ލައިކަން އަދި ޓީނޭޖް ސްޕޯޓްސް ކުލަބް ދިއްދޫ ނައިން އަ ސައިޑް ފުޓުބޯޅަ މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފިއެވެ.

ހއ. ދިއްދޫގައި އެ ރަށު އިޖުތިމާއީ މަރުކަޒުން އިސްނަގައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި ޖުމްލަ 10 ޓީމު ވަނީ ބައިވެރި ވެފައެވެ. މި މަހު 15 ގައި ފެށި މި މުބާރާތް ކުޅެމުން ދަނީ ދިއްދޫ އުތުރު އަވަށުގައި ހުޅުވިގެން ދިޔަ ފުޓުބޯޅަ ދަނޑުގައެވެ.

މި މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ދިއްދޫ ޓީނޭޖ ބޯއީސް ހޯދާފައި ވަނީ ސެމީގައި ބުލެކް ޒިންހޯ އާއި ވާދަކުރި މެޗު 0-0 ގެ ނަތީޖާ އަކުން އެއްވަރުވެ ނަތީޖާ ނެރެން ޖެހި ޕެނަލްޓީގައި 3-2 ގެ ނަތީޖާ އަކުން ކުރި ހޯދައި ގެންނެވެ. ފައިނަލްގެ ދެވަނަ ޖާގަ ލައިކަން ހޯދާފައި ވަނީ ސެމީގައި އައްސޭރި އެފްސީ އާއި ވާދަކޮށް 2-0 ގެ ނަތީޖާ އަކުން ކުރި ހޯދައިގެންނެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅެން ހަމަޖެހިފައި ވަނީ މި މަހު 29 ވާ ހޮނިހިރު ދުވަހު 16:30 ގައެވެ.