ހުޅުމާލޭގައި ޓޭބަލް ޓެނިސް (ޓީޓީ) ފަރިތަކުރުންތަކަށް ހާއްސަ ހޯލެއް ގާއިމްކުރުމަށް ސަރުކާރުން ނިންމައިފިއެވެ.

މިކަން ހާމަކުރައްވާ ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފާއިތުވެދިޔަ 60 އަހަރުތެރޭ ޓީޓީ ކުޅުމަށް މާލޭގެ ޓީޓީ ހޯލް ފިޔަވައި ފުރަތަމަ ފަހަރަށް އައު ޓީޓީ ހޯލެއް ޓީޓީ އެސޯސިއޭޝަނަށް ލިބިގެންދާނެ ކަމަށެވެ.

މި ޓީޓީ ހޯލު ޤާއިމުކުރެވިގެން ދާނީ ހުޅުމާލޭގައެވެ. އަދި މި ޓީޓީ ހޯލު ވަރަށް އަވަހަށް ހުޅުވުމަށް މަސައްކަތްކުރާނެ ކަމަށް މިނިސްޓަރ މަހުލޫފު ވިދާޅުވިއެވެ.

ހުޅުމާލޭގައި ޓީޓީ ކުޅުމަށް ހޯލެއް ގާއިމްކުރަނީ މިނީ ސްޕޯޓްސް ކޮޮމްޕްލެކްސްގެ ތިންވަނަ ފަންގިފިލާގައެވެ. މިހާރު ވެސް އެކޮމްޕްލެކްސްގައި އަންނަނީ ގައުމީ ބިލިއަރޑް ޓީމާއި ސްވިމިންގ ޓީމްގެ ފަރިތަކުރުންތައް ބާއްވަމުންނެވެ. އަދި ދާދިފަހުން ވަނީ މާޝަލް އާރޓްސް ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް ވެސް އެތަން ދޫކޮށްފައެވެ.

ޓީޓީ އެސޯސިއޭޝަންގެ އައު އެކްސްކޯގެ ނައިބް ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގަތް ކުރީގެ މަޝްހޫރު ޓީޓީ ކުޅުންތެރިޔާ އިބްރާހީމް ޝިއުރީ ވިދާޅުވީ މިއީ އައު އެކްސްކޯގެ މެނިފެސްޓޯގައި ހިމެނޭ ކަމެއް ކަމަށެވެ. އެހެންކަމުން ސަރުކާރަށް ޝުކުރުދަންނަވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަބޭ

    ކަލޯ މަހޭ ކޮންދުވަސްވަރެއްގަ ކާކުވެރިކަމެއްގަ އަޅާފަހުރިތަނެއް ތިއޮއްގެންސޯޓްބޭލެނީ ދެންވެސް އަންގަނުތަޅާ ހުރއވޭތޯބަލާ

  2. ޜ

    ޜައީސް ޔާމިނު ސަރުކާރުން ހަދާނިންމިތަނެއް
    ޢާތަނަކޭ އަދި އެބަކިޔައެއްނު...ފަތާ ފެންގަޑާ އެކު
    ޙެދި އިމާރާތް.....މަހުލޫފު ކަދުގަންނަން ޖެހޭނެ