އެފްއޭއެމްގެ ރައީސްގެ މަގާމަށް ދެ ވަނަ ދައުރަކަށް ބައްސާމް އަދީލް ޖަލީލް އިންތިހާބު ވެވަޑައިގަތުމުން، ދުނިޔޭގެ ފުޓްބޯޅައާ ބެހޭ މައި އިދާރާ ފީފާގެ ރައީސް ޖިއާނީ އިންފަންޓިނޯ މަރުހަބާ ވިދާޅުވެއްޖެ އެވެ.
ބައްސާމަށް އިންފަންޓިނޯ ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ، އެފްއޭއެމްގެ އާ ދައުރަކަށް އިންތިހާބުވެ ވަޑައިގެންނެވި ބައްސާމް އާއި އޭނާގެ ދެ ނައިބުންނާއި އެކްސްކޯ އަށް ދެ ވަނަ ފަހަރަށްވެސް އިންތިހާބުވި މެންބަރުންނާއި އަލަށް އިންތިހާބުވި އެކްސްކޯ މެންބަރުންނަށްވެސް މަރުހަބާ ވިދާޅުވާ ކަމަށެވެ.
މީގެ އިތުރުން އަނެއްކާވެސް ބައްސާމް އާއެކު މަސައްކަތް ކުރައްވަން ފުރުސަތު ލިބިވަޑައިގަތުމުން އުފާ ކުރައްވާ ކަމަށްވެސް އިންފަންޓިނޯ ވަނީ ވިދާޅުވެފަ އެވެ.
ހަމައެހެންމެ ފުޓްބޯޅައަށް (ބައްސާމް) ކޮށްދެވި މަސައްކަތާއި ރާއްޖެ އާއި ރާއްޖެ ހިމެނޭ ސަރަހައްދުގައި ފުޓްބޯޅަ ކުރިއަރުވަން ކުރެއްވި މުހިންމު މަސައްކަތާއި ފުޓްބޯޅައިގެ ވެލިއު ޕްރަމޯޓް ކުރުމަށް ކުރައްވާ މަސައްކަތަށް ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށް ވެސް އިންފަންޓީނޯ ވިދާޅުވިއެވެ.
"މި ދައުރުގައިވެސް ފުޓްބޯޅަ ދިރުވަން ކުރިމަތިވާ ހުރިހާ ޗެލެންޖަކަށް، ބައްސާމް އަދި ޓީމަށް ކާމިޔާބީ އަށް އެދެން،" އިންފަންޓިނޯ ސޮއި ކުރައްވައި ފޮނުވާފައިވާ ސިޓީގައި ވިދާޅުވެފައި ވެއެވެ.
އޭޝިއާގެ ފުޓްބޯޅައާ ބެހޭ މައި އިދާރާ އޭއެފްސީގެ ރައީސް ޝައިހް ސަލްމާން ބިން އިބްރާހިމް އަލް ޚަލަފީވެސް ވަނީ ބައްސާމް އާ ދައުރަކަށް ހޮވިވަޑައިގަތުމުން މަރުހަބާ ވިދާޅުވެފަ އެވެ.
ދެވަނަ ދައުރަކަށް ބައްސާމް ހޮވާފައިވަނީ އެފްއޭއެމް ހައުސްގައި މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ކުރިއަށްދިޔަ އެ އިދާރާގެ ކޮންގްރެސްގައެވެ. ކޮންގްރެސްގައި ބައްސާމާއި އޭނާ ހުށަހެޅުއްވި ޓީމު އެގްޒެކެޓިވް ކޮމިޓީ އަށް އިންތިހާބުވީ، އިތުރު ކެންޑިޑޭޓެއް ކުރިމަތިލާފައި ނުވާތީ ވޯޓު ނެގުމެއް ނެތި އެވެ.
މަރު ހަބާ ބައްސާމު ކަލޯ ގެ ޓީމަށް
އެއްކަލަ ރީދޫ ޓީމްގެ ލީޑަރު މަޖިލިހަށް ފޮނުވި އެތި ފޫކޮޅުންދިޔައީ އުތަ! ޙަހަހަހަހަ
މިހާރު އާޒިމް ވަރަށްޖޭވާނެ. ބައްސާމަށް މަރުހަބާ
މަރުޙަބާ މަރުޙަބާ.. ފުޓްބޯޅަޔަށް ޚިދުމަތް ކުރުމުގެ މި ޖީލުގެ ޚިދުމަތްތެރިޔާ.