ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމް ކުރުމަށް ނިންމާފައިވާ ފުޓްބޯޅަ ޓާފް ދަނޑުގެ ތެރެއިން 13 ރަށެއްގެ ދަނޑުގައި ޓާފް އެޅުމަށް މިއަދު ސޮއިކޮށްފިއެވެ.

ޔޫތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ ވީ.އޭ.އެމް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ވީއޭއެމްކޯ) އާއެވެ.

މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފެވެ. އަދި ވީއޭއެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޒުބައިރުއެވެ.

މި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ ފަސް ލޮޓަކަށް ބަހާލައިގެންނެވެ. އެ ގޮތުން ފުރަތަމަ ލޮޓްގައި ހިމެނެނީ ށ. ފުނަދޫ، ށ. ފޯކައިދޫ އަދި ށ. މިލަންދޫއެވެ.

ދެވަނަ ލޮޓްގައި ހިމެނެނީ ނ. ކުޑަފަރި އަދި ނ. ވެލިދޫއެވެ. ތިންވަނަ ލޮޓްގައި ހިމެނެނީ ޅ. އޮޅުވެލިފުށި، ރ. ދުވާފަރު އަދި ރ. މާކުރަތެވެ.

ހަތަރުވަނަ ލޮޓްގައި ކ. މާފުށި، ކ. ގުޅި އަދި ކ. ގުރައިދޫ ހިމެނޭއިރު ފަސްވަނަ ލޮޓްގައި ހިމެނެނީ އއ. ރަސްދޫ އަދި ވ. ކެޔޮދޫއެވެ.

މި ރަށްތަކުގެ ދަނޑުތަކުގައި ޓާފް އެޅުމަށް ވީއޭއެމްކޯއަށް އެވޯޑްކޮށްފައިވަނީ ނޭޝަނަލް ޓެންޑަރ ބޯޑުންނެވެ. އެއީ 38,214,943.03 މިލިއަން ރުފިޔާއަށެވެ.

ކޮންމެ ލޮޓެއްގެ މަސައްކަތް ވެސް 120 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށް ކޮންޓްރެކްޓްގައިވެއެވެ.

13 ރަށެއްގެ ދަނޑުގައި ޓާފް އެޅުމަށް މިނިސްޓްރީން ހަވާލުކުރިއިރު، މިހާތަނަށް އައިއިރު މިނިސްޓްރީއިން ވަނީ އިތުރު ފަސް ރަށެއްގެ ދަނޑުގެ މަސައްކަތް ނިންމާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ައޮފްބެ

    މިގައުމުގަ ފުޓުބޯޅަ އެކަނިތަ ކުޅެނީ..ހުސްފުޓުބޯޅަ ދަނޑު މިއަޅަނީ...ކޮބާ ވޮލީކޯޓުތައް އަޅަންބުނި..ވޮލީ އަކީ އަތޮޅުތަކުގައި ދެޖިންސުން އެންމެގިނަ މީހުންކުޅެއުޅޭ ކުޅިވަރުކަން ޔަގީން!!

    6
    2
  2. ސިލްވަންތަޕޫން

    ނަމަނަމަ ބާސްކެޓް އަދި ހޭންޑްބޯލް އެޅިޔަނުދޭތި ، ދެކުޅިވަރަކީ ބޯގަންވިލާ އާއިލީ ކުޅިވަރެއް

    3
    1
  3. ސައިފް

    ތިޔައީ ފަސްއަހަރުގެ ހާސަރެއް! ކުޅިތައް އަތުރާ ނިމުމުގެކުރިން ކުޅިގަނޑު ނިމޭނީ!

    1
    1