ރާއްޖޭގެ ފުޓްބޯޅަށް އިންގިލާބީ ބަދަލުތަކެއް ގެނައި އައްޑޫ ޑީއެންސީ ފުޓްބޯޅަ ކްލަބުގެ ފުރަތަމަ ކެޕްޓަން އަދި އޭރުގެ ކުޅަދާނަ ޑިފެންޑަރު ސ. ފޭދޫ މަތިކެޑެގޭ ހަސަން ސައީދު ނިޔާވެއްޖެއެވެ.

އުމުރުން 80 އަހަރުގައި ހަސަން ސައީދު ނިޔާވީ މަރުވީ މިމަހުގެ 6 ވަނަ ދުވަހު ހާޓްއެޓޭކެއް ޖެހިގެން މާލެ ގެނެސް ފަރުވާ ދެމުން އަންނަނިކޮށް އިއްޔެ މެންދުރުފަހު އައިޖީއެމްއެޗްގަ އެވެ.

ހަސަން ސައީދަކީ ޑީއެންސީން 1969 ވަނަ އަހަރު ގައުމީ ފުޓްބޯޅަ މުބާރާތުގައި ވާދަކުރަން މާލެ އައިއިރު އެ ޓީމުގެ ކެޕްޓަނެވެ.

ޑީއެންސީގެ ނުފޫޒު ސިފަކޮށްދެމުން "ހަވީރު" ނޫހުގައި ބުނެފައި ވަނީ "އިބްރާހިމް ހަސަން މަނިކުފާނުގެ މަސްއޫލުވެރިކަމުގެ ދަށުން، ޑިލައިޓްފުލް ނާސަން ކްލަބް އަދި ފަހުން ޑިލައިޓްފުލް ނެއިބަހުޑް ކްލަބް (ޑީއެންސީ) އުފެދުނީ އައްޑު އަށް އަރައިގެން ދިޔަ ފުޓްބޯޅައިގެ ބިޔަ ރާޅެއް ފަދައިންނެވެ."

ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށްޓަށް ކުޅޭ ގައުމީ ފުޓްބޯޅަ މުބާރާތުގައި 1969 ވަނަ އަހަރު ވާދަކުރަން މާލެ ގޮސް އެ ޓީމުން ދެއްކި ކުޅުމާ އެކު ގިނަ ބަޔަކު އާޝޯހް ކޮށްލި އެވެ. ތިރިން ޕާސްކޮށްގެން ކުޅުމުގެ އިންގިލާބީ ބަދަލު ގެނައީ 1980ގެ އަހަރުތަކުގެ ކުރީކޮޅު ކްލަބް ވެލެންސިއާގެ ޒުވާން ކުޅުންތެރިން ކަމަށް ވީ ނަމަވެސް އެންމެ ފުރަތަމަ ތިރިން ޕާސްކޮށްގެން ފުޓްބޯޅަ ކުޅެން ފެށި ޓީމަކީ ޑީއެންސީ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޮސް

    މަރުހޫމްއަށް ސުވަރުގެ މިންވަރު ކުރައްވާށި. ޢާމީން

    13
  2. ޑީ ޑީ ޓީ

    مرحوم حسن سعيد އަށް، جنة ގެ މަތިވެރި نعمة، މާތް ﷲ މިންވަރުކުރައްވާށި! امين يارب العالمين!
    މި އާރޓިކަލް ކިޔާފައި އަޅުގަނޑު ދެރަވެ ހިތާމަ ކުރި އަނެއް ކަމަކީ " ޑީ އެން ސީ" އާއި "ސީ އެމް ސީ" އާއި މި ދެނަމުގެ أصل އޮޅުވާލާފައި ވުމެވެ! މި ދެ ނަމަކީވެސް އަޅުގަނޑު އުފެއްދި ދެ ނަމެވެ.! އެއިރު އަޅުގަނޑަކީ ބަސްވިކޭ ޒުވާނަކީން! އަދި ދެ ކްލަބުގައިވެސް އިސް ދަވްރެއް އަދާކުރި މެންބަރަކީން! ވީމާ ދަންނަވަން!! އެއީ "ޑިލައިޓްފުލް ނާސަން ކްލަބް" އެއް ނުވަތަ "ޑިލައިޓްފުލް ނެއިބަހުޑް ކްލަބް" އެއްވެސް ނޫން! "ޑީ އެން ސީ"އަކީ - ޑިލިޖެންޓް ނެއިބަރސް ކްލަބް- އަދި "ސީ އެމް ސީ" އަކީ - ކޮރެލޭޓިވް މެމްބަރސް ކޮލަބް - އެވެ. ވިސްނުން ހެޔޮ حال ގައި (އިސް ރަށްވެއްސެއްގެ ގޮތުގައި) އަދިވެސް އެބަ އުޅެން! ސުވާލެއް އޮތިއްޔާ ބައްދަލުކޮށްލައްވާ!!