ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ ޒުވާން ކުޅުންތެރިޔާ ކީލިއަން އެމްބާޕޭ ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

އޭނާ ކޮވިޑަށް ފައްސި ވެފައިވަނީ ފުރާންސާއިއެކު ޔޫއެފްއާ ނޭޝަންސް ލީގުގައި މިހާރު ކުޅެމުންދާ ސްކޮޑްގައި ހިމެނިފައި ވަނިކޮށެވެ. ކޮވިޑް-19 އަށް އެމްބާޕޭ ފައްސި ވުމާއި ގުޅިގެން އަމިއްލަ ގައުމުގައި އަންގާރަ ދުވަހުގެރޭ ކްރޮއޭޝިއާއާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާއަށް ނުކުޅެވޭނެއެވެ. ފްރާންސްގެ ގައުމީ ޓީމުގައި މުހިއްމު ދައުރެއް އަދާ ކުރާ އެމްބާޕޭ ވަނީ އެ ޓީމު ފުރަތަމަ ކުޅުނު މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑުވެސް ޖަހާފައެވެ.

ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމުން ބުނީ އެމްބާޕޭ ކޮވިޑް-19 އަށް ފައްސި ވެފައިވާ ކަމަށާއި މިހާރު އޭނަ ހުރީ 14 ދުވަހަށް ވަކިން އެކަހެރި ކޮށްފައި ކަމަށެވެ. އަދި އެމްބާޕޭގެ ހަށިގަނޑުން ވައިރަހުގެ އެއްވެސް އަލާމާތެއް ފެނިފައިނުވާ ކަމަށްވެސް އެ ޓީމުން ވަނީ ބުނެފައެވެ.

އެމްބާޕޭ ކޮވިޑަށް ފައްސި ވުމާއިއެކު އޭނާ ވެގެން ގޮސްފައިވަނީ ޕީއެސްޖީއިން މި ބައްޔަށް ފައްސިވި ހަތްވަނަ ކުޅުންތެރިޔާ އަށެވެ. މީގެ ކުރިން ސްޕެއިންގެ ރަށެއް ކަމުގައިވާ އިބްޒާއަށް ޗުއްޓީ ހޭދަކުރަން ގޮސް އުޅެނިކޮށް ޕީއެސްޖީގެ ތަރި ނޭމާ އާއި، ފޯވާޑް އެންހެލް ޑި މަރިއާ އާއި، މިޑްފީލްޑަރު ލެއަންޑްރޯ ޕަރެޑެސް އާއި، ގޯލްކީޕަރު ކޭލޯ ނަވާސް އާއި، ފޯވާޑް މައުރޯ އިކާޑީީގެ އިތުރުން ޑިފެންޑަރު މާކީނިއޯސް ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

ޕީއެސްޖީގެ މުހިއްމު ގިނަ ކުޅުންތެރިން ތަކެއް މި ބައްޔަށް ފައްސި ވުމާއިއެކު އެ ޓީމުން މި މަހު 10 ގައި ކުޅޭ ލީގު ވަންގެ ފުރަތަމަ މެޗު ލަސްކުރުމުގެ ފުރުސަތު އެ ޓީމަށް އެބަ އޮތެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލީ

    ކޮބާހޭ އަގުހެޔޮކުރި އެތެރޭގެ އުދުހުންތައް. މިދަތި ދުވަސްވަރު މޯލްޑިވިއަން އިން ރައްޔިތުން ފެލަނީ. މިކަމާ ޒިންމާވާނެ މިނިސްޓަރެއްވެސް ނެތީތޯ. މީޑިއާތައް ގަދަ ނިދީގައިތޯ...
    ހުރިހާ ތަކުލީފެއް ނިކަމެތި ރައްޔިތުންނަށް...

    3
    1
  2. ާަރޮނާލްޑް

    ޢަހަރެން މީ ޔޫރޯ އިން އައި މީހެއް. އެމްބައްޕޭ އަކީ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ.
    You can design the website

    1
    3