އިޓާލިއަން ލީގުގެ އެންމެ މޮޅު ކުޅުން ތެރިޔާ "އެމްވީޕީ" އަށް ޔުވެންޓަސް އަށް ކުޅެމުންދާ އާޖެންޓީނާގެ ތަރި ޕައުލް ޑީބަލާ ހޮވިއްޖެއެވެ.

ސެރިއާ އޭގެ އެެކި ވަނަތަކަށް ހޮވުނު ކުޅުންތެރިން މިއަދު އިއުލާން ކުރި އިރު އެ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ޑީބަލާ ހޮވިފައި ވަނީ އެންމެ ގިނަ ވޯޓު ލިބިގެންނެވެ.

ދުނިޔޭގެ މޮޅު ކުޅުން ތެރިޔާގެ މަގާމް ފަސް ފަހަރު ހޯދާފައިވާ ރޮނާލްޑޯ ވައްޓާލައި ޑިބަލާ އިޓާލިއަން ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދިއިރު، ޒުވާން އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ ޕެރްމާގެ ޑީޖަން ކުލުސެވިސްކީ އެވެ. ލީގުގެ އެންމެ މޮޅު ފޯވާޑަށް މި އަހަރުގެ ޔޫރަޕްގެ ރަން ބޫޓު ހޯދި ލާޒިއޯގެ ކިރޯ އިމޮބިލޭ ހޯދިއިރު، ސީޒަންގެ އެންމެ މޮޅު މިޑްފީލްޑަރަށް ހޮވި ފައިވަނީ އަޓަލަންޓާގެ އެލަޖަންޑްރޯ ގޮމޭޒް އެވެ. އިންޓާ ގައި މި އަހަރު މޮޅު ކުޅުމެއް ދައްކާފައިވާ ސްޓެފަން ޑީ ވްރިޖް، އެންމެ މޮޅު ޑިފެންޑަރުގެ މަގާމް ހޯދިއިރު ލީގުގެ އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވުނީ ޔުވެންޓަސްގެ ވޮޖެސިއެޗް ސުޒުކްސެންސީ އެވެ.

ލީގުގެ އެންމެ މޮޅެތި ކުޅުން ތެރިން އިއުލާން ކުރުމަށް ފަހު ސެރިއާ އޭގެ ސީއީއޯ ސިއެރްވޯ ބުނެފައި ވަނީ ކުޅުންތެރިންގެ ޕާފޯމެންސް ބަލާފައިވަނީ ސެރިއާ އޭގައި ކުޅުންތެރިން ދައްކާފައިވާ ސްޓެޓްސް އަށް ބަލާފައި ކަމަށާއި ސައިންޓްފިކް ކުރިޓާޝަން އިން އެންމެ މޮޅު ކުޅުންތެރިން ބަލާފައި ކަމުގައެވެ.

" މި ސީޒަންގައި ލީގު ކުރިއަށް ގެންދިއުމަށް އެކި އެކި ދަތި ތަކާއި ދިމާވި ، މިކަހަލަ އުދަގޫ ސީޒަން އެއްގައި ކުޅުންތެރިން އެމީހުންގެ ހުނަރު ކުޅުނު މެޗުތަކުގައި ދައްކުވައި ލީގުގެ ވާދަވެރިކަން އިތުރު ކޮށްފީފައިވޭ، އަހަރުމެން ޝުކުރުވެރިވަން ކުޅުން ތެރިން މި ސީޒަންގައި ވީ ގުރުބާނީތަކާއި ދެއްކި ޕްރޮފިޝަނަލް ކަމަށް " ސިއެރްވޯ ބުންޏެވެ

ސީޒަންގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ޑިބަލާ ހޮވުނު އިރު އޭނާ ވަނީ މި ސީޒަންގައި 17 ލަނޑު ކާމިޔާބުކޮށް ޔުވެންޓަސްއަށް ލިބުނު ކާމިޔާބީ ތަކުގައި އިސް ދައުރެއް އަދާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޅޮލް

    ?‍♂️?

    7
    10
  2. Anonymous

    ރޮނާލްޑޯ އަށް ޕެނާލްދޯ ކިޔަނީ މިހެންވެ.! އަމިއްލަ މަސައްކަތެއް ނޯވޭ. މީހަކު ހޯދާ ޕެނަލް ޓީ ޖަހަން އޭނާ ބަހައްޓާ! އޭރުން ސްކޯރކުރާނެ!! މަމޯޅުވެގެން އުޅޭ!! މިހާރު ހުންނާނީ ދިބާލާ އަށް ރުޅިގަނޑު ބާލަން!

    15
    12
  3. Anonymous

    ކުޅުން ހުއްޓާލާފަ ޖަނގިޔާ އިސްތިހާރު ކުރިއްޔާ މާރަނގަޅުވާނެ. މިހާރު

    6
    6