އިނގިރޭސި ޤައުމީ ޓީމާއި މެންޗެސްޓަރ ޔުނައިޓެޑުގެ ކެޕްޓަންކަން ކުރަމުން އަންނަ ހެރީ މެގުއާ މި ދުވަސްކޮޅު ހޭދަކުރަނީ އުނދަގޫ ދުވަސްތަކެއް ކަމަށާއި އެންމެންވެސް އޭނާ ބަލައިގަންނަން ޖެހޭކަމަށް އިނގިރޭސި ކުރީގެ ކުޅުންތެރިޔާ ޖެމީ ރެޑްނެޕް ބުނެފިއެވެ.

މެގުއާއަށް އަމާޒުވަ ފާޑުކިޔުންތައް ގަދަވެފައިވަނީ ޔުއެފާ ނޭޝަންސް ލީގުގައި ޑެންމާކް އާއި ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އޭނާއަށް ދެއްކި ރަތް ކާޑާއި ގުޅިގެންނެވެ.

ޤައުމީ ޓީމުގެ އިތުރުން މެންޗެސްޓަރ ޔުނައިޓެޑުގެ ކެޕްޓަންކަން ވެސް ކުރަމުން އަންނަ މެގުއާއަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވީ އެ ޓީމުގައި އޭނާއަށް ހެދޭ ގޯސްތައް އިތުރުވުމުންނެވެ. ހާއްސަކޮށް ފަހަތުގައި ހެދޭ ގިނަ ގޯސްތަކަކީ އޭނާގެ ސަބަބުން ހެދޭ ގޯސްތަކެއް ކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ. އަދި ޔުނައިޓެޑް ބަލިވާ ކޮންމެ ފަހަރަކީ މެގުއާގެ އަތުން ކޮންމެވެސް ގޮތަކަށް ޅަ އެއްޗެއް ހެދޭ ދުވަހަކަށް ވެއެވެ.

އެގޮތުން އިނގިރޭސި ޕްރިމިއަރ ލީގުގައި ޔުނައިޓެޑު މިހާތަނަށް ކުޅުނު ތިން މެޗުން ބައިކޮޅަށް ނުވަ ގޯލު ވަނީ ވަދެފައެވެ. މީގެތެރޭގައި ޓޮޓެންހަމް އަތުން 6-1 އިން ބަލިވި މެޗު ފާހަގަކޮށްލެވެއެވެ. މި މެޗުގައި މެގުއާގެ ފަރާތުން ގިނަ ގޯސްތަކެއް ފެނުނެވެ.

މެގުއާގެ ފަރާތުން ގޯސްތައް ގިނަވާން ފެށީ ގްރީސްގައި ހިނގައިދިޔަ ތަޅާފޮޅުމުގެ ހާދިސާއަށް ފަހުގައެވެ. އެއަށްފަހު ޖަލު ހުކުމަކުން އޭނާ ސަލާމަތްވެ ހުރީ ކިރިޔާއެވެ. މި ހުރިހާ ކަމަކަށްވެސް މެގުއާ ދެކޮޅުހަދައެވެ. ނަމަވެސް ގިނަބަޔަކު ދަނީ އެކަމާ އޭނާއަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުކުރަމުންނެވެ.

ސްކައި ސްޕޯޓްސްގައި ވާހަކަދައްކަމުން ރެޑްނެޕް ބުނީ އެއްވެސް ބަޔަކަށް މެގުއާ އެ ކުރަމުންދާ ހިތްދަތި ދަތުރުގެ ވާހަކަ ނޭނގޭ ކަމަށާއި ދަނޑުތެރެއިން އަދި ދަނޑު ބޭރުން އޭނާ ދަނީ ގިނަ ކަންކަން ތަހައްމަލުކުރަމުން ކަމަަށެވެ.

"ގިނަބަޔަކަށް ވަރަށް ފަސޭހަވެދާނެ ގޭގެ ސިޓިން ރޫމުގައި ހުރެ އޭނަގެ ވާހަކަ ދައްކަން،، ހިނގާ ހަގީގަތާ ކުރިމަތިލަމާ، އޭނަ އެ ދަނީ އުނދަގޫ ދުވަސްތަކާ ކުރިމަތިލަމުން، ކާމިޔާބު ކެރިއަރެއްގެ ކޮންމެވެސް ހިސާބަކުން މިކަންކަމާ ދިމާވުމަކީ ގާތްތަކެއް، މިއީ އެންމެންގެ އެހީތެރިކަން އޭނާއަށް ދޭންވީ ވަގުތު، އަދި އެއްދުވަހަކު އޭނަ އެނބުރި އަންނާނެ، އޭނައަކީ މޮޅު ކުޅުންތެރިއެއް" ރެޑްނެޕް ބުންޏެވެ.

ޑެންމާކް މެޗުގައި މެގުއާއަށް ދެއްކި މި ރަތް ކާޑާއެކު އޭނާ ވެގެންގޮސްފައިވަނީ ވެމްބްލޭ ސްޓޭޑިއަމްގައި އިނގިރޭސި ޓީމުގެ ކުޅުންތެރިއަކަށް ދެއްކި ތިންވަނަ ރަތް ކާޑަށެވެ. މީގެކުރިން ސްވިޑަން އާއި ދެކޮޅަށް 1999 ވަނަ އަހަރު ކުޅުނު މެޗުގައި ޕޯލް ސްކޯލްސް އަށް ރަތްކާޑެއް ދައްކާފައިވާއިރު 2012 ވަނަ އަހަރު ޔޫކްރެއިން އާއި ދެކޮޅަށް ކުޅުނު މެޗުގައި ސްޓީވަން ޖެރާޑްއަށް ދެއްކި ކާޑުގެ އިތުރުން މި ލިސްޓަށް ދެން އިތުރުވީ މެގުއާ އެވެ.

 

 

 

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބެޑުސީޓު

    ހެރީ ކޭންގެ ވާހައިން ފެށެނީ ނިމުނީ މެގުއާ ، ފުކެއްބޮޑުވަރު

    • ބެޑްށީޓާ ބޭބެ

      ބެޑްސީޓް ތިކިޔަން ފެށި ހިސާބެއް ނޭންގުނު؟

      2
      1
  2. ބެޑުސީޓު

    ހަބަރު އިސްލާހުކޮށްފި ސުކުރަން