ކޮމަން ވެލްތް ގޭމްސް ފެޑެރޭޝަންގައި ރާއްޖެއިން އަލުން ބައިވެރިވެވޭނެ ކަން ކޮމަންވެލްތު ގޭމްސް ފެޑެރޭޝަން (ސީޖީއެފް) އިން އަންގާފައިވާ ކަަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ކުރެއްވި ޓްވީޓެއްގައެވެ.

https://twitter.com/ibusolih/status/1299287790350286851?s=19

އެމަނިކުފާނު ވިދާޅުވީ، ކޮމަންވެލްތް ގޭމްސް ފެޑެރޭޝަންގައި ރާއްޖެ އަލުން ބައިވެރިކުރެވިއްޖެ ކަމަށާއި، ފެޑްރޭޝަންގެ މެމްބަރު ގައުމުތަކުން އެކަމަށް ތާއިދުކޮށްދިނީތީ ޝުކުރު ދަންނަވާ ކަމަށެވެ.

ޔޫތް މިނިސްޓަރ މަހްލޫފް އަހުމަދު ވިދާޅުވީ، ކޮމަންވެލްތު ގޭމްސްގައި އަލުން ރާއްޖޭގެ އެތުލީޓުންނަށް ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ ކުޅިވަރު އާއިލާއަށް ލިބުނު ބޮޑު އުފަލެއް ކަމަށެވެ.

މިނިސްޓަރ ވަނީ އަލުން އެ ފުރުސަތު ދެއްވި ކަމަށްޓަކައި ކޮމަންވެލްތުގެ ރައީސްއަށް ޝުކުރުއަދާކުރައްވާފައެވެ.

ދިވެހިރާއްޖެއިން ކޮމަންވެލްތްގައި ބައިވެރިވެފައިވަނީ 9 ޖުލައި 1982 ގައެވެ. އަދި ވަކި ވެފައިވަނީ 13 އޮކްޓޫބަރު 2016 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙާލަތު

    ކުޅިވަރެއް އޮތިއްޔާ ބައިވެރިވެވޭ ޙާލަތުގާތަ މި ޤައުމުގެ އިޤްތިޞާދު މި އޮތީ؟؟؟ ޒުވާނުން އުޅެނީ ވަޒީފާ ގެއްލޭތީ... މުސާރަ ކުޑަވާތީ... ތަކެތީގެ އަގު ބޮޑުވާތީ... ކުލި ނުދައްކާ އުޅެވޭނެ ޙައްލެއް މި ސަރުކާރުން ހޯދައިނުދޭތީ... ތިޔަ ކޮމަންވެލްތު ގޭމްސްގަ ނުކުޅެވިގެންނޫން ޒުވާނުން މިވަގުތުތިބީކީ އިނގޭތޯ!!!

  2. ކާފަދ

    ބޮނޑިބަތް ކައްކާވަރުގެ ކަމެއް