މިމަހުގެ 26 ވަނަ ދުވަހު އޮންނަ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އިނގިރޭސިވިލާތުގެ ލިވަޕޫލް ބަލިކުރުމަކީ ކޭކް ފޮއްޗެއް ކާލުންހާ ފަސޭހަ ކަމެއް ކަމަށް ރެއާލް މެޑްރިޑްގެ ރައީސް ފްލެރެންޓީނިއޯ ޕެރޭޒް ބުނެފިއެވެ،

ކުރިއަށް އޮތް ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗާއި ބެހޭ ގޮތުން ސްޕެއިންގެ ނޫހަކަށް ދިން އިންޓަވިޔުއެއްގައި ޕެރޭޒް ބުނެފައިވަނީ ފައިނަލް މެޗަށް ރެއާލް އޮތީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައި ކަމަށާއި ފައިނަލަށް އަނިޔާގެ އެއްވެސް މައްސަލައެއް ޓީމަށް ކުރިމަތި ނުވާނެ ކަމަށެވެ.

އަދި ލިވަޕޫލް ބަލިކުރުމަކީ ރެއާލްއަށް ކޭކް ފޮއްޗެއް ކާލުންހާ ފަސޭހަ ކަމެއް ކަމަށާއި ފައިނަލް މެޗަށް ރެއާލް ނުކުންނަނީ ސީދާ ތަށި ހޯދަން ކަމަށް ޕެރޭޒް ބުނެފައިވެއެވެ.

"ފައިނަލް މެޗަކީ ހުރިހާ ގޮތަކުންވެސް ފޯރިގަދަ މެޗަކަށް ވާނެ. ފައިނަލުގައި ލިވަޕޫލް ބަލިކުރުމަކީ ކޭކް ފޮއްޗެއް ކާލުން ފަދަ ކަމެއް" ސަމާސާ ރާގަކަށް ޕެރޭޒް ބުންޏެވެ.

ޕެރޭޒް ލިވަޕޫލްއަށް ފާޑުކިޔާ ވާހަކަ ދައްކާފައިވާއިރު ލިވަޕޫލްގެ ކޯޗު ޖާގެން ކްލޮޕް ބުނެފައިވަނީ ފައިނަލުގައި ލިވަޕޫލް ނުކުންނާނީ މޮޅުވަން ކަމަށާއި އިދިކޮޅުގައި ކިތަންމެ ވަރުގަދަ ޓީމެއް އޮތަސް ފަސް ނުޖެހޭ ކަމަށެވެ.

ލިވަޕޫލް އިން މި ސީޒަންގައި އަންނަނީ މޮޅު ކުޅުމެއް ކުޅެމުންނެވެ. ހާއްސަކޮށް އެޓީމުގެ ކުރިއަށް ކުޅޭ މިސްރުގެ ތަރި މުހައްމަދު ސަލާހް އަންނަނީ ތަފާތު މޮޅު ކުޅުމެއް ކުޅެމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޢަލީ

    އިންޝާ ﷲ އެހެންވެއްޖެއްޔާ ތިމީހުން ބަލިވެގެން ފައިބާނީ. ތިހާ ފޮނިކަނޑާކަށް ނުވާނެ.

  2. ދިވެހިމީހާ

    ލިވަޕޫލްއަށް ކާމިޔާބްދެއްވާފާދޭވެ ޕެރޭޒްގެ ވާހަކަތައް ދެރަކުރައްވާދޭވެ

    • ނާފިޒު

      އާމީން

    • ސަލާހު

      އާމީން

  3. ހާ

    އިނގޭ ތިކަން. ރެފުރީން ގަނެގެން އުޅޭ ބަޔަކަށް ތިކަން ވެދާނެ. ޔުއެފާގެ ބަލަދުވެރި ފަރާތަށް ތަށި ދޭން ޔުއެފާއިން ހުރިހާ ކަމެއް ކުރާނެ

  4. ޖަަމަލޭ

    ރެފްރިޔަލް މެޑުރިޑަށް ތަށި ދޭގޮތަށް ނިމިފަ ވަނީ މުބާރަތް ފެށުމުގެ ކުރިން

  5. ހުސޭނުބޭ

    ޕެރޭޒްބޭ ބުނަން ވާހަކައެއް. ލިވަރޕޫލަކި މޮޅު ޓީމަކަށް ނުވިޔަސް ކޭކުފޮތި ކާން މެޑްރިޑަށްވުރެ މޮޅުވާނެ. އެމީހުން އޭސީމިލާން އަތުން ކޭކުފޮތި އަތުލައިގެން ކައިލި. އެންމެ ފަހުން މެޑްރިޑާއެކު ކުޅު ފައިނަލުގައި ކެނީ ޑަގްލަސް ވަނީ މެޑްރިޑް އަތުން އަތުލައިގަނެގެން ކޭކުފޮތި ކާލާފައި.

  6. 3ނިރު

    ލިވަޕޫލަށް ސަޕޯޓްކުރާމީހަކު ނޫޅެ ކޮމެންޓް ކުރަނީ ބާސެލޯނާގެ ސަޕޯޓަރުން

  7. ޟަފގ

    އިރާދަކުރެއްވިއްޔާ ރެއާލް މޮޅުވާނީ.... ލިވަޕޫލް ތީކޮން ބައެއް

  8. ބުލޫ

    ލިޔުން ކިޔާލީމަ ހަނދާނަށް އަންނަނީ މިކަހަލަ ބޮޑާބަސްތަކެއް ބޭނުންކުރި ޓައިޓޭނިކްގެ ފުރަތަމަ ދަތުރު......އާޚިރު ނަތީޖާ ދިރިތިބިބަޔަކަށް އިބުރަތަކަށްފުދޭ....

  9. މުހައްމަދު

    ޔޫ ވިލް ނެވަރ ވޯލްކް އެލޯން. ދަ ރެޑްސް އިންޝާ އައްލާހް.