އިންޓަނޭޝަނަލް ބްރޭކަށްފަހު ޔޫރަޕު ލީގުތަކުގެ ކުޅުން މިމަހުގެ 17 ވަނަ ދުވަހު ފަށާއިރު، އެރޭ ޑާބީ މެޗުގައި އިންޓަރމިލާނާއި އޭސީ މިލާން ބައްދަލުކުރާމެޗަށް މިސީޒަނަށް އޭސީ މިލާނަށް އަލުންގެނައި ސްވިޑަންގެ ޒްލަޓަން އިބްރަމޮވިޗް "ފިޓް"ވެއްޖެކަމަށް އިޓަލީގެ ކުރީގެ ފުޓުބޯޅަ ކުޅުންތެރިއާ ކްރިސްޓިއަން ވިއެރީ ބުނެފިއެވެ.

ކޮވިޑް-19 އަށް ފައްސިވެ އައިސޮލޭޝަންގެ މުއްދަތު ހަމަކޮށް ބްރޭކަށްފަހު ޓީމުން ކުޅޭ ފުރަތަމަ މެޗުގައި ވަރަށް ވަރުގަދަ ނުރައްކާތެރި ހަތިޔާރެއް އޭސީ މިލާން އަތުގައި އެބައޮތް ކަމަށާއި، އެއީ އިބްރަހިމޮވިޗް ކަމަށްވެސް ވިއެރީ ވަނީ ބުނެފައެވެ.

އެމެރިކާގެ މޭޖަރ ލީގް ސޮކާގައި އެލް.އޭ ގެލެކްސީއާ އެކު ކާމިޔާބު ދެސީޒަނަށްފަހު އިބްރަހިމޮވިޗް އެނބުރި އޭސީ މިލާނަށް ބަދަލުވިއިރު އޭނާ ވަނީ އެލް.އޭ ގެލެކްސީއާ އެކު އެމްއެސްއެލްގެ ޗެމްޕިއަންކަނ ނުހޯދުނު ނަމަވެސް އެޓީމާއެކު ވަރަށް ރަނގަޅު ކުޅުމެއް ދަށްކާފައެވެ.

މީގެ ކުރިންވެސް އޭނާވަނީ އޭސީ މިލާނަށް ކުޅެ އެޓީމާއެކު އިޓާލިއަން ލީގުގެ ތަށިވެސް އުފުލާލާފައެވެ. މިއަހަރުގެ ޖެނުއަރީ މަސްތެރޭގައި ފްރީ އެޖެންޓެއްގެ ގޮތުގައި އޭސީ މިލާނަށް ސޮއެކުރި އިބްރާހިމޮވިޗް ވަނީ މިއަހަރު އެޓީމަށް 22 މެޗުން 14 ލަނޑުކާމިޔާބުކޮށްދީފައެވެ. ވިއެރީ ބުނިގޮތުގައި އިބްރާހިމޮވިޗް ދަނީ ކޮންމެ ދުވަހަކުވެސް ފިޒިކަލް ޓްރެއިންތައް ހަދަމުން ކަމަށާއި އިންޓަނޭޝަނަލް ބްރޭކަށްފަހު ޓީމުން ލީގުގައި ކުޅެން ނުކުންނައިރު އޭނާއަށް ވުރެ ތައްޔާރުވެގެން ހުރި އެހެން ކުޅުންތެރިއަކު ނުހުންނާނެކަމަށެވެ.

މިހާރު ލީގުގައި ކުޅެވިފައި ހުރި މެޗުތަކަށްފަހު ތާވަލްގެ 1 ވަނައިގައި އެޓަލާންޓާ ކުޅުނު 3 މެޗުންވެސް މޮޅުވެ 9 ޕޮއިންޓާއެކު އޮތްއިރު ދެވަނައިގައި އޭސީ މިލާންވެސް އޮތީ ހަމަ އެއަދަށް ޕޮއިންޓް ހޯދައިގެންނެވެ. އެޓަލާންޓާއަށް ކުރި ލިބެނީ ގޯލްގެ ތަފާތުންނެވެ. 3 މެޗުން 7 ޕޮއިންޓާއެކު އިންޓަ މިލާން އޮތީ ޕޮއިންޓް ތާވަލުގެ 5 ވަނައިގައެވެ.