އަންނަ މަހު ރަޝިއާގައި ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތައް ހާއްސަކޮށްގެން "ވަގުތު" އިން ނެރުނު މެގަޒިން ދ.ކުޑަހުވަދޫގައި ވިއްކަން ފަށައިފިއެވެ.

ކުޑަހުވަދޫ އިން މި މެގަޒިން ގަންނަން ލިބޭނީ "ބަންކަރު" ފިހާރަ އިންނެވެ. މެގަޒިން އޯޑަރު ކުރަން ބޭނުންވާ ފަރާތްތަކުން އެ ފިހާރަ އަށް ގުޅައިގެން އިންތިޒާމު ހަމަޖެއްސޭނެއެވެ. އޯޑަރު ކުރުމަށް ގުޅުއްވާނީ 7856585 ނަމްބަރު ފޯނަށެވެ.

ކުޑަހުވަދޫގެ އިތުރުން މާލެ އާއި އަތޮޅުތެރޭގެ އެހެން ރަށްތަކުން ވެސް މިހާރު މެގަޒިން ގަންނަން ލިބިވަޑައިގަންނަވާނެއެވެ.

މާލެ އިން މެގަޒިން ލިބިވަޑައިގަންނަވާނީ ނާސަރީ ބުކްޝޮޕް، ސްޕޯޓްސް ޕްލަސް، ރާދަ ބްކްޝޮޕްގެ 01، 02 އަދި ހުޅުމާލޭގައި ހުންނަ ރާދަ ބްކްޝޮޕް 03 އަދި 04 އިން އިންނެވެ. ވޯލްޑް ކަޕް މެގަޒިން މާލޭގެ ކޮންމެ ތަނަކަށް ވެސް އޯޑަރު ކުރެއްވުމުން އިތުރު ފީއެއް ނެގުމެއް ނެތި ޑެލިވަރީ ކޮށްދޭނެއެވެ. އޯޑަރު ކުރެއްވުމަށް ގުޅުއްވާނީ 9798785 އަދި 7660630ނަމްބަރު ފޯނަށެވެ.

މެގަޒިން ލިބެން ހުންނާނެ ރަށްރަށް

އދ.މަހިބަދޫ ގެލެރީ ވިއު - 7764722
ނ.ހޮޅުދޫ އަރޫސް ޕްރިންޓް ބުކްޝޮޕް - 7444118 ނުވަތަ 7220871
އއ.މަތިވެރި - 7556696
ކ.ދިއްފުށި - 9195455
ކ.މާފުށި ޝައިނީ ޝޮޕް - 9670067
އއ.ހިމަންދޫ ކޯނާ ހަޓް ކެފޭ – 9884312
ލ.ފޮނަދޫ – 9917874
ލ.ގަން ނޫފަރު ބްރަދާސް
އައްޑޫ ސިޓީ ހިތަދޫ އާގާލާ މާޓް، ބުކް ސީޒަން
އައްޑޫ ސިޓީ ހިތަދޫ 7933585، 9657764
އައްޑޫ ސިޓީ މަރަދޫ 9540109,

ކ.ކާށިދޫ 7930343

ވޯލްޑްކަޕަށް ހާއްސަކޮށްގެން "ވަގުތު" އިން ނެރުނު މެގަޒިން ބައްލަވައި ގަންނަވާ ފަރާތްތަކުގެ މެދުގައި ގުރުއަތުން ހޮވޭ ފަރާތްތަކަށް ވަނީ ބޮޑެތި އިނާމުތަކެއް ހުށަހަޅާފައެވެ. އެއްވަނަ އަށް ހޮވޭ ފަރާތަކަށް ޔޫރަޕްގެ ހަ ޤައުމަކަށް ދަތުރުކޮށްލުމުގެ ފުރުސަތު ލިބިގެންދާއިރު، ދެވަނަ އިނާމަކަށް އަލްމަނާސިކްގެ ފަރާތުން ދޭ އުމްރާ ދަތުރެއް އަދި ތިންވަނަ އިނާމަކަށް އެވިޑް ކޮލެޖްގެ ފަރާތުން ހިލޭ ކޯހެއް ހެދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މިމެގަޒިން ވިއްކުމަށް ހަމަޖެހިފައި ވަނީ 200 ރުފިޔާ އަށެވެ.

"ވަގުތު" އިން ނެރެފައިވާ މެގަޒިންގައި ވޯލްޑްކަޕްގައި ކުޅޭ ޓީމްތަކާއި މުހިންމު ކުޅުންތެރިންގެ މައުލޫމާތު ހިމަނާފައި ވާނެއެވެ.