ރިއަލް މެޑްރިޑްގެ ފޯވާޑް މާރިއާނޯ ޑިއޭޒް ކޮވިޑް-19 އަށް ފައްސިވެފައިވާ ކަމަށް އެ ކްލަބުން ބުނެފިއެވެ.

އެ ކްލަބުން ބުނެފައިވަނީ ޑިއޭޒް ފައްސިވެފައިވާ ކަން އެނގިފައިވަނީ އިއްޔެ ހަދާފައިވާ ޓެސްޓުން މިއަދު ކަމަށެވެ. ޑިއޭޒް ފައްސިވި ނަމަވެސް އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށާއި މިވަގުތު އޭނާ ހުރީ ގޭގައި އައިސޮލޭޝަންގައި ކަމަށް އެކްލަބުން ވަނީ ބުނެފައެވެ.

ޑިއޭޒް ކޮވިޑް-19 އަށް ފައްސިވުމުން ކުރިއަށް އޮތް ޗެމްޕިއަންސް ލީގުގެ 16 ވަނަ ބުރުގައި އޭނާއަށް ބައިވެރިވެވޭނެ ކަމާއި މެދު ޝައްކު އުފެދޭ ކަމަށް ރިއަލްއިން ވަނީ ބުނެފައެވެ.

ރިއަލް އިން ބުނެފައިވަނީ ޓީމުގެ ފަރިތަކުރުންތަކުގެ އޭނާ ބައިވެރިވެފައި ނުވާތީ ޓީމުގެ އެހެން ކުޅުންތެރިންނާއި ބައްދަލުވެފައި ނުވާ ކަމަށެވެ.

ސްޕެއިންއަށް އުފަން އުމުރުން 26 އަހަރުގެ ޑިއޭޒް އަކީ ފުޓްބޯޅާގައި އަރަމުން އަންނަ ތަރިއެކެވެ. އޭނާ އަކީ 2011 ވަނަ އަހަރުން ފެށިގެން ރިއަލްގެ އެކި ސްކޮޑްތަކަށް ކުޅެމުން އައިސް މިހާރު ރިއަލްގެ ސީނިއާ ސޮކްޑްގައި ހިމެނޭ ކުޅުންތެރިއެކެވެ.