ނ. ކެނދިކުޅުދޫގައި އެޅި ޓާފް ދަނޑުގެ މަސައްކަތް ނިމިފައިވާ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ރޭ ވިދާޅުވެއްޖެއެވެ.

ޔޫތު މިނިސްޓްރީން އިސް ނަގައިގެން ރާއްޖޭގެ އެކި ހިސާބުތަކުގައި ޓާފް ދަނޑު އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އޭގެ ތެރެއިން ބައެއް ޓާފް ދަނޑުގެ މަސައްކަތް މިހާރު ވަނީ ނިންމާލައިފައެވެ. ޓާފް ދަނޑުގެ އިތުރުން ފުޓްސަލް ދަނޑުތައް ވެސް ރަށްރަށުގައި ދަނީ އަޅަމުންނެވެ.

ކެނދިކުޅުދޫގައި ޓާފް އެޅުމުގެ މަސައްކަތަށް ހަތަރު މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރިއެވެ. އެ މަސައްކަތުގެ ދަށުން ސިފައިންގެ ވެލްފެއާ ކުންފުނިން ދަނޑުގެ ބިން އެއްވަރު ކުރިއިރު، ޓާފް އެޅުމުގެ މަސައްކަތް ކުރީ އަމީން ކޮންސްޓްރަކްޝަންގެ ފަރާތުންނެވެ.

މަހްލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މި މަސައްކަތަށް ކެނދިކުޅުދޫ ކައުންސިލާއި، އެ ރަށުގެ ޒުވާނުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ދެއްވި އެއްބާރުލެއްވުމަށް ޝުކުރު ދަންނަވާ ކަމަށެވެ.

ކުރިއަށް އޮތް ހަފުތާ ތެރޭގައި ރ. އަލިފުށީ ޓާފް ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިންމާލެވޭނެ ކަމަށާއި، އެއަށްފަހު ލ. ގަމާއި ފުވައްމުލައް ސިޓީގައި ފެންވަރު ރަނގަޅު ޓާފް ފުޓްބޯޅަ ދަނޑު އެޅުމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް މަހްލޫފް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދުތަކުގެ ތެރޭގައި ރާއްޖޭގެ 100 ރަށެއްގައި ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑުތަކެއް އެޅުން ހިމެނެއެވެ. މީގެ ކުރިން ވަނީ ތ.ވިލުފުށީ ޓާފް ދަނޑާއި، ފ.ނިލަންދޫ ޓާފް ދަނޑާއި ނ.ހޮޅުދޫ ޓާފް ދަނޑުގެ މަސައްކަތް ނިންމާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ދީދީ

    ޝުކުރިއްޔާ ޔާމީން

    17
    4
    • ރަންނަ

      ވަގުކަލޭގެ އޮތީ ގޮޅީގައޭ ދީދީ

      4
      16
  2. އަލިބެއްޔާ

    "ރާއްޖެތެރޭ" ރަށްރަށުގައި ޤަބުރުސްތާނު ވަށާ ފާރު ރާނާ ދީ، ހިނަވާ ގެ އަޅައިދީ، ޓާފް ދަނޑު އަޅައި ދިނީމާ ރާއްޖެތެރޭ މީހުން ތިބެނީ ހެވި ދިއްލިފަ.. މި ބައި މީހުންނަށް ހީވަނީ މި މީހުންނަށް ޙައްޤުވާ މިންވަރަކީ މިއޭ.. ބަލިވެއްޖެ ނަމަ އަހަރު ދުވަހު އެއްކުރި ލާރި ހިފައިގެން ދާން ޖެހެނީ މާލެ ކަމެއް ނުވިސްނާ، މި ތިބެވެނީ ގައިންތާހިރު ނުވެވި ކަމެއް ނޭނގޭ.. ފެންވަރަން ޖެހެނީ ގުއި ވަޅު ފެނުންކަމެއް، ބޯން ޖެހެނީ ހަމަ އެވަޅުގެ ފެން ކަމެއް ނުވިސްނާ.. އަހަރުމެން ރާއްޖެތެރޭ މީހުން ރުޙިގެން ތިބޭނަމަ އަދި 50 އަހަރު ވިޔަސް ހަމަ ތިބެން ޖެހޭނީ ގަބުރުސްތާނުގެ ވަށާ ފާރުގަ ސިމެންތި ޖެހީމާ އެކަމާ އުފާ ކުރުމުގައެވެ. އަހަރުމެން ބޭނުންވަނީ ހެޔޮ ސިއްޙަތެކެވެ. ރަނގަޅު ތަޢުލީމެވެ.

    5
    5
  3. ކެނދިކުޅުދޫގެ ޒުވާނުން

    ޝުކުރިއްޔާ ޓީމް އައްބާސް

  4. ބޯހަލާކު

    ރ.އަލިފުށި ދަނޑުއެއީ އެފްއޭއެމް ގެ10ދަނޑުގެތެރެއިންދަނޑެއް ސަރުކާރުން ކުރާކަމަކަަށް ހަދާލީތޯ..މީގެތިންއަހަރުކުރީގަ ފެށިކަމެއްތީ...ހަހަހ..ރައްޔިތުންގުނބޯހައްދާފަ ބަހައްޓާ...!؟! އެރަށު ފުޓްސެލްދަނޑުވެސް އެއީ ބިގޭ (މޑޕ މެމްބަރު) ދިންއެޗެކޭކިޔައިގެން ރަށުތެރޭ އޭރުވެސްކީ ނަަމަވެސް އެއީ ޔާމިންސަރުކާރުންއެޅިތަނެއް...!؟

  5. މާމީ

    މިހިރަ ވަގުކަލޭގެ އމުރައް ގޮޅިއައް ލާ ދުވަހައް އންތިޒާރު ކޮއްލާ މާކަ ގިނަދުހެއްނެއް.

  6. މާމީ

    މިހިރަ ވަގުކަލޭގެ އުމުރައް ގޮޅިއައް ލާ ދުވަހައް އިންތިޒާރު ކޮއްލާ މާކަ ގިނަދުހެއްނެއް.

    2
    1
  7. ނޫނު

    ޝުކުރިއްޔާ ރައީސް ސާލިޙް. އެމަނިކްފާނަކީ ނ. އަތޮޅަށް ޙާއްސަ އިސްކަމެއް ދެއްވާ އެ އަތޮޅުގެ ގިނަރައް ތަކެއްގެ ބަނަދަރު ހައްދަވައިދެއްވާ އަދި މިހާރު ޒުވާނުންނަށް ފުތްބޯޅަ ތަޢާރަފް ކޮްއްދެއްވި ރައީސް. ނ. އަތޮޅުން ޖާހިލު ކަން ފިލުވާ ދެއްވާނެ ރަޢީސް އަކީ ރަޢީސް ސޯލިޙް. މާފަރު އެއަރ ޕޯރޓް އަޅައި ދެއްވައިފި. މިހާރު ފުޓއބޯޅައަށް ލޯބިކުރާ ޒުވާނުން ތިބި ރައްށުގަ ދަނޑު އަޅައި ދެއްވީ.

    1
    7
  8. ނ

    މާފަރު އެއަރޕޯޓޭ.....ނޫނު ތިޔަވަރަށް ދޮގު ހަދާކަށް ނުވާނެ