އިނގިރޭސި ޕްރިމިއަރ ލީގުގައި އާސެނަލްއާއި ދެކޮޅަށް ކުޅުނު މެޗުގައި ލައިންސްމަނަކަށް ހުރި އަންހެން ރެފްރީގެ ގަޔަށް އަތްލި މައްސަލައިގައި ގިނަ ފާޑުކިޔުންތަކެއް އަމާޒުވެއްޖެ އެވެ.
މިކަން ހިނގާފައިވަނީ އާސެނަލްއާއި ސިޓީ ކުޅުނު މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު އެއްލުމެއް ނުލިބުނު މައްސަލައިގައެވެ. މި މައްސަލައިގައި އަގުއެރޯ ވަނީ ރެފްރީ ކައިރީގައި އެއީ ސިޓީގެ އުކުމެއް ކަމަށް ބުނެ އަޑުއުފުލާފައެވެ. އެއާއެކު ރޮނގު ބަލަހައްޓަން ހުރި ރެފްރީ މަސޭ އެލިސް އެ ވާހަކަތަކަށް ބީރު ކަންފަތެއް ދީ ދުރަށް ދާން އުޅުމުން އަގުއެރޯ ވަނީ ރެފްރީގެ ކޮނޑުމައްޗަށް އަތް އަރުވާފައެވެ. އެއާއެކު ރެފްރީ އެ އަތް ފޮޅާލާފައި ދުރަށް ދާ ތަންވެސް ފެނެއެވެ.
Not acceptable in any context. I don’t think Aguero, City or the league can condone this. https://t.co/DBZ3eZ1cOI
— amar singh (@amarjourno) October 17, 2020
މެޗަށްފަހު އަގުއެރޯ ވަނީ މައާފަށް އެދިފައެވެ. ނަމަވެސް ފުޓުބޯޅައިގެ ގިނަ ތަޖުރިބާކާރުން ދެކޭ ގޮތުގައި މިއީ އަގުއެރޯއަށް އަދަބު ލިބެންޖެހޭ ވަރުގެ ކަމެކެވެ. އެއީ އެއްވެސް ހާލެއްގައި ރެފްރީއެއް ގައިގަ އަތްލުމަކީ ފުޓުބޯޅަ ޤަވާއިދު ބުނާގޮތުން އަދަބު ލިބެންޖެހޭނެ ކަމެކެވެ. މިކަމާއި ގުޅިގެން އަގުއެރޯއަށް އެއްވެސް އަދަބެއް ދީފައިނުވެއެވެ.
މި މައްސަލައިގައި އަގުއެރޯއަށް ފާޑުކިޔުންތައް އަމާޒުވެފައިވާއިރު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ އޭނާގެ ދިފާއުގައި ނިކުމެފައެވެ.
" އަގުއެރޯއަކީ އަހަރެންގެ ހަޔާތުގައި މިހާތަނަށް ދުށް އެންމެ ސަޅި އެކަކު، މި ކަން ބޮޑު ކަމަކަށް ނުހަދާ އެހެން ކަންކަން ބެލިއްޔާ މާ ރަނގަޅުވާނެ، " ބީބީސީ ސްޕޯޓްސްއާއި ވާހަކަދައްކަމުން ގާޑިއޯލާ ބުންޏެވެ.
އަގުއެރޯގެ ދިފާއުގައި ގާޑިއޯލާ ނުކުތް ނަމަވެސް ގިނަ ކޯޗުންނާއި ފުޓުބޯޅައިގެ ތަޖުރިބާކާރުން ދެކޭ ގޮތުގައި މިއީ ވަރަށް ސީރިއަސް މައްސަލައެކެވެ. އެއީ އަންހެން ރެފްރީއެއް ގައިގަ އަތްލުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އަދި ދަނޑުމަތީގައި ކުޅޭއިރު މިފަދަ ކަންކަން ތަކުރާރު ނުވާނެ ފަދަ ގޮތަކަށް ކަންކަން ބައްޓަންކުރަން ޖެހޭ ކަމަށްވެސް ގިނަ ތަޖުރިބާކާރުން ގަބޫލުކުރެއެވެ.
މި މެޗުގެ އަންހެން ރެފްރީ އަކީ 2011 ވަނަ އަހަރުން ފެށިގެން ޕްރިމިއަރ ލީގުގައި މަސައްކަތްކުރަމުން އަންނަ ރެފްރީއެކެވެ.
އަގުއެރޯ އަކީ ސިޓީއަށް ވަރަށް މުހިއްމު ކުޅުންތެރިއެކެވެ. ނިމުނު ސީޒަނުގައި އޭނާ ވަނީ އެ ޓީމަށް ކުޅެދިން 24 މެޗުގައި 16 ގޯލު ޖަހާފައެވެ. އޭނާ ސިޓީއާއި ގުޅިފައިވަނީ 2011 ވަނަ އަހަރުގައެވެ. އެއަށްފަހު ސިޓީ ހޯދި ކޮންމެ ކާމިޔާބީއެއްގައި އަގުއެރޯގެ ރޯލު ބޮޑެވެ.
ކާފަރުން އުޅޭނީ މުޅިންވެސް މިހެން. ދީނުގަ އޮންނަ ގޮތަކައް ނޫޅޭނެ.
ދެން އެވަރު އޯކޭނު. ކިހާ ލޯބިން އެ ފިރުމާލީ
Yeaހ
އެމީހުން ބުނަނީ ފިރިހެނުންނާއި އަންހެނުން ހަމަ ހަމަ ކަމަށް ،ބަލަ ފިރިހެން ރެފްރީއެއްގެ ކޮނޑަށް އަތްލިނަމަ ތީމައްސަލަޔަކަށް ނުވީސް
ލައިންސްމަން އަކަށް އަންހެނަކު. ލައިންސްވުމަން ނުކިޔަނީ ކީއްވެތަ؟ ނޫނީ އަންހެނެއްގެ ސިފައިގަ ހުރި ފިރިހެނަކަށް ވީމަތަ އެގޮތަށް އެ ކިޔުނީ. ކޮންމެވެސް މީހަކު ސާފުކޮށްދީބަލަ.
ވަޓް އިޒް ދިސް ބިހޭވިއަރ ޕޫޖާ؟