އއ.ބޮޑުފޮޅުދޫ އާރުބީޖީ ސްޕޯރޓްސް ކުލަބުން ނިމިދިޔަ ހަފްތާގައި ވަނީ ފާހަގަކޮށްލެވޭ އެތަށް ހަރަކާތް ތަކެއް ކުލަބު ފެންވަރުގައާއި ރަށު ފެންވަރުގައި ކުރިއަށް ގެންގޮސްފައެވެ.

މިކުލަބުގެ ފަރާތުން ރަށުގެ ތަރައްޤީއަށް ހިލޭ ސާބަހަށް ކުރަމުންގެންދާ މަސައްކަތްތަށް އިތުރުކޮށް އަދި ކުލަބުގެ މާލީ ހާލަތު ތަނަވަސް ކުރުމުގެ ގޮތުން ގިނަ މަސައްކަތް ތަކެއް ވަނީ ކޮށްފައެވެ. އެގޮތުން ސަރުކާރުން ރަށުގައި އަލަށް އިމާރާތް ކުރަމުން ގެންދާ މިސްކިތުގެ މަސައްކަތް ކުރުމަށް ހަވާލުވި ކުންފުނިން މަސައްކަތް ފެށިތާ މާގިނަދުވަސްތަކެއްނުވެ، މިސްކިތުގެ މަސައްކަތް ހުއްޓުމަކަށް އައުމާއި ގުޅިގެން އެސައިޓް ގައި ހުރި އެކުންފުނީގެ ސާމާނު އެސަރަހައްދުން ނެރެ އެހެން ރަށަކަށް ވަނީ ފޮނުވާލާފައެވެ. އަދި ރަށުން ބޭރު 2 ދޯނި އެހެލައި، ބާލައި ދިނުމުގެ މަސައްކަތްވެސް ކުލަބަށް ފައިސާ ހޯދުމުގެ ގޮތުން ވަނީ ކޮށްފައެވެ.

އާރުބީޖީ ސކ ފާހަކޮށްފައިވަނީ މިހާލަތަށް ކުލަބުތަށް މަސައްކަތް ކުރަން ޖެހެނީ ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބަދަލުގައި ކަމާއި ގުޅުންހުރި މިނިސްޓްރީތަކުންވެސް ކުޅިވަރު ސާމާނުފަދަ ތަކެތި ފޯރުކޮށްނުދޭތީއެވެ. އަތޮޅުތަކުގައި ހަރަކާތްތެރިވާ ކުލަބުތަކުން ކަންކަން ކުރަނީ ވަރަށް ދަތި އުނދަގޫކޮށްކަމާއި އަދި ޔޫތުމިނިސްޓަރުގެ ސަމާލުކަމަށް މިކަން ގެންނަން ބޭނުންވާކަމަށް މިކުލަބުން ވަނީ ބުނެފައެވެ. މިނޫން ގޮތެއް ކުލަބުތަކަށް ހޯއްދަވައިދެއްވުމަށް މިނިސްޓަރަށާއި ކަމާއި ގުޅުންހުރި މުއައްސަސާތަކުގެ ވެރިން މަސައްކަތް ކޮށްދެއްވުމަށް މިކުލަބުން ވަނީ ގޮވާލާފައެވެ

.މި ކުލަބަކީ ކުޅިވަރަށް ހާއްސަ ކުލަބަކަށްވާއިރު އަންނަމަހުން ފެށިގެން ކުލަބުގެ އަންހެން ވޮލީޓީމް އަދި ހޭންޑްބޯލްޓީމް ކައިރީގައިވާ ބައެއްރަށްރަށަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފިރިހެން ވޮލީޓީމް އާއި ފުޓްސަލްޓީމްވެސް އަންނަމަހުން ފެށިގެން ރާއްޖޭގެ އެކިއެކި ރަށްރަށަށް ދަތުރުކޮށް މެޗްތަށް ކުޅުމަށް ދަނީ ތައްޔާރުވަމުންނެވެ. ކުޅިވަރުގެ އިތުރުން މި ކުލަބުގެ ފަރާތުން ރަށުގެ މަސްވެރިންނަށް ފަސޭހަކޮށްދިނުމަށްޓަކައި ބަނދަރު ސަރަހައްދުގައި މަސްކަނޑާނެ އަށްޓެއް އަމިއްލަތަކެތީގައި ގާއިމް ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

މިއަހަރުގެ އީދު ފާހަގަކުރުމުގެ ގޮތުން އއ،ބޮޑުފޮޅުދޫ ކައުންސިލް އިން އިންތިޒާމްކޮށްގެން އާރުބީޖީ ސްޕޯރޓްސް ކުލަބުގެ އިސްނެގުމާއިއެކު ރަށުގައި އުފެދިފައިވާ އެހެން ކުލަބެއްކަމަށްވާ ޔަންގްޕްލޭޔާރސް ސްޕޯރޓްސް ކުލަބާއި ގުޅިގެން ކުރިއަށް ގެންދިޔަ ''އާރުބީޖީ ޔަންގްޕްލޭޔާރސް ރަންއަޑު" މަދަހަ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ހާއްސަ ރަސްމިއްޔާތު 26 ސެޕްޓެމްބަރ ހޮނިހިރުދުވަހުގެ ރޭ ބޮޑުފޮޅުދޫ ބަނދަރު ސްޓެޖްގައި ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

މި ކުލަބުން ހޯދަމުންދާ ކާމިޔާބީގެ އެންމެ ބޮޑު ދައުރެއް އަދާކުރާ ބަޔަކީ ކުލަބުގެ ހީވާގި މެމްބަރުންކަން ކްލުން ފާހަގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މުހައްމަދު

    މި ދިޔަ ދެތިން ހަފްތާ އަކީ ވަގުތު ނޫހްގެ ކުޅިވަރު ސުރުހީގައި އއ.ބޮޑުފޮޅުދޫ އާ،ރު،ބީ ޖީ ސްޕޯރޓްސް ކުލަބުގެ ހަބަރުތަށް ކިޔާލުމަށް ފުރަސަތު ލިބިގެން ދިޔަ ދުވަސްތަކެއް.އިންޓްރެސްޓެޑް'' އއ. ބޮޮޑުފޮޅުދޫ އާރު،ބީ،ޖީ ފާހަގަކޮށްލެވެނީ އެ ރަށުގައި ހުރި އެހެން ކުލަބުތަކަށް ނަމޫނާ ކުލަބެއްގެ ގޮތުގައި.ސިސްޓެމެޓިކް ކޮށް ކުލަބެއްގެ ޒާތުގައި ކަންކަން ރާވާ ކުރަމުން ގެންދާކަން ފާހަގަކޮށްލެވޭ.

  2. ސަޕޯޓަރެއް

    އަޅުގަޑު ފާހަގަކޮށްލާނީ ބޮޑުފޮޅުދޫގެ ކުލަަަބުތަކުގެ ތެރެއިން ސައްހަގޮތުގައި ޤާނޫނާއި ކުލަބުތަށް ހިންގުމުގެ ޤަވާއިދުގައި ބުނާކަންކަން ފުރިހަމަކޮށްގެން ކުރިއަށް ގެންދާ ހަމައެކަނި ސްޕޯރޓްސް ކުލަބަކީ އާރުބީޖީސކ ކަން..ފުރަތަމަ ސްޓެޕް ރަޖިސްޓްރީ،2 ވަނަ ސްޓެޕް ހިންގަކޮމިޓީ އިންތިހާބުކުރުން،3 ވަނަ ސްޓެޕް ކުލަބުގެ އިފްތިތާހީ ޖަލްސާ،މިކަންކަަން ފުރިހަމަ ކުރި ކުލަބެއް ބޮޑުފޮލޫދޫގައި ނޯންނާނެ އާރު ބީ ޖީ ނޫނީ. ދެން ހަރަކާތްތަށް އެހައި ފުރިހަމަ ،،ކުރިއެރުމަށް އެދެން ކޮންމެ ހިސާބަކު ހުއްޓަސް ކުލަބާއި އެކު ވާނަން.

  3. އަބްދުއްﷲ

    މިއަޮތީ ބޮޑުފޮޅުދޫ ގައި ހިންހަމަޖެހުން ގެނުވާދޭނެ ކުލަބެއް.ސާބަސް.ރަށުގައި އެތަށް ޒަމާނެއް ވަންދެން ކުޅިވަރު ނުކުޅެވިފައި ތިބި އަންހެން ކުދިންކޮޅަކަށް ރަށްރަށަށް ދަތުރުކޮށް އެފުރަސތު ފަހިކޮށްދިނީ އެ ކުލަބުން.ކައިރީގައި ހުރި ރަސްދޫ،މަތިވެރި،މާޅޮސް ފަދަ ތަންތަނުން ޓިމްތަށް ގެނެސް/ގޮސް ހުރިހާ މީހުންނަށް ފުރަސަތު ދީފައިވާކަން އެއީ އެގޭ ބޮޑު ހަގީގަތެއް. އާރު ބީ ޖީގެ ރައީސް އަށާއި ލީޑަރ ސިޕަށް ސެލިއުޓް ކުރަން..ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް

  4. ޙަސަން

    ޢާރުބީޖީސްޕޯަޓުސްކުލަބުގެމެނޭޖަރަކީވަރަށްހިތްހެޔޮވަރަށްއޯގާތެރިމީހެއް