ފީފާ ސެންޗްރީ ކުލަބްގައި ހިމެނުނު ރާއްޖޭގެ ފުރަތަމަ ކުޅުންތެރިޔަކަށް، ޤައުމީ ޓީމުގެ ކުރީގެ ގޯލް ކީޕަރު އިމްރާން މުހައްމަދު ވެއްޖެއެވެ.

ފީފާ އިން އާއްމު ކުރި މި ލިސްޓުގައި އިމްރާން ހިމެނުނީ ދިވެހި ގައުމީ ޓީމަށް 109 މެޗު ކުޅެ ދީގެންނެވެ.

އޭނާ އަކީ ފީފާ ސެންޗްރީ ކުލަބްގައި މިހާތަނަށް ހިމެނުނު ރާއްޖޭގެ ހަމަ އެކަނި ކުޅުން ތެރިޔާއެވެ.

ފީފާ ސެންޗްރީ ކުލަބް އަކީ ފީފާ ގައި ރަޖިސްޓާ ކޮށްފައިވާ ފުޓްބޯޅަ އެސޯސިއޭޝަން ތަކުގެ ކުޅުން ތެރިން އެ ގައުމުގެ ގައުމީ ޓީމަށް މަދުވެގެން 100 މެޗު ކުޅެ ދީފައިވާ ކުޅުން ތެރިންގެ ލިސްޓެކެވެ.

މި ލަގަބަކީ ފިފާގެ ޕޭޖްގައި ގައުމީޓީމަށް މަދުވެގެން 100 މެޗު ކުޅެދީފައިވާ ކުޅުން ތެރިން ހިމެނޭ ލިސްޓުގައި ޑޮކިއުމެންޓް ކުރެވިފައިވާ ކުޅުންތެރިން ތަކެކެވެ.

އިމްރާން ވަނީ ދިވެހި ގައުމީޓީމުގައި ތަފާތު މޮޅު ކުޅުމެއް ދައްކައި ސާފް ޗެންޕިއަންޝިޕް ގައުމީ ޓީމާއި އެކު ކާމިޔާބުކޮށްފައެވެ. އޭނާއަކީ ގައުމީޓީމުގެ ގޯލު މިހާތަނަށްް އެންމެ ގިނަ ދުވަހު ބެލެހެއްޓި ކުޅުންތެރިޔާއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަހިބަދޫ

    ٱلْحَمْدُ لِلَّٰهِ‎

  2. ބުރޯ

    ޕަރައުޑް އޮފް ޔޫ، ބްރަދަރ

  3. ޙަމަހަމަ

    ކީޕަރު އި މްރާނަށް ތަހުނިޔާ