މާލޭ ކުޅިވަރު އެކުވެނީގައި ކްރިކެޓު ކުޅޭތާ އެތައް ޒަމާނެއް ވެއްޖެއެވެ. ކްރިކެޓުގައި ބޭނުންކުރާ ބަރު ބޯޅައިން އެ ތަނުގައި މެޗެއް ކުޅޭ ނަމަ ހަތަރަކަށް ޖަހަން ފަސްޖެހެއެވެ. އަދި ހަޔަކަށް ޖަހަން ޖެހިލުންވެއެވެ. އެއީ މީހަކަށް، ނުވަތަ ތަނަކަށް އެ ބޯޅައިގެ ސަބަބުން ގެއްލުންތަކެއް ވެދާނެކަމުގެ ބިރުގައެވެ. މީގެކުރިން އެފަދަ ކަންކަން ހިންގާފައި އެބަހުރިވެސް މެއެވެ. ރާއްޖޭގައި ކްރިކެޓު ކުޅެމުންދަނީ އެންމެ އެކަށީގެންވާ ތަނެއްގައެއް ނޫނެވެ.

މިހާރު ކްރިކެޓް ކުޅެމުން އަންނަ ތަން

މި ހުރިހާ ތަކުލީފުތަކަށް ލުއި ދޭން ނިންމާފައިވަނީ ދުނިޔޭގެ ކްރިކެޓުގެ ގަދަބާރު އަދި ރާއްޖޭގެ އަވަށްޓެރި އިންޑިއާއިންނެވެ. އިންޑިއާއިން ރާއްޖެ އަށް ދޭން ނިންމައިފައިވާ 800 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 12.3 ބިލިއަން ރުފިޔާ)ގެ ކްރެޑިޓްލައިނުގެ ދަށުން ބޮޑު ހަތް މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ކްރިކެޓް ސްޓޭޑިއަމެއް ގާއިމުކުރުމަށް ވަނީ ނިންމާފައެވެ. މި ސްޓޭޑިއަމްގެ މަސައްކަތް ފަށާނެކަމަށް ބޮޑަށް ބެލެވެނީ އަންނަ އަހަރުގައެވެ.

ބޭރުގެ ބޮޑު މުބާރާތަކަށް ދާއިރު ދިވެހި ކުޅުންތެރިންނަށް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ރަނގަޅު ފެންވަރުގެ ވަސީލަތްތައް ރާއްޖޭގައި ނެތުމާއި އަދި އެކަށީގެންވާ ބޮޑު ތަނެއްގައި އެ ފަރިތަކުރުންތައް ނުގެންދެވުމެވެ. ބޭރުގެ ބޮޑު ސްޓޭޑިއަމެއްގައި ގޮސް ކުޅޭއިރު އެ ތަފާތުތައް އެންމެ ބޮޑަށް ފެނިގެންދެއެވެ. ނަމަވެސް ދިވެހިި ކުޅުންތެރިންނަކީ މި ސަރަހައްދުގައި ބޮޑު ކުރިއެރުމެއް ހޯދާފައިވާ ގައުމެކެވެ.

ހުޅުމާލޭގައި އެޅުމަށް ޕްލޭންކުރާ ކްރިކެޓް ސްޓޭޑިއަމް

ރާއްޖޭން 2005 އަދި 2006 ވަނަ އަހަރުގެ އިމާޖިން ނޭޝަންސް ކްރިކެޓް މުބާރާތް ކާމިޔާބުކުރި އިރު ފަހަކަށް އައިސް ބާއްވާ މުބާރާތްތަކުގައި، ކްރިކެޓުގައި ފާހަގަކޮށްލެވޭ ގައުުމުތަކާއި ވާދަކޮށް ދިވެހި ކުޅުންތެރިންގެ ފަރާތުން ފެންނަނީ މޮޅު ކުޅުމެކެވެ. އުއްމީދީ ކުޅުމެކެވެ.

"ހަގީގަތުގައި އަޅުގަނޑުމެން މި ތިބީ ވަރަށް ނަސީބުގަދަ ހިސާބެއްގަ ކްރިކެޓުގަ، އިންޑިއާ، ލަންކާ، ޕާކިސްތާން، ސްރީލަންކާ ފަދަ ގައުމުތަކާއެކު ވަރަށް ގާތް ގުޅުމެއް އަބަދުވެސް އޮވޭ ކްރިކެޓުގައި، ރާއްޖޭގައި މި އަޅާ ސްޓޭޑިއަމް ނިމުނީމަ ކަންނޭނގެ އިންޑިއާ އާއެކު ހަގީގަތުގައި ޕްރޮގްރާމް ލެވެލްއެއްގައި ރާއްޖޭގެ ކްރިކެޓް ކުރިއަރުވަން ވާހަކަ ދައްކަން ފެއްޓޭނީ" ވީޓީވީގެ ޕްރޮގްރާމެއްގައި ކްރިކެޓް ބޯޑުގެ އާ ރައީސް މުހައްމަދު ފައިސަލް ވިދާޅުވިއެވެ.

"ވަގުތު ސްޕޯޓްސް" އާއި ވާހަކަދެއްކި ގިނަ ކުޅުންތެރިންގެ އުއްމީދަކީ ރަނގަޅު ފެންވަރެއްގެ ކްރިކެޓް ދަނޑެއް އަވަސް މުސްތަގްބަލެއްގައި ލިބުމެވެ.

އިންޑިއާގެ ކްރިކެޓުގެ މައި އިދާރާ ބޯޑް އޮފް ކޮންޓްރޯލް ފޯ ކްރިކެޓް އިން އިންޑިއާ (ބީސީސީއައި) އިން ވަނީ މިދިޔަ އަހަރުން ފެށިގެން ރާއްޖޭގައި ކްރިކެޓް ކުރިއެރުވުނުގެ ޕްރޮގްރާމްތަކެއް ފަށައިފައެވެ. އެގޮތުން އަމްޕަޔަރުން ތަމްރީނުކުރުމާއި ރާއްޖޭގެ ކްރިކެޓުގެ ކުރިމަގަށް ބޭނުންވާ ޕްލޭންތައް ރޭވުމުގައި ވެސް އިންޑިއާއިން ބޮޑު އެހީތެރިކަމެއް ދަނީ ދެމުންނެވެ.

އަލަށް އަޅާ ކްރިކެޓު ސްޓޭޑިއަމަކީ 20،000 މީހުންގެ ޖާގައިގެ ސްޓޭޑިއަމެކެވެ. އަދި އެ ސްޓޭޑިއަމް ޑިޒައިންކޮށްފައި ވަނީ ބައިނަލްއަގުވާމީ ކްރިކެޓު މެޗުތައް ކުޅެވިގެންދާނެ ގޮތަށެެވެ. ހާއްސަކޮށް، ކުރިއަށް އޮތް މުސްތަގުބަލުގައި އައިޕީއެލް މެޗުތައް ރާއްޖޭގައި ކުޅެވިގެންދާނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރައްވާ ކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު މީގެކުރިން ވިދާޅުވިއެވެ. އަދި މި ސްޓޭޑިއަމް އާއެކު ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކެއް ރާއްޖޭގައި ބާއްވާނެ ފުރުސަތު ލިބިގެންދާނެ ކަމަށް ކްރިކެޓް ބޯޑުން ގަބޫލުކުރެއެވެ.

އަފްގާނިސްތާނުގައި ކްރިކެޓް ކުރިއެރުވުމަށް އިންޑިއާއިން ބޭނުންކުރީ މޮޅު ޕްލޭނެކެވެ. އިންޑިއާގެ އެހީއާއެކު އަފްގާނިސްތާނު މިހާރު އޮތީ ދުނިޔޭގެ ކްރިކެޓުގެ ރަނގަޅު ހިސާބެއްގައެވެ. ހަމައެގޮތަށް އިންޑިއާގެ އުއްމީދަކީ ރާއްޖެއަށްވެސް ހަމަ އެގޮތަށް ކަންތައްތަށް ކުރުމެވެ.

ހުޅުމާލޭ ކްރިކެޓް ދަނޑު އެޅުމާއެކު ރާއްޖޭގައި ހުރި ކްރިކެޓް ދަނޑުތަކުގެ އަދަދު ދޭކަށް އަރާނެއެވެ. އެންމެ ފުރަތަމަ ދަނޑު އަޅާފައިވަނީ 2011 ވަނަ އަހަރުގެ ސާކް ސަމިޓާއި ދިމާކޮށެވެ. އެ ފަހަރު ސަރަހައްދީ މުބާރާތެއްވެސް ފުވައްމުލަކުގައި ވަނީ ބާއްވާފައެވެ.

ރާއްޖޭގެ ކްރިކެޓުގެ މައި އިދާރާ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ އުއްމީދަކީ ކުރިޔަށްއޮތް ތަނުގައި އިންޑިއާއިން ރާއްޖޭގެ ކްރިކެޓަށް މި ބާއްވާ ގާތް ގުޅުން އިތުރަށް ރަނގަޅުވެ ރާއްޖޭގެ ކްރިކެޓަށް ބޮޑު ކުރިއެރުމެއް ލިބުމެވެ. އަލަށް ހޮވުނު އެކްސްކޯއިން ވެސް މިކަމަށް ބޮޑު އަހައްމިޔަތުކަމެއް ދޭއިރު މި ސްޓޭޑިއަމްގެ ސަބަބުން ދިވެހި ކްރިކެޓަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. މޮޔަސޮރު

    ތީތަނުވެފަ އޮތްކަމަކީ މިތަނަށް މިވަގުތު އެންމެ ބޮޑަށް ބޭނުންވަނީ ފުޓްބޯޅަ ސްޓޭޑިއަމްއެއްް މިކަމާ ވިސަނާނެ ބަޔަކު ނެތްތަ؟

    64
  2. ޢަހުމަދު

    ބޭނުންވަނީ ގައުމީ ކުޅިވަރު ކުޅޭނެ ސްޓޭޑިއަމްއެއް. އަހަރެމެންގެ ގައުމީ ކުޅިވަރު އަވައްޓެރި ގައުމާއި އެއްވީތަ. ގައުމު ނެތިދިޔައީތަ؟

    45
    2
  3. ދިވެހިންގެބަސްހަސަނު

    ބޯހަލާކު. މިރާއްޖޭގައި ކްރިކެޓު ކުޅެނީ ކޮންބައެއްތަ؟ އިންޑިއާގެ ގިނަ ސިޓީތަކުގައިވެސް ނެތްވަރުގެ ބޮޑު ކުރިކެޓު ސްޓޭޑިއަމްއެއް ހުޅުމާލޭގެ 1 ހެކްޓަރުގެ ބިމުގައި ތިޔަ އަޅަނީ ބަންގާޅީބޭކަލުންނާއި، އިންޑިއާގެ ބޭފުޅުންނަށްޓަކައިކަން ނޭގޭ ދިވެއްސެއް ނެތް.

    44
    1
  4. ބަކުރުބޭ

    ތީ ދިވެހިން ކުޅެން ހަދާ ތަނެއްނޫން. އިންޑިޔާ މީހުން ކުރިކެޓް ކުޅޭނެ ތަނެއް ނެތިގެން އިންޑިޔާއިން އަލާ ތަނެއް. ލޮލުގަ އަނދުން އަޅުވަން އުޅޭނެކަމެއް ނެތް.

    41
    1
  5. ފައްޔާޒު

    އިނޑިޔާޔައް ވިކި ނިމިފަ އޮތްތަނެއްގަ ހިނގާނީ އިނޑިޔާގެ ބާރު.

    37
    1
  6. މިއަރު

    ބޮދު ބަޖިޔާއެއް

    23
  7. ރައްޔިތުމީހުން

    މިއީ ލޯނެއް ނަގައިގެން މިވަގުތު ކުރަން އެންމެ ރަނގަޅު ކަމެއްބާ

    38
  8. އިބޫ ހުޅުމާލެ

    ފުޓުބޯޅަ ބަލަންވެސް މިހާރު 300 މީހުން ނުވަދޭ ދެން ކުރިކެޓް ކުޅެން ތިވަރުގެ ދަނޑެއް ހަދައިގެން ކީއްބާ ކުރަން ތިއުޅެނީ، އިންޑިޔާ މީހުން އާބާދު ކުރަންވާއިރަށް ރެކުރިއޭޝަންތަށް ގާއިމް ކުރަނީތޯ؟؟

    33
    1
  9. އެއްކަލަ ސޮރު

    ރަނގަޅު. ދިވެހިންނަށް މިވަގުތު އެންމެ ބޭނުންވާ އެއްތަން ތީ. އެހެން ވީމާ ބޮޑެތި، ގޮތް ނޭގޭ ލޯނުތައް ނަގައިގެން ވިޔަސް ތިކަންކުރަން ވާނެ.

    23
    2
  10. ﷲގެ އަޅާ

    މާލެ ސަރަހައް ދަށް ތަޅާ ބާލަން ވީމަ ލާރި މަތިން ފައިބަނީ.
    ރަށްރަށު މީހުން މި އުޅެނީ ބޯނެ ސާފު ފެންފޮ ދެ އްވެސް ނެތި.

    24
    1
  11. ރާއްޖެތެރެ

    15 މީހުންވެސް ބަލަން ނުދާ ކުޅިވަރެއްގަ މިހާ ބޮނޑު ހޭދައެއް މިކުރަނީ ބޭކާރު ގޮތެއްގަ

    22
    1
  12. ހީޑް

    މި އާޓިކަލްއަކީ މިކަމަށް ދިވެހިން ރުއްސަން ލިޔެފައޮތް އިސްތިހާރަކާ ވަޢްތަރީ !!! ދިވެހިންނާ ބީރަށްޓެހި ކުޅިވަރަކަށް މިވަރު މިކުރަނީ ކީއްވެ؟؟؟؟؟ ގަލޮޅު ދަނޑު އެހެރެގެން ބޮލަށް ވެއްޓެނީ !!!!!

  13. ައޮފްބެ

    ބޭކާރު ކަމެއް!!!

    13
  14. ކޭޕޮޕް

    ބީޓީއެސް ފަހަރެއްގަ އައިސްފާނެ ވޯރލްޑް ޓޮވާރގަ

    • އެންމެ ގިނަ ޙާލު

      Premier league