ފުޓުބޯޅައިގެ މައިކަލް ޖޯޑާން އަކީ ކްރިސްޓިއާނޯ ރޮނާލްޑޯ ކަމަށް މެންޗެސްޓާ ޔުނައިޓަޑްގެ ތަރި ލިންގާޑް ބުނެފިއެވެ.

ސްކައި ސޮޕޯޓްސް އާއި ވާހަކަ ދައްކަމުން ލިންގާޑް ބުނީ އެންބީ އޭގެ އުފެދުނު އެންމެ މޮޅު އެއް ކުޅުން ތެރިޔާ ކަމަށްވާ މައިކަލް ޖޯޑާން ހޯދާފައިވާ ކާމިޔާބީ ތަކާއި ރޮނާލްޑޯ ފުޓުބޯޅައި ގައި ހޯދި ކާމިޔާބީ ތަކާއި އެއްވަރު ކަމަށެވެ.

އޭނާ މިހެން ބުނީ އެންބީއޭގެ ތަރި އަކާއި ފުޓުބޯޅައިގެ އޭނާ އަށް އެންމެ ކަމުދާ ކުޅުންތެރިޔާ އަކީ ކޮބައިތޯ ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.

"ފުޓުބޯޅައިގެ އެންމެ ކާމިޔާބު ކުޅުން ތެރިޔަކަށް އަހަރެން ނަގާނީ ރޮނާލްޑޯ، އޭނާވަނީ އެކި ކުލަބު ތަކުގައި ތަފާތު ކާމިޔާބީ ތަކެއް ހޯދާފައި، އަހަރެންނަށް ގަބޫލު ކުރެވޭ ގޮތުގައި ރޮނާލްޑޯ އަކީ ފުޓުބޯޅައިގެ އެންމެ މަގުބޫލު ކުޅުންތެރިޔަކީ." ލިންގާޑް ބުނެފައި ވެއެވެ.

މީގެ އިތުރުން ލިންގާަޑް ބުނީ އޭނާއަށް ރޮނާލްޑޯ އެންމެ ފުރަތަމަ ފެނުނީ އޭނާގެ އުމުރުން 12 އަހަރުގައި މެންޗެސްޓާގައި އެމީހުން ހެދި ސްކިލް ޕްރޮގްރާމެއްގައި ރޮނާލްޑޯ އައިސް ދަސްކޮށް ދިން އިރު ކަމަށެވެ.

މެންޗެސްޓާ ޔުނައިޓަޑް އާއި އެކު ޔޫރަޕާ ލީގާއި އެފްއޭ ކަޕް ކާމިޔާބު ކޮށްފައިވާ ލިންގާޑް ވަނީ ޔުނައިޓަޑް ގައި ތަފާތު ކާމިޔާބީތަށް ހޯދާފައެވެ. 2012 ވަނަ އަހަރު ލެސްޓާއިން އޭނާގެ ސީނިއާ ކެރިއަރު ފެށި ލިންގާޑް ވަނީ އިންގްލަންޑް ގެ ގައުމީ ޓީމާއި އެކު ވޯލްޑް ކަޕް ގައި ބައިވެރި ވެފައެވެ. ލިންގާޑް ޔުނައިޓަޑް އާއި ގުޅުނީ 2013 ވަނަ އަހަރު ގައިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ހަމީ

  މި ކަހަލަ ބޯ ބުރާންޗަކަށް ފުޓުބޯޅަ އިނގޭނެތަ؟؟ މި ސީޒަންގަ އެންމެ ގޯލެއް ޖެހުނީ ވެސް....އެކަމުވެސް ޔުނައިޓެޑްގެ ތަރިޔެކޯ...ލޮލް.... ފުޓުބޯޅައިގެ ރަސްގެފާނަކީ މެސީ...މިކަން ރޮނާލްޑޯ ފޭނުންނަށް ހަޖަމްނުވަނީ......

  8
  13
  • ބޯ

   މެސީ