ޗެލްސީ ބަލިކޮށް އާސެނަލް އިން އެފްއޭ ކަޕް ކާމިޔާބު ކޮށްފި އެވެ.

މިރޭ އެފްއޭ ކަޕް ފައިނަލުގައި އާސެނަލް އާއި ޗެލްސީ ބައްދަލުކުރި މި މެޗު އާސެނަލް އިން ކާމިޔާބު ކުރީ 2-1 ގެ ނަތިޖާ އަކުންނެވެ.

14 ވަނަ އެފްއޭ ކަޕް އާސެނަލް އިން އުފުލާލި އިރު އަބޫޔެމަން ވަނީ ދެ ލަނޑު ކާމިޔާބު ކޮށްފަ އެވެ. މެޗުގެ ފުރަތަމަ ހާފް ގައި ދެ ލަނޑު ފެނިގެން ދިޔަ އިރު ޗެލްސީ އިން ވަނީ މެޗުގެ ފަސް ވަނަ މިނެޓް ގައި ލަނޑެއް ކާމިޔާބު ކޮށް ލީޑު ނަގާފައެވެ.

މި ލަނޑު ޗެލްސީގެ ޕްޔުލިސަކް ކާމިޔާބު ކުރި އިރު އޭނާ ވެގެން ގޮސްފައި ވަނީ އެފްއޭކަޕް ފައިނަލުގައި ލަނޑު ކާމިޔާބު ކުރި ފުރަތަމަ އެމެރިކާ ކުޅުން
ތެރިޔާ އަށެވެ.

މެޗުގެ 28 ވަނަ މިނެޓް ގައި ލިބުނު ޕެނަލްޓީ އެއްގައި އަބޫޔަމެން ލަނޑު ކާމިޔާބުކޮށް ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ފުރަތަމަ ހާފް 1-1 ގެ ނަތިޖާ އަކުން ނިމިގެން ދިޔައިރު ޗެލްސީގެ ކެޕްޓަން އޒްޕެލިޓާ އަދި ޕްޔުލިސިކް އަށް ވަނީ އަނިޔާ ވެފައެވެ.

ދެވަނަ ހާފްގެ 67 ވަނަ މިނެޓްގައި ނިކްލޮސް ޕެޕޭގޭ އެހީތެރި ކަމާއި އެކު އަބޫޔަމެން ވަނީ ލަނޑެއް ކާމިޔާބުކޮށް އާސެނަލް އަށް ލީޑު ނަގާފައެވެ. މިއީ އޭނާ މިސީޒަންގައި ކާމިޔާބުކުރި 29 ވަނަ ލަނޑެވެ.

މި މެޗުން މޮޅުވުމާއި އެކު އާސެނަލް އިންވަނީ އެޓިމުގެ 14 ވަނަ އެފްއޭކަޕް ކާމިޔާބުކޮށް ރެކޯޑެއް ގާއިމްކޮށްފައެވެ.