އިނގިރޭސި ޕްރިމިއަރ ލީގުގައި ޓޮޓެންހަމް އަތުން 6-1 އިން ޔުނައިޓެޑު ބަލިވި ބަލިވުން މީސް މީޑިއާގައި ވާހަކަދައްކަނީ އެކި ގޮތްގޮތަށެވެ.

އެގޮތުން އެކި ސަޕޯޓަރުން ކުރުދޮށިން މަސްބާނަން ބުނާއިރު ރާއްޖޭގެ ބައެއް ވިޔަފާރިވެރިންވެސް ދަނީ މީގެ ފައިދާ ނަގަމުންނެވެ. ނަމަވެސް އެއްކަމެއް އެމީހުންގެ ހަނދާނުގައި ނެތެވެ. ރާއްޖޭގައި އަދިވެސް ޔުނައިޓެޑުގެ ގިނަ ސަޕޯޓަރުންތަކެއް ތިބިކަމެވެ. އެމީހުންގެ ހުޅުގަނޑު ފަޅައިގެންދިޔައީ ނިކަން ބޮޑަށެވެ.

މި ހުޅުގަނޑު މިފަހަރު ފަޅައިގެންދިޔައީ ރާއްޖޭގެ ވިޔަފާރީގައި މަގުބޫލު އެއް ބްރޭންޑް ކަމަށްވާ ލިޓަސް މެރިންގެ އިޝްތިހާރުންނެވެ. މެޗު ނިމުމަށްފަހު އެ ވިޔަފާރިއަށް ހާއްސަކޮށް ފޭސްބުކްގައި ހަދާފައިވާ ޕޭޖުން ކުރި ޕޯސްޓް ވެގެންދިޔައީ ޔުނައިޓެޑުގެ ސަޕޯޓަރުން ކެރި އަރައިގަތް ކަމަކަށެވެ.

މި ޕޯސްޓުގެ މަތީގައި ލިޔެފައިވަނީ "އެކި ސައިޒުގެ ބުޅިއާއި ކަންވާރު ލިބެން އެބަހުރި" މިހެންނެވެ. އަދި ޕޯސްޓުގެ ދަށުގައިވަނީ މި މެޗުގެ ނަތީޖާއެވެ. މި ޕޯސްޓު ކުރުމާއެކު ލިޓަސް މެރިންއަށް ކެތްކުރެވުނީ އެންމެ 18 މިނެޓަށެވެ. އެންމެފަހުން ޒުވާބު ބޮޑުވުމުން ޖެހުނީ އެ ޑިލީޓުކޮށްލާށެވެ.

ނަމަވެސް ޑިލީޓުކޮށްލުމުގެ މީހެއް ކުރި ކޮމެންޓެއް ތި ކިޔުންތެރިންނާއި ހިއްސާކޮށްލާނަމެވެ.

"މަޖަލެއްނޫން، އަދި ތި ބިޒްނަސްގެ ވައްތަރެއްވެސް ނޫން، ތީ ފުރައްސާރަ ލިޓަސް އިން ވިޔަފާރި ކުރާ އެތައްހާސް މެންޔޫ ފޭނުން ތިބިކަން ހަނދާންކުރާތި"

ރާއްޖޭގެ ވިޔަފާރިވެރިން ފުޓުބޯޅައިން ނަގާ މިފަދަ މަޖާޒީ ޕޯސްޓުތައް ދުވަސްދުވަސްކޮޅުން ފޯރިގަދަވެއެވެ. ލިޓަސްއަކީ ވެސް މާކެޓިން ލެވެލްގައި ރާއްޖޭގައި ފާހަގަކޮށްލެވޭ ބްރޭންޑެކެވެ. ނަމަވެސް މިފަހަރު މިއީ ލިޓަސްއަށް ސަޕޯޓުކުރި ޔުނައިޓެޑުގެ ސަޕޯޓަރުންނަށް ލިބުނު ބޮޑު ހިތްދަތިކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ޑެން

  ސާކަސްޓިކް ޖޯކު ލައިގެން މަޖާ ކޮއްލިޔަސް ކެކިއަރާކަށް ނުވޭ.

  -މެންޔޫ ފޭނެއް-

  30
  1
  • ފަންކާ

   މެންޗެސްޓަރ ޔުނައިޓެޑްގެ ސަޕޯޓަރެއްނަމަ "މެންޔޫ" އެއް ނުކިޔާނެ. ފޭކެއް ތީ

   8
   7
 2. ޝަރުފީޒް

  އެހެން ވިޔަފާރިތަކުގެ މާކެޓިން ޓެކްނީކްސް ކޮޕީ ނުކޮށް އަމިއްލަ ގޮތަކަށް ހަދާބަ

  3
  2
 3. އަޙްމަދު ޒަކީ

  އަހަރެންނަކީ މެންޔޫގެ ފޭންއެއް ނޫން. އެކަމަކު މާކެޓިންގައި ލިޓަސްއިން ތިކުރީ ވަރަށް ދަށުދަރަޖައިގެ ކަމެއް. އަސްލު ރީތިވާނެ، ރާއްޖޭގެ މެންޔޫ ސަޕޯޓަރުންގެ ކިބައިން މާފަށް އެދޭނެމަ. އޮޅިގެންވެސް ލިވަރޕޫލް އާއި ނުބެހޭތި.. އޫޕްސް....

  6
  11
 4. ކުޑަ ހުއްތު

  މަސްވެރިކަމަކީ ވަރަށް ހީވާގި ކެރޭ މީހުންނަށް ކުރެވޭކަމެއް. މެޗަކުން ބަލިވުމުން، ނުވަތަ ކިޔެވުމުން ފެއިލްވުމުން ކުރަންޖެހޭ ކަމެއް ނޫން. މަސްވެރިކަމަކީ ކަމެއް ނެތިގެން ކުރަންޖެހޭ ކަމެއް ނޫން. އެންމެންވެސް މަހައް ދޭ! ފައިސާ ލިބޭނެ ބޯކޮށް. މަސްވެރިންގެ ތަކެތި ވިއްކާ ބަޔަކު، މަސްވެރިންގެ އަގު ވަޒަން ނުކުރީތީ ހިތާމަކުރަން.

  15
 5. ގެންޒޯ

  މާ މަތީގަ އުޅޭ ބައެއް ތި މެންޗެސްޓާ ސަޕޯޓަރުންނަކީ. ލިޓަސް ކަލޯމެނޭ އެކަހަލަ ޕޯސްޓް ތައް ގިނައިން ކުރާތި. އަދި ޓީމަކަށް ވާ ކަހަލަ ތީމެއް ނަމަ އަދި ކިހާވަރެއް ވާނެ.

  12
  9
 6. ކައުންސެލަރު

  މިފަހުން މޭން ޔޫ އައް ވިޔާދާ ނަތީޖާއެއް ނުލިބޭތީ ސަޕޯރޓަރުން މާޔޫސް ވިޔަކަސް އެހެންމީހުން ކުރާނެކަމެއް ނެތެވެ. އަމުދުން ވަނީ އުފަލެވެ.
  ދެރަވެއްޖެދޯ. ސޮރީ ދެން އެހެން ފަހަރަކުން ނޫނީ އެހެނެއް ނުކިޔާނަން

 7. މަމެންގެ ޔޫ

  ވަރައްސަޅި އިސްތިހާރެއް !!!!!!!!!!!!

  4
  1
 8. އެއްކަލަ ގޮލާ

  މިއީ މުވައްޒަފުން ކަނޑާލި ލިޓަސް ދޯ؟ މޮޅު ސްޓަންޓު ޖެއްސިޔަސް ކުރާނެ އިހުތިރާމެއް ނެތް.