އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖޭގެ 61 ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމަށް ބޭނުންވާ ސާމާނު މިއަދު ދިވެހި ސަރުކާރާ ހަވާލުކޮށްފިއެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި އައުޓްޑޯ ޖިމް އެޅުމަށް ބޭނުންވާ ސާމާނު ދިވެހި ސަރުކާރާ ހަވާލުކޮށްފައިވަނީ ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި، ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއި، ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފުގެ އިތުރުން ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން އައުޓްޑޯ ޖިމްތައް ގާއިމުކުރާ ރަށްރަށް ނިސްބަތްވާ ދާއިރާތަކުގެ މަޖިލިސް މެމްބަރުންނާއި، ސަރުކާރުގެ ބައެއް އިސް އޮފިޝަލުންގެ އިތުރުން އިންޑިއާ ހައިކޮމިޝަނުގެ އިސް ބޭފުޅުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވިދާޅުވީ އިންޑިއާ އަކީ އަބަދުވެސް ރާއްޖެއަށް އެހީވަމުން އަންނަ ގައުމެއް ކަމަށާއި، ރައްޖޭގެ ކުޅިވަރުގެ ދާއިރާ ތަރައްގީކުރުމަށް އިންޑިއާ އިން ދެމުން އަންނަ އެހީތަކާއި އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި އައުޓްޑޯ ޖިމް ގާއިމް ކުރުމަށް އިންޑިއާއިން ފޯރުކޮށްދިން މި އެހީގެ ސަބަބުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ތައާރަފްކޮށްފައިވާ ދުޅަހެޔޮ ހަށިހެޔޮ ޕްރޮގްރާމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށާއި، މި އައުޓްޑޯ ޖިމްތަކުގެ ބޭނުން ހުރިހާ އުމުރެއްގެ ބަޔަކަށް ހިފޭނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ޖިމް ހެދުމަށް ބޭނުންވާ ތަކެތި ހަވަލު ކުރުމަަށް ބޭއްވި ރަސްމިއްޔާތު - ވަގުތު އިމޭޖްސް: މުހައްމަދު އަފްަޒަލް

ރާއްޖޭގެ 61 ރަށެއްގެ އައުޓްޑޯ ފިޓްނަސް އިކްއިޕްމަންޓް ގަތުމަށް އިންޑިއާ އިން ހަމަޖައްސައިދިނީ އަށް މިލިއަން ރުފިޔާ އެވެ. އަދި މި ސާމާނު ރަށްރަށަށް ގެންގޮސް އިންސްޓޯލްކުރުމަށް އިތުރު ފައިސާ ހަރަދުވާނެ ކަމަށް ކުޅިވަރާ ބެހޭ ވުޒާރާ އިން މައުލޫމާތުދެ އެވެ. އެ ވުޒާރާ އިން ވަނީ ޖިމް ގާއިމުކުރާ ރަށްރަށުން ބިން ހަމަޖައްސައިދިނުމަށް އެ ރަށްތަކަށް އަންގައިފަ އެވެ. މި އައުޓްޑޯ ޖިމްތައް ގާއިމްކުރުމަށް ބޭނުންވާ ސާމާނު ގެނައުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ސްޕޯޓްސް ކޯޕަރޭޝަނާ އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ "ދުޅަހެޔޮ ހަށިހެޔޮ ޕްރޮގްރާމް" ގެ ދަށުން ދުޅަހެޔޮ ހަށިހެޔޮ މުޖުތަމައެއް ބިނާ ކުރުމުގެ ގޮތުން ކުޅިވަރާ ބެހޭ ވުޒާރާއިން އަންނަނީ ރަށްތަކުގައި ކުޅިވަރު ކުޅޭނެ ވަސީލަތްތަކާއި ޖިމްތައް ގާއިމުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އަމްރިޝްޕޫރީ

    ފަހަތުގައި ހުރި ސޮރަށް ނޭގޭ ކަމަކީ، އިންޑިޔާއިން ހެޔޮއެދެނީ ގައުމުތަކުގެ ވަކި ވަކި ފަރުދުންނަށް (ސިޔާސީ މީހުންނަކަށްނޫން) ގައުމުތަކަށް ފައިދާވާގޮތަށް ކަންކުރާ މީހުނާ ގުޅުންބާއްވަނީ ވަކި މަގްސަދެއްގަ. ވެރިކަމަށް އެހެން ބަޔަކު އައިސް، އެމީހުންގެ މަގްސަދު ހާސިލް ވަންޏާމު ކުރިން "ރައްޓެހި" ވެގެން އުޅުނު މީހާ ނުފެއްނާނެ!

    15
  2. Anonymous

    ތީ މި ފަސް އަހަރު ތި ލާދީނީ ޕާރޓީއަށް ހިންގޭނެ އެންމެބޮޑު ޕްރޮޖެކްޓް.! ކޮވިޑް ވަބާގަ ދިވެހިންފަނާވަނީ!

  3. Anonymous

    ކޯންޗެއްތަ ދިނީ؟ އެލޭނެ ދަގަނޑު ދަނޑިއެއްތަ؟

  4. Anonymous

    8 މިލިއަން ރުފިޔާ؟ 1 މިލިއަން ޓޫރިސްޓުން އަންނަ ގައުމެއް. ޖީޑީޕިބބޮލަކަށް ލައްކައެއް. އެކަމަކު މާރުކޭޓް ބުޑުގަ ސަލާމް ޖަހާ މީހހެކޭ ދިވެހި ސަރޔކާރެކޭ ތަފާތެއްނެތް. ސަލާމް ޖަހާ މީހަކަށްވެސް ތިްަށްވުރެ ގިނައިން ލިބޭނެ. ގައުމު އަޅުވެތިކުރަން ތިހާކުޑައަގެއް ތިނަގަނީ¿ މަހުލޫފުމެންނަކީވެސް ދިވެހި ގައުމުގެ ގައްދާރުންނަށް ތިވީ. ކެނެރީއާ ކެރެފާ އެއީ ބާގީން އެމީހުން ގައުމު ވިއްކާލަފާނެ. ދިވެހި ތާރީހުގައި މިގައުމުގެ ވެރިކަމާ ތޮޅޭ ކޮންމެ ފަހަރަކު ކެރފާ އޭގެ ތެރޭގަ ހިމެނޭނެ.

    3
    1
  5. ބޮލި މުލައް

    މަޖިލީހުގެ އެންމެން ބައިއަޅައިގެން ކެޔަސް މުލަކު ދާއިރާގެ މެންބަރަށް މުލަކަށް ހޯދައިނުދެވޭނެ އިސްތައްޓެއްގެ މިންވަރުވެސް

    3
    1
  6. ދުމައިން

    ބަލަގަ މިފަދަ ދަނޑިވަޅުތަކުގަވެސް ޖިމްވެސް ދެނީ ހަމަ ބޮޑުބޭބެ. ޗައިނާ ފޭކިސްތާނުން ދޭން އުޅެނީ އެއާޕޯޓުގަ ބަހައްޓާ ކޮވިޑް ޓެސްޓްކުރާ މެޝިނާ ކިޓުތައް. އެކީއްކުރާ އެއްޗެއް. އަހަރެމެން ބޭނުންވަނީ، ޖިމާ ، ރިމޯޓުކާރާ، މުޅޯއްޓާ، ވަޅުދާނި އަދި ތުންމެޓާ ކަހަލަ އެއްޗެތި. އެކަހަލަ އެއްޗެތި ދެއްވާނީ ބޮޑުބޭބެ. އަހަރެމެންނީ ބޮޑުބޭބެގެ ފުއްޑަނުން ކައިގެނަ ބޮޑުބޭބެއަކީ ނަމްބަރު 1 ކަމަށް ހިތުގެ އަޑިން ގަބޫލުކުރަން ޖެހޭ މީހުން.

    2
    1
  7. ނިކަމެތި މީހާ

    ފޮރިންގ މިނިސްޓަރަށް ޙަވާލުކުރަން ޖެހޭ އެއްޗެއް ފެންވަރު ބަޔަކު އޮޅުވާލާފަ ހުންނަވަރުން ގުނބޯހެދިގެން ފައިން އެރިގެން ޙަވާލުވެވޭއިރުވެސް ނޭންގޭ! މީ ލައްކަ ވާހަކަ!

    1
    1
  8. ނިކަމެތި މީހާ

    ފޮރިންގ މިނިސްޓަރަށް ޙަވާލުކުރަން ޖެހޭ އެއްޗެއް ފެންވަރު ބަޔަކު އޮޅުވާލާފަ ހުންނަވަރުން ގުނބޯހެދިގެން ފައިން އެރިގެން ޙަވާލުވެވޭއިރުވެސް ނޭންގޭ! މީ ލައްކަ ވާހަކަ! ދެން ބާރަށް އަތްޖަހާ!

    1
    1
  9. މަޖުބޫރު

    ކިހާދޫ ހިމަނާތި އަބަދަކު ކޮންމެ ފަހަ ރަކު މާލެ ހިމަނާކަށް ނުޖެހެ