ވިއަރެއާލް ބަލިކޮށް ސްޕެނިޝް ލަލީގާ ރެއާލް މެޑްރިޑުން ކާމިޔާބު ކޮށްފިއެވެ.

ރޭ ކުޅުނު މި މެޗު ރެއާލުން ކާމިޔާބު ކުރީ 2-1 ގެ ނަތީޖާ އަކުން ކުރި ހޯދައި ގެންނެވެ. ރެއާލްމި މެޗުން މޮޅުވި އިރު ވާދަވެރި ބާސާ ވަނީ އޮސަސޫނާ އަތުން 2-1 ގެ ނަތީޖާ އަކުން ރޭ ވެސް ބަލިވެފައެވެ.

ރެއާލް މޮޅުވެ ބާސާ ބަލިވުމުން ރެއާލްއަށް ވަނީ ތާވަލްގައި 7 ޕޮއިންޓުގެ ލީޑެއް ލިބި ލީގު ކަށަވަރު ވެފައެވެ.

ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު މޮޑްރިޗް ހޯދައިދިން ފުރުސަތެއް ގައި ބެންޒިމާ 29 ވަނަ މިނެޓް ގައި ކާމިޔާބު ކުރިއިރު ފުރަތަމަ ހާފް ނިމިގެން ދިޔައީ 1-0 ގެ ނަތީޖާ އަކުން ރެއާލް ކުރީގައި އޮވެގެންނެވެ. ދެވަނަ ހާފްގައި ރެއާލްއިން ނުރައްކާތެރި ހަމަލާތަކެއް ވިއަރެއާލްގެ ގޯލަށް ފޮނުވާލިއިރު 78 ވަނަ މިނެޓް ގައި ލިބުނު ޕެނަލްޓީއެއް ކެޕްޓަން ރާމޮސް ބެންޒީމާއަށް ރެފްރީގެ އިރުޝާދުގެ ކުރިން ޕާސްލުމުން އެ ޕެނަލްޓީ އަލުން ވަނީ ޖެހުމަށް ނިންމާފައެވެ. ދެވަނަ ފަހަރަށް ދިން ފުރުސަތުގައި ބެންޒިމާވަނީ ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ.

ވިއަރެއާލްގެ ހަމަ އެކަނި ލަނޑު 83 ވަނަ މިނަޓްގައި އިބޮރާ ކާމިޔާބު ކުރިއިރު އެސެންސިއޯ މެޗުގެ ފަހު ވަގުތުގައި ޖެހި ލަނޑެއް ވީއޭއާރުން ބަލައި ވަނީ ބާތިލް ކޮށްފައެވެ. މި މެޗުން ރެއާލް މޮޅުވުމާއި އެކު އެ ޓީމުން ވަނީ 34 ވަނަ ލަލީގާ ކާމިޔާބު ކޮށްފައެެވެ.

ރޭ މެޗަށްފަހު ވާހަކަ ދައްކަމުން ޒިދާން ބުނީ މި އަހަރުގެ ލަލީގާ ލިބުމުން މިއަދަކީ އޭނާއަށް ވަރަށް އުފާވެރި ދުވަހެއް ކަމަށާއި ތިންްމަހުގެ މެދުކެޑުމަކަށް ފަހު މި ލިބުނު ކާމިޔާބީ އަކީ ޗެންޕިއަންސް ލީގު ލިބުމަށްވުރެ ބޮޑު އުފަލެއް ކަމެވެ.

2017 ގެ ފަހުން ރެއާލް އިން މި އަހަރު ލަލީގާ ކާމިޔާބު ކުރެވުނު އިރު މި ސީޒަން މެދުކެޑުމަށް ފަހު ކުޅުނު އެއްވެސް މެޗަކުން ރެއާލް އަދި ބަލިވެފައި ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ޢެކަމަކު ހާދަ ޕެނަލްޓީ އެކޭ ފަހަކަށް އައިސް ރެއަލް އެޖެހީ. ސޮ ފޭކް. ޕިސްޕިސް.

    3
    14
  2. ކަމަނަ

    ރިއަލް ވަރެއް ނެތް. ކިރުދޫނިތެކެއް❤️❤️❤️❤️

    5
    1