ރޭ ސްޕެއިނިޝް ލަލީގާ ގައި ރިއަލް މެޑްރިޑާއި ގޭޓްފޭ ބައްދަލު ކުރި މެޗު ރިއަލް އިން ކާމިޔާބު ކޮށްފިއެވެ.

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗު ރިއަލް އިން ކާމިޔާބު ކުރީ 1-0 ގެ ނަތީޖާ އަކުންނެވެ. މެޗު ފެށި ފުރަތަމަ 12 މިނެޓް ގައި ގޭޓްފޭ އިން ވަނީ ރިއަލްގެ ގޯލަށް ނުރައްކާތެރި 3 ހަމަލާ އެއް ފޮނުވާލާފައެވެ. މި ތިން ހަމަލާވެސް ރިއަލްގެ ކީޕަރު ވަނީ ދިފާއު ކޮށްފައެވެ.

ގިނަ އިރު ބޯޅަ ހިފަހައްޓައިގެން ރިއަލް ކުޅުނު އިރު ފުރަތަމަ ހާފްގައި ރިއަލް އިންވެސް ވަނީ ގޭޓްފޭގެ ގޯލަށް ނުރައްކާތެރި ހަމަލާ ތަކެއް ފޮނުވާލާ ފައެވެ. މެޗުގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ނެވެ.

ދެވަނަ ހާފް ގައި އެއްވެސް ޓީމަކަށް ލަނޑު ޖަހާނޭ މާ ރަނގަޅު ފުރުސަތެއް ލިބިފައި ނުވެއެވެ. ދެވަނަ ހާފް ގައި ގޭޓްފޭގެ ޕެނަލްޓީ އޭރިއާ ތެރޭން އެ ޓީމުގެ މާތިއަސް އޮލިވެރާ ރިއަލް މެޑްރިޑްގެ ޑެނީ ކަރްވަޖާލް އަށް ކުރި ފައުލަކާއި ގުޅިގެން ވަނީ ޕެނަލް ޓީއެއް ލިބިފައެވެ. މި ލިބުނު ޕެނަލްޓީގައި ރިއަލްގެ ކެޕްޓަން ސަޖިއޯ ރާމޮސް ގޯލަށް ޖަހައި މެޗުގެ 79 ވަނަ މިނަޓް ގައި ވަނީ މެޗުގެ ހަމައެކަނި ލަނޑު ކާމިޔާބު ކޮށްފައެވެ.

ރިއަލް މި މެޗުން މޮޅުވުމާއި އެކު ވަނީ ވާދަވެރި ބާސެލޯނާ މައްޗަށް ތާވަލްގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. މި މެޗުން ބަލިވުމާއެކު ގޭޓްފޭ ވަނީ ތާވަލްގެ ހަވަނައަށް ވެއްޓިފައެވެ.