އަންނަ މަހު ރަޝިއާގައި ފަށާ ވޯލްޑްކަޕަށް ހާއްސަކޮށްގެން "ވަގުތު" އިން ނެރުނު މެގަޒިން އދ.މަހިބަދޫގައި ވިއްކަން ފަށައިފިއެވެ.

މަހިބަދޫ އިން މި މެގަޒިން ގަންނަން ލިބޭނީ ގެލެރީ ވިއު ސްޓޫޑިއޯ އިންނެވެ. މެގަޒިން އޯޑަރު ކުރަން ބޭނުންވާ ފަރާތްތަކުން ގެލެރީ ވިއު ސްޓޫޑިއޯ އަށް ގުޅައިގެން އިންތިޒާމު ހަމަޖެއްސޭނެއެވެ. އޯޑަރު ކުރުމަށް ގުޅުއްވާނީ 7764722‬ ނަމްބަރު ފޯނަށެވެ.

މަހިބަދޫގެ އިތުރުން މާލެ އާއި ނ.އަތޮޅު ހޮޅުދޫ އާއި އއ.ހިމަންދޫ އަދި އއ.މަތިވެރި އާއި ކ.ދިއްފުށިން ވެސް މިހާރު މެގަޒިން ލިބިވަޑައިގަންނަވާނެއެވެ.

މާލެ އިން މެގަޒިން ލިބިވަޑައިގަންނަވާނީ ނާސަރީ ބުކްޝޮޕުންނާއި ސްޕޯޓްސް ޕްލަސް އިންނެވެ. ވޯލްޑް ކަޕް މެގަޒިން މާލޭގެ ކޮންމެ ތަނަކަށް ވެސް އޯޑަރު ކުރެއްވުމުން އިތުރު ފީއެއް ނެގުމެއް ނެތި ޑެލިވަރީ ކޮށްދޭނެއެވެ. އޯޑަރު ކުރެއްވުމަށް ގުޅުއްވާނީ ‭9798785‬ އަދި ‭7660630‬ ނަމްބަރު ފޯނަށެވެ.

ނ.އަތޮޅު ހޮޅުދޫ އިން މެގަޒިން ގަންނަން ލިބޭނީ އަރޫސް ޕްރިންޓް ބުކްޝޮޕުންނެވެ. މެގަޒިން އޯޑަރު ކުރަން ބޭނުންވާ ފަރާތްތަކުން އަރޫސް ޕްރިންޓް ބުކްޝޮޕްގެ 7444118 ނުވަތަ 7220871 ނަމްބަރު ފޯނަށް ގުޅުމުން މެގަޒިން ގަތުމުގެ އިންތިޒާމް ހަމަޖެހޭނެއެވެ.

އއ.މަތިވެރި އާއި ކ.ދިއްފުށިން ވެސް މެގަޒިން ލިބިވަޑައިގަންނަވާނެއެވެ. މަތިވެރިން މެގަޒިން ގަންނަން ބޭނުންވާ ފަރާތްތަކުން 7556696 ނަމްބަރު ފޯނަށް ގުޅުމުން މެގަޒިން ލިބޭނެއެވެ. އަދި ދިއްފުށިން މެގަޒިން ގަންނަން ބޭނުންވާ ފަރާތްތަކުން 9195455 ނަމްބަރު ފޯނަށް ގުޅުމުން މެގަޒިން ލިބޭނެއެވެ.

މީގެއިތުރުން ހިމަންދޫ އިން މި މެގަޒިން ގަންނަން ލިބޭނީ "ކޯނާ ހަޓް ކެފޭ" އިންނެވެ. މެގަޒިން އޯޑަރު ކުރަން ބޭނުންވާ ފަރާތްތަކުން "ކޯނާ ހަޓް ކެފޭ" އަށް ގުޅައިގެން އިންތިޒާމު ހަމަޖެއްސޭނެއެވެ. އޯޑަރު ކުރުމަށް ގުޅުއްވާނީ 9884312 ނަމްބަރު ފޯނަށެވެ.

ވޯލްޑްކަޕަށް ހާއްސަކޮށްގެން "ވަގުތު" އިން ނެރުނު މެގަޒިން ބައްލަވައި ގަންނަވާ ފަރާތްތަކުގެ މެދުގައި ގުރުއަތުން ހޮވޭ ފަރާތްތަކަށް ވަނީ ބޮޑެތި އިނާމުތަކެއް ހުށަހަޅާފައެވެ. އެއްވަނަ އަށް ހޮވޭ ފަރާތަކަށް ޔޫރަޕްގެ ހަ ޤައުމަކަށް ދަތުރުކޮށްލުމުގެ ފުރުސަތު ލިބިގެންދާއިރު، ދެވަނަ އިނާމަކަށް އަލްމަނާސިކްގެ ފަރާތުން ދޭ އުމްރާ ދަތުރެއް އަދި ތިންވަނަ އިނާމަކަށް އެވިޑް ކޮލެޖްގެ ފަރާތުން ހިލޭ ކޯހެއް ހެދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މިމެގަޒިން ވިއްކުމަށް ހަމަޖެހިފައި ވަނީ 200 ރުފިޔާ އަށެވެ.

"ވަގުތު" އިން ނެރެފައިވާ މެގަޒިންގައި ވޯލްޑްކަޕްގައި ކުޅޭ ޓީމްތަކާއި މުހިންމު ކުޅުންތެރިންގެ މައުލޫމާތު ހިމަނާފައި ވާނެއެވެ.