މިއަންނަ މަހުގެ 14 ގައި ފެށޭ ފީފާ ވޯލްޑް ކަޕުގައި ކުޅުމަށް އާޖެންޓީނާ އިން ކަނޑަ އަޅާފައިވާ ޕްރެލިމިނަރީ 35 ކުޅުންތެރިން އިއުލާނު ކޮށްފިއެވެ.

Error, group does not exist! Check your syntax! (ID: 111)

އާޖެންޓީނާގެ ކޯޗު ޖޯޖް ސަމްޕައޮލީ މި ޓީމު 23 ކުޅުންތެރިންނަށް ކުޑަ ކުރުމުގެ ކުރިން މި މަހުގެ ފަހުކޮޅު ހެއިޓީ އާއި ދެކޮޅަށް ވާމް އަޕް މެޗެއް ކުޅުމަށް ވަނީ ހަމަ ޖެހިފައެވެ.

މިހާރު ނެރެފައިވާ ޕްރެލިމިނަރީ ޓީމުގައިވެސް ފާހަނގަ ކޮށްލެވޭ ވަރުގެ އެޓޭކިން ކުޅުންތެރިން ތަކެއް ހިމެނެ އެވެ. މީގެ ތެރެއިން ލިއޯ މެސީ އާއި ޕައުލޯ ޑީބަލާ އާއި ގޮނަޒާލޯ ހިގުއެން ގެ އިތުރުން މައުރޯ އިކާޑީ ވެސް ހިމެނެ އެވެ.

މި ޓީމުގައި ޕްރެމިއާ ލީގުގައި ކުޅޭ ގިނަ ކުޅުންތެރިން ވެސް ހިމެނެ އެވެ. މެންޗެސްޓާ ސިޓީގެ ސާޖިއޯ އަގުއޭރޯ އަދި ނިކޮލަސް އޮޓަމެންޑީގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑައް ކުޅެމުން އަންނަ މާކޮސް ރޯހޯ އަދި ގޯލް ކީޕަރު ސާޖިއޯ ރޮމެރޯ ހިމެނެއެވެ. މީގެ އިތުރުން ވެސްޓަމްގެ މެނުއަލް ލަންޒީނީ ހިމެނެ އެވެ.

މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ވިންގާ އެންޖެލް ޑީމަރިއާ ވެސް ޕްރެލިމިނަރީ ޓީމުގައި ހިމެނިފައި ވާއިރު ރިޕޯޓްތައް ބުނާގޮތުގައި ސަމްޕައޯލީގެ ޓީމު 23 ކުޅުންތެރިންނަށް މަދު ކުރާއިރު ގިނަ ތަރިންތައް ނުހިމެނިދާނެއެވެ.

ރަޝިޔާގައި އޮންނަ ވޯލްޑް ކަޕު އާޖެންޓީނާ އިން ފަށާނީ ޖޫން 16 ގައި އައިސް ލޭންޑާއި ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު