ސިކުނޑީގެ ސާޖަރީ އަކަށް ފަހު ފާގަސަންގެ ހާލު ރަނގަޅު ކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފިއެވެ.

26 އަހަރުގެ ތެރޭގައި މެންޗެސްޓާ ޔުނައިޓެޑައް ގިނަ ތަށިތައް ހޯދައިިން ކޯޗް ފާގަސަން މިހާރު ވަނީ ކޯމާ އެއްގައި އޮތުމަށްފަހު ހޭއަރާފައި ކަމަށް ރިޕޯޓްތައް ބުނެއެވެ. ފާގަސަން ވަނީ އޭނާގެ އާއިލާ އާއި ވެސް ވާހަކަ ދައްކާފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

76 އަހަރުގެ ފާގަސަން ބަލިވުމާއި ގުޅިގެން ދުނިޔޭގެ ބޮޑު ޓީމުތަކުގެ އިތުރުން ގިނަ ކުޅުންތެރިންގެ ސަޕޯޓު ވަނީ އަވަސް ޝިފާއަކަށް އެދި މެސެޖްތައް ފޮނުވާފައެވެ.

"ފާގަސަންގެ އާއިލާ އެދެނީ އޭނާ އަށް ޕްރައިވެސީ ދިނުމަށް. އަހަރެން އެއަށް އިހްތިރާމު ކުރަން ނަމަވެސް އަހަރެމެން ވަރަށް އުމްމީދު ކުރަން އަވަހަށް ރަނގަޅު ވާނެ ކަމަށް" ބުދަ ދުވަހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޮރީނިއޯ ބުންޏެވެ.

މެންޗެސްޓާ ޔުނައިޓެޑުގެ މެދުތެރެއަށް ކުޅެމުން އަންނަ ޖުއަން މަޓާ ބުނެފައި ވަނީ މިއަހަރުގެ އެފް އޭކަޕު ތަށި އުފުލާލަން ބޭނުން ވަނީ ސާރ އެލެކްސް ފާގަސަނަށްޓަކައި ކަމަށެވެ.

ފާގަސަންގެ ހާލާއި ގުޅިގެން ބުރާސްފަތި ދުވަހު ވެސްޓަމް އާއި ދެކޮޅަށް ނިކުންނަންވާ ތައްޔާރީތަކަށް އަސަރު ކުރާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް މޮރީނިއޯ ބުންޏެވެ.

މެންޗެސްޓާ ޔުނައިޓެޑު އެފް އޭ ކަޕުގެ ފައިނަލުގައި ބައްދަލު ކުރާނީ ޗެލްސީ އާއި މެއި 19 ވާ ހޮނިހިރު ދުވަހު ވެމްބްލީ ސްޓޭޑިއަމްގައެވެ.