އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނަައިޓަޑް ސައުތެމްޕްޓޮން ބައްދަލު ކުރި މެޗު އެއްވަރުވެ އަންނަ ސީޒަންގައި ޗެންޕިއަންސް ލީގުން ޖާގަ ހޯދުމުގެ ފުރުސަތު ޔުނައިޓަޑަށް ކުޑަ ވެއްޖެއެވެ.

ރޭސައުތެމްޕްޓޮން އާއި ބައްދަލު ކުރި މެޗު ޔުނައިޓަޑްް އެއް ވަރުވީ ފަހު ވަގުތުގައި ޔުނައިޓަޑް ކޮޅަށް ވަން ލަނޑަކުން 2-2 ގެ ނަތީޖާ އަކުންނެވެ. މި މެޗުން މޮޅުވެގެން ޔުނައިޓަޑަށް ލީގު ތާވަލްގެ ތިންވަނަ އަށް އެރުމުގެ ފުރުސަތު އޮއްވައި ރޭ މެޗުން އެއްވަރުވެ މިހާރު ޔުނައިޓަޑް އޮތީ ތާވަލަގެ ފަސް ވަނައިގައެވެ.

ދެ ޓީމަށްވެސް ލަނޑު ޖަހާނޭ ގިނަ ފުރުސަތު ތަކެއް ލިބުނު މި މެޗުގެ ފުރަތަމަ ލަނޑު ސައުތެމްޕްޓޮންގެ ސްޓުއާޓް އާމްސުޓްރޯންގް ވަނީ މެޗުގެ 12 ވަނަ މިނެޓް ގައި ކާމިޔާބު ކޮށްފައެވެ. އޭގެ މާ ގިނަ އިރުތަކެއް ނުވެ ޔުނައިޓަޑްގެ ރަޝްފޯޑް ވަނީ މެޗުގެ 20 ވަނަ މިނެޓްގައި ލަނޑެއް ކާމިޔާބުކޮށް އެއްވަރު ކޮށްފައެވެ. މެޗުގެ 23 ވަނަ މިނަޓް ގައި މާޓިއަލް ވަނީ ޔުނައިޓަޑް އަށް ލަނޑެއް ކާމިޔާބުކޮށް ނަތީޖާ އަބުރާލައި ޔުނައިޓަޑް އަށް ލީޑު ނަގާ ދީފައެވެ. މެޗުގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ 2-1 ގެ ނަތީޖާއަކުން ޔުނައިޓަޑް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފްގައި ޔުނައިޓަޑް އަށްވަނީ ލަނޑުޖަހާނޭ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުން ނުހިފިފައެވެ. މެޗުގެ ފަހު ވަގުތު ކޮޅުގައި ސައުތެމްޕްޓޮންގެ މައިކަލް އޮބަފެނީ ކާމިޔާބު ކުރި ލަނޑާއެކު މެޗު ނިމިގެން ދިޔައީ 2-2 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ.

މި މެޗުން އެއްވަރު ވުމާއި އެކު ޔުނައިޓަޑް އިން މި ސީޒަންގައި ވަނީ 18 މެޗުން ބަލިނުވެ އެލެކްސް ފާގަސަން 2013 ވަނަ އަހަރުގައި ހަދާފައިވާ ރެކޯޑާއި އެއްވަރު ކޮށްފައެވެ. ޔުނައިޓަޑް ތާވަލްގެ ފަސްވަނާގައި އަދި އޮތް ނަމަވެސް ބާކީ ހުރި މެޗުތަކުން މޮޅުވެގެން ޗެންޕިއަންސް ލީގުގެ ޖާގައެއް ހޯދުމުގެ ފުރުސަތު އަދި އެބަ އޮތެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ޖާގަ ކުޑަވިގޮތެއް މިކިޔާ ކިޔާވެސް ނޭނގުނު! ބާކީ 2 މެޗުން މޮޅުވެ ސީޒަން ފަހު މެޗުގައި ލެސްޓާ އޮތުން މޮޅުވާއިރަށް ޗެމްޕިއަންސް ލީގުން ޖާގަ ލިބޭނެ.

    6
    2
    • މެންޔޫ

      ރަނގަޅު ވާހަކައެއް

  2. ޙހހހ

    ޢެނޯނީމޯސް: ބާ ކީ 2 މެޗް ކުޅެނީ އިދި ކޮޅަށް ބަޔަ ކު ނުލާތަ ، ދެން ލެސްޓަރ އާއި ޗެލްސީ ކުޅެންޖެހޭ މެޗްތައް ކުޅެ ނިމުނީތަ