ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޓާރފް ދަނޑު އެޅުމުގެ މަސައްކަތުގެ ދަށުން ލ. ގަމު ޒޯން ސްޓޭޑިއަމްގައި މިއަދު ޓާރފް އަޅަން ފަށައިފިއެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން މައުލޫމާތު ދީފައިވާ ގޮތުގައި މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 4.36 މިލިއަން ރުފިޔާއަށް އަމީން ކޮންސްޓްރަކްޝަން އާއެވެ.

މި ދަނޑުގެ ސަބް ބޭސް ތައްޔާރުކުރުމުގެ މަސައްކަތް ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ފަރާތުންނެވެ.

މި ދަނޑުގައި ޓާރފް އަޅަން ފެށުމާއި ގުޅިގެން ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވީރާނާވަމުންދިޔަ ގަމު ޒޯން ސްޓޭޑިއަމް ތަރައްގީ ކުރުމަކީ. ގަމު ޒޯން ސްޓޭޑިއަމްގައި ޓާރފް އެޅުމުގެ މަސައްކަތް މިއަދު ފެށިފައިވާ ކަމަށާއި އެކަމާއި ގުޅިގެން ސްޕޯޓްސް މިނިސްޓަރ އަހްމަދު މަހްލޫފަށް ޝުކުރު ދަންނަވާ ކަމަށް ވެސް ވިސާމް ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑު ފުޓްބޯޅަ ދަނޑުތައް ތަރައްގީ ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. މި ވައުދުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޮޑު ފުޓްބޯޅަ ދަނޑު ތަރައްޤީކުރުމުގެ ގިނަ މަޝްރޫއުތަކެއް ކުރިޔަށް އެބަގެންދެއެވެ.