އެފްއޭއެމް އިން މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ބޯޅަ ހަދިޔާ ކުރަން ނިންމައި އެ މަސައްކަތް ކުރިއަށް ގެންދަން ފަށައިފިއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފައި ވަނީ ބެހުމަށް ނިންމި ބޯޅަތަކަކީ މިއަހަރު ބޭއްވުމަށް ނިންމި މިނިވަން ޗެމްޕިއަންޝިޕްް ފުޓްބޯޅަ މުބާރާތަށް އެފްއޭއެމް އާއި ކުޅިވަރާއި ބެހޭ ވުޒާރާއިން ގެނައި ބޯޅަތަކެއް ކަމަށެވެ. ނަމަވެސް މިހާރުގެ ހާލަތު ހުރި ގޮތުން މިއަހަރު މިނިވަން ޗެމްޕިއަންޝިޕްް ފުޓްބޯޅަ މުބާރާތް ބޭއްވެން ނެތުމުން ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހްލޫފު އާއި މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި އެފްއޭއެމް އިން ކޮންމެ ރަށަކަށް ހަމަހަމަ އުސޫލުން ބޯޅަތަށް ބެހުމަށް ނިންމާފައި ވާކަމަށް އެފްއޭއެމްގެ ޖެނަރަލް ސެކްޓަރީ ހުސައިން ޖަވާޒް (ޖަވާ) ވިދާޅުވިއެވެ. އެގޮތުން ކޮންމެ ރަށަކަށް 10 ބޯޅަ ހަދިޔާކުރުމަށް ނިންމާފައިވާ ކަމަށް ޖަވާ ވަނީ ވިދާޅުވެފަ އެވެ.

"މިނިވަން ޗެމްޕިއަންޝިޕް ބޭއްވޭނެ ގޮތެއް މިހާރު ނެތުމުން މިނިސްޓަރުގެ ލަފައާއެކުވެސް އަޅުގަނޑުމެން ނިންމީ ކޮންމެ ރަށަކަށްވެސް ހަމަހަމަ އުސޫލުން ބޯޅަ ހަދިޔާކުރުމަށް. އަޅުގަނޑުމެން ގަބޫލުކުރަނީ މި އެހީގެ ސަބަބުންވެސް ރަށްރަށުގައި ފުޓްބޯޅަ ކުޅެން ބޭނުންވާ ފަރާތްތަކަށް ހިތްވަރަކަށް ވެގެންދާނެ ކަމަށް." ޖަވާ ވިދާޅުވިއެވެ.

އެފްއޭއެމް އިން ބުނި ގޮތުގައި ބޯޅަތައް ކޮންމެ ރަށަކާއިވެސް ހަވާލު ކުރެވިގެން ދާނީ އެ ދާއިރާ ތަކުގެ މަޖިލިސް މެމްބަރުން މެދުވެރި ކޮށެވެ. އޮގޮތުން މިހާތަނަށް 25 ދާއިރާއެއްގެ މެންބަރުނަށް ބޯޅަ ހަދިޔާކުރެވިފައިވާ ކަމަށާއި ކުރިއަށް އޮތް ހަފްތާގައި ހުރިހާ ދާއިރާ ތަކުގެ މެމްބަރުންނަށް ބޯޅަތަށް ހަދިޔާ ކުރެވިގެން ދާނޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނަހީން

    ތިކަންވެސް ސިޔާސީ މީހަކާ ގުޅުވައިގެން ނޫނީ ނުކުރެވޭ ދޯ!!!!!

  2. ާއަލީ

    އެން މެ މުބާރާތަކަށް އެތެރި ކުރި ބޯޅަތައް ބަހާލީ މާވެސް ރަށަކަށް 10 ބޯޅަ.

  3. ހާސިލް

    މެންބަރުންނައް ގާނޫނު އަސާސީން ލާޒިމް ކުރަނީ ގާނޫނުހެދުން......އެކަމަކު ބޯޅަހަވާލުކުރުން މަގާމުގެ ނުފޫޒާ،، ކޮރަޕްޝަން ނުވޭބާ......ކޮންމެކަމެއްވެސް ދާއިރާމެންބަރުލައްވާ ކުރިވްންޖެހުން ދެންކޮބާ ކޮރޕްސަނަކީ..... ހިންގަން ތިބަެ ވެރިން ސަލާންޖަހާ އުސޫލު ދޫކުެައްވާ ތިމާގެ މަސްއޫލިއްޔަތު އަދަކުރައްވަަ...އަމިއްލަ ބާރު އެހެން މީހަކު ޕްރޮމޯޓް ކުެުމައް މޮމަްްސަލަ ްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްް އޭސީސީން ނިބައްލަވަނީ ކީއްވެ

  4. އިރުޝާދާ

    ރަސްދޫ އަށް ތިޔަ ނުދޭތި. މިހާރުވެސް ކުދިނަށް ކިޔަވާދެނީ ކީ ނޫން، ކުޅިވަރާގެން ދަނޑުގަ ކުޅެފަ އެތަން ނިންމާފައި ބީޗުގަ. ކުދިންތައް އެތަންމިތާގައި ހިތާމަހުރިކަމެއް.

  5. އަލިބެއްޔާ

    މެގަ ޕްރޮޖެކްޓް.