ދުވާފަރުގައި ޒުވާނުންނަށް އަމާޒު ކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ "ދުވާފަރު ފުޓްސަލް ޗެލެންޖް" ބޭއްވުމުގެ ތައްޔާރީތައް ފޯރިގަދަ ކަމާއި އެކީ ފަށައިފިއެވެ.

މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 31 ވަނަ ދުވަހުގެ ހަވީރުއެވެ. މުބާރާތް ބޭއްވުމުގައި އިސްކޮށް ހަރާކާތްތެރިވާ ދުވާފަރު ޔޫތް މޫވްމަންޓްގެ ރައީސް އިބްރާހިމް އަލީ "ވަގުތު" އަށް ބުނީ، މި މުބާރާތުގައި 16 ޓީމަކުން ބައިވެރިވާ ކަމަށާއި ގުރުއަތުލުން ކުރިއަށް ދާނީ މިރޭ ރ. އަތޮޅު މަދުރަސާގައި ކަމަށެވެ.

މި މުބާރާތަކީ ދުވާފަރު ޔޫތް މޫވްމެންޓާއި، ޒުވާނުން އިސްނަގައިގެން ކުރިއަށްދާނެ ފޯރިގަދަ މުބާރާތެއް ކަމަށް އަލީ ވަނީ ބުނެފައެވެ.

"މުބާރާތުގެ ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމާއި ރަނަރަޕް ޓީމު ހޮވުމާއި އެންމެ މޮޅު 5 ކުޅުންތެރިންނާއި އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ގޯލް ޖަހާ ކުޅުންތެރިޔާ އަށް އިނާމު ދިނުމަށް ވަނީ ނިންމާފައި" އަލީ ބުންޏެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ދުވާފަރު ދާއިރާގެ އެމްޑީޕީ މެމްބަރު އިސްމާއިލް އަހުމަދެވެ. މީޑިއާ ޕާޓްނަރަކީ ދުވާފަރުލައިވްއެވެ. ބެވަރެޖް ސްޕޮންސަރުންނަކީ އޮގީސް އާއި ކެފޭ ބްލަންޗް އެވެ. އިތުރު ސްޕޮންސަރުންގެ ތެރޭގައި ހިމެނެނީ އެމްޓީސީސީ، ނުވެއްލާ ކެފާ، ޓައިމްސް މާޓް، ބިސްޓްރޯ ބައިޓްސް، ނިއުލުކް، އެމްޑަބްލިއުއެސްސީ، އަހުމަދު ނާސިހު، ޕީކޭ، އަހުމަދު ސަމޫދު ، އެލެވަރު ފަރުނީޗާ އަދި ޓައިިމްފިކްސް ގަރާޖެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ދުވާފަރު ދާއިރާގެ އެމްޑީޕީ މެމްބަރު އިސްމާއިލް އަހުމަދެވެ. މީޑިއާ ޕާޓްނަރަކީ ދުވާފަރުލައިވްއެވެ. ބެވަރެޖް ސްޕޮންސަރުންނަކީ އޮގީސް އާއި ކެފޭ ބްލަންޗް އެވެ. އިތުރު ސްޕޮންސަރުންގެ ތެރޭގައި ހިމެނެނީ އެމްޓީސީސީ، ނުވެއްލާ ކެފާ، ނިއުލުކް، އެމްޑަބްލިއުއެސްސީ، އަހުމަދު ނާސިހު، ޕީކޭ، އަހުމަދު ސަމޫދު ، އެލެވަރު ފަރުނީޗާ އަދި ޓައިިމްފިކްސް ގަރާޖެވެ.

އަލީ ބުނީ، މުބާރާތް ބޭއްވުމުގެ ތައްޔާރީތަކުގެ ތެރެއިން ސްޕޮންސަރ ބޯޑު ހެދުމުގެ މަސައްކަތް މިހާރު ކުރިއަށް ދާ ކަމަށާއި މުބާރާތް ކުޅޭ ދަނޑު ތައްޔާރުކޮށް ނިމިފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދުވާފަރު ޢަޔާޒް

    މުބާރާތުގެ އެންމެހާ ކަންތައްތައް ގެންދާލެއް ފުރިހަމަ ކަމަށް ކުޑަ އިއްބެ (އިބްރަކޮއަށް) ވަރަށް ބޮޑަށް ސުކުރިއްޔާ، އިއްބެކޮށް ނެތިއްޔާއި ނެތް ހަމަ!

    6
    1
  2. އިއްސެ ފޭން

    މެމްބަރު އިއްސެއަށް އޮތް ތާއީދު ނަޝީދުއަށް ދައްކާލްނަ ރަގަޅު ފުރުސަތެއް.

    2
    1