ފްރާންސްގެ ޕީއެސްޖީ ބަލިކޮށް ބަޔާން މިއުނިކް އިން ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފިއެވެ. މިރޭ ލިސްބަން ގައި ކުޅުނު ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ބަޔާން ކާމިޔާބު ކުރީ 1-0 ގެ ނަތީޖާ އަކުންނެވެ. މި މޮޅާއިއެކު މިއީ ބަޔާންއިން ޗެމްޕިއަންސް ލީގު އުފުލާލި ހަވަނަ ފަހަރެވެ.

ދެ ޓީމުގެ ފަރާތުންވެސް ފޯރި ގަދަ ކުޅުމެއް ފެނިގެން ދިޔަަ މި މެޗުގެ ފުރަތަމަ ހާފް ގައި ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހާނޭ ގިނަ ފުރުސަތު ތަކެއް ލިބިފައެވެ. އެގޮތުން ޕީއެސްޖީގެ ނޭމާއަށް ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބިގެންދިޔަ އިރު ބަޔާންގެ ލެވަންޑޮސްކީ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ވަނީ ދަނޑީގަ ޖެހިފައެވެ. މީގެ އިތުރުން ފުރަތަމަ ހާފްގައި ޕީއެސްޖީގެ އެމްބާޕޭ އަށްވެސް ވަނީ ގޯލުގެ ކުރިމަތިން ލަނޑު ޖަހާނޭ ހުސް ފުރުސަތެއް ލިބި ބޭނުން ނުހިފިފައެވެ.

މެޗުގެ ފުރަތަމަ ހާަފް 0-0 ގެ ނަތީޖާ އަކުން ނިމިގެން ދިޔައިރު ދެވަނަ ހާފްއަށް ނިކުމެ 59 ވަނަ މިނަޓް ގައި ބަޔާން އިން ވަނީ މެޗުގެ ހަމަ އެކަނި ލަނޑު ކާމިޔާބު ކޮށްފައެވެ. ޖޯޝުއާ ކިމިޗް ނަގައިިދިން ހުރަހަކުން ކުރިން ޕީއެސްޖީއަށް ކުޅެދީފައިވާ ކިންގްސްލޭ ކޯމަން މި ލަނޑު ކާމިޔާބު ކުރީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.މި ލަނޑަކީ ބަޔާން އިން ޗެމްޕިއަންސް ލީގުގައު ކާޟިޔާބު ކުރި 500 ވަނަ ލަނޑެވެ.

މިމެޗުން ބަލިވެ ޕީއެސްޖީ އެ ޓީމުގެ ފުރަތަމަ ޗެމްޕިއަންސް ލީގު ހޯދުމުގެ ފުރުސަތު ގެއްލުވައިލި އިރު ބަޔާން އިން ވަނީ އެ ޓީމުގެ ހަވަނަ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް މި ސީޒަންގައި ޓްރެބަލް ހަމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރައްޔިތެއް

    އަހަރެން ހަ މަ ދެން މެ މެޗު ބަލާ މި ނި މުނާ

  2. ސަޕޯޓަރެއް

    ސާބަހޭ ތިޔަކުރި ހިއްވަރައް