އިޓާލިއަން ލީގުގައި ރޭ ޗެމްޕިއަން ޔުވެންްޓަސް އާއި ސަމްޕްޑޯރިއާ ބައްދަލު ކުރި މެޗު ކާމިޔާބުކޮށް ޔުވެންޓަސް އިން ލީގު ފެށުން ރަނގަޅު ކޮށްފިއެވެ.

ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކުރީ 3-0 ގެ ނަތީޖާ އަކުންނެވެ. ރޭ ޔުވެންޓަސް އިން ކުޅުނު މި މެޗަކީ އެ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އެންްޑްރިިއާ ޕިރްލޯގެ ކޯޗުކަމުގެ ދަށުގައި ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ.

ޔުވެންޓަސް އިން މޮޅު ކުޅުމެއް ދެއްކި މި މެޗުގެ ފުރަތަމަ ލަނޑު މެޗުގެ 13 ވަނަ މިނެޓްގައި އެ ޓީމަށް ކާމިޔާބުކޮށް ދިނީ ޑެޖަން ކުލުސެވިސްކީ އެވެ. މެޗުގެ ފުރަތަމަ ހާފް 1-0 ގެ ނަތީޖާ އަކުން ނިމިގެން ދިޔައިރު ދެވަނަ ހާފްގައި ޔުވެންޓަސުން ވަނީ އިތުރު ދެ ލަނޑު ކާމިޔާބު ކޮށްފައެވެ. މެޗުގެ 78 ވަނަ މިނެޓްގައި ޑިފެންޑަރު ބޮނުއްޗީ އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބު ކުރިއިރު ޔުވެންޓަސް އަށް ލީޑު ފުޅާކޮށްދިނީ މެޗުގެ 88 ވަނަ މިނަޓް ގައި އާރޮން ރަމްސޭގެ އެހީތެރި ކަމާއެކު ޕޯޗުގަލްގެ ތަރި ރޮނާލްޑޯ އެވެ.

މިމެޗުން މޮޅުވެ ޕިރްލޯގެ ކޯޗުކަމުގެ ދަށުގައި ޔުވެންޓަސުން ރަނގަޅު ކުޅުމެއް ދެއްކިއިރު އިޓަލީގެ ސަރުކާރުން ވަނީ 1000 ސަޕޯޓަރުން ދަނޑަށް ވަނުމުގެ ހުއްދަ ދީފައެވެ. މިއީ މާޗް މަހުގެ ފަހުން އިޓާލިއަން ލީގުގެ ސަޕޯޓަރުން ދަނޑަށް ވަން ފުރަތަަމަ ފަހަރެވެ.

މިމެޗުން މޮޅުވެ ޔުވެންޓަސް އަދި އޮތީ ކުޅުނު ހަމައެކަނި މެޗުން ތިން ޕޮއިންޓް ހޯދައިގެން ތާވަލްގެ ދެވަނައިގައެވެ.