފް އޮނާ ދިނުމަށް ފަހު ލިވަޕޫލް ތަފާތު ބޮޑު ނަތީޖާއަކުން ބަލިކޮށް އެ ޓީމު ލަދު ގަންނަވާލައިފިއެވެ. ސިޓީގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކުރީ 4-0 ގެ ނަތީޖާ އަކުންނެވެ.

މެޗު ފަށައިގެން މާގިނައިރު ތަކެއް ނުވެ ލިވަޕޫލްގެ މުހައްމަދު ސަލާހް ސިޓީގެ ގޯލަށް ފޮނުވާލި ބޯޅަ ވަނީ އަރިމަތީ ދަޑީގައި ޖެހި ބޭރުވެފައެވެ. މެޗުގެ ފުރަތަމަ ލަނޑު 25 ވަނަ މިނަޓް ގައި ލިބުނު ޕެނަލްޓީ އަކުން ކެވިން ޑިބްރޮއިނާ ވަނީ ކާމިޔާބު ކޮށްފައެވެ. ސިޓީގެ ދެވަނަ ލަނޑު ފިލް ފޯޑެން ލީ ޕާހަކުން ރަހީމް ސްޓާލިން އޭރިއާ ތެރޭގައި ހުރެ ގޯލުގެ ތެރަށް ފޮނުވާލައިގެން 35 ވަނަ މިނަޓް ގައިވަނީ ކާމިޔާބު ކޮށްފައެވެ. ފުރަތަމަ ހާފް ނިމެން ދަނިކޮށް ޑިބުރޮއިނާ ލީ ޕާހެއް ގޯލުގެ ތެރަށް ފޮނުވާލައިގެން ފޮޑެން ވަނީ ސިޓީއަށް 3 ވަނަ ލަނޑު ކާމިޔާބުކޮށް ލީޑު ފުޅާކޮށް ދީފައެވެ.

މެޗުގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ 3-0 ގެ ނަތީޖާ އަކުން ސިޓީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށި ސިޓީ އިން ވަނީ ލިވަޕޫލްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާާލަން މަސައްކަތް ކޮށްފައެވެ. ދެވަނަ ހާފްގެ 66 ވަނަ މިނަޓް ގައި ސްޓާލިން ފޮނުވާލި ބޯޅައެއް ލިވަޕޫލްގެ ޗަމްބޭލައިން ފައިގައި ޖެހިފައި ވަނީ ބައިކޮޅަށް ވަދެފައެވެ. ފަހުވަގުތުގައި ސިޓީއަށް ލިބުނުު ޕެނަލްޓީއެއް މަހެރެޒް ފޮނުވާަލައި ވަނީ ނާކާމިޔާބު ވެފައެވެ.

4-0 ގެ ބޮޑު ފަރަގަކުން ސިޓީއިން މި މެޗު ކާމިޔާބު ކުރި ނަމަވެސް ލިވަޕޫލް އިން ވަނީ ލީގު ކާމިޔާބުކޮށް ފައެވެ.