މި ސަރުކާރުގެ ކުޅިވަރު ސިޔާސަތުތައް ހުރީ 1980 ގެ އަހަރުތަކުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިންގެވި ގޮތަށް ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވުމުން ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ރައްދު ދެއްވައިފިއެވެ.

ރާއްޖެ ޓީވީގެ "ކުޅިވަރު ފައިލް" ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ހަސަން ލަތީފް ވިދާޅުވީ 1980 ގެ އަހަރުތަކެކޭ އެއްގޮތަށް މިހާރު ފެންނަމުން ދަނީ ކުޅިވަރުގެ އިންތިހާބުތަކާއި ކުޅިވަރު ތެރޭގައި މަސައްކަތް ކުރައްވާ ބޭފުޅުން، ސަރުކާރު ބޭނުން ނުވާގޮތަށް މަސައްކަތް ކުރައްވައިފި ނަމަ، އެ ބޭފުޅުންނާ ގުޅޭ ސަބަބު ދެއްކުމާއި ނުލާ ފިޔަވަޅު އަޅަމުންދާ ތަންކަމަށެވެ. އަދި ރާއްޖޭގައި ކުޅިވަރުގެ ކަމަކާއި ގުޅިގެން ޝަކުވާއެއް އުފުލާނެ ތަނެއް ހޯދައި، ދެނެގަތުމަކީ އުނދަގޫ ކަމެއް ކަމަށެވެ. އަދި މިއީ އޭރު ރައީސް މައުމޫންގެ ވެރިކަމުގައިވެސް ކަން ހިނގައިދިޔަ ގޮތްކަމަށް ހަސަން ލަތީފް ވަނީ ވިދާޅުވެފައެވެ.

މިކަމާއި ގުޅިގެން "ވަގުތު"ގައި ޝާއިޢުކުރެވުނު ހަބަރެއްގެ ސްކްރީން ޝޮޓެއް އެޓޭޗުކުރައްވާ މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމެންޓް އަހްމަދު މަހުލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފާއިތުވީ ދެ އަހަރުގެ ތެރޭގައި ކުޅިވަރު ސިޔާސީ ނުކުރައްވާ ރައީސް ސޯލިހް ވަނީ ރާއްޖޭގެ ކުޅިވަރަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދެއްވާފައި ކަމަށެވެ. މީގެކުރިން އޮތްގޮތާއި އަޅާބަލާއިރު ހުރިހާ ކުޅިވަރަކުންވެސް އެތައް ކުރިއެރުންތަކަކާ ކާމިޔާބީތަކެއް ހޯދާފައިވާކަން އެތްލީޓުންވެސް އަދި ހުރިހާ ކުޅިވަރު އެސޯސިއޭޝަން ތަކުންވެސް ގަބޫލުކުރާނެކަން ކަށަވަރުވާ ކަމަށެވެ.

މިނިސްޓަރ މަހްލޫފް ކުރެއްވި ޓުވީޓް

ހަސަން ލަތީފް މިހެން ވިދާޅުވެފައިވާއިރު މި ސަރުކާރު ވެރިކަމަށް އައިފަހުން ސަރުކާރުގެ ކުޅިވަރާ ބެހޭ ސިޔާސަތުގެ ދަށުން އެތައް މަޝްރޫޢުތަކެއް ހިންގާ ބައެއް މަޝްރޫއެއްވަނީ ނިމިފައެވެ. ހާއްސަކޮށް ރައީސް ސޯލިހްގެ ކުޅިވަރު ސިޔާސަތުގެ ދަށުން ރާއްޖޭގައި އަތޮޅުތެރޭ 100 ރަށެއްގައި ފެންވަރު ރަނގަޅު ފުޓުބޯޅަ ދަނޑުތައް އެޅުމަށް ނިންމާފައިވާއިރު އިތުރު ރަށްތަކެއްގައި މިދަނޑުތައް އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މީގެއިތުރުން މިނިސްޓަރ މަހުލޫފަކީ ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކާއި ހާއްސަ ގާތްކަމެއް ބާއްވަމުން ގެންދަވާ މިނިސްޓަރެކެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އއއ

    ހަސަނާ ކަލޭ ބޭނުންހާ ގޮތަކަށް ނުޖެހޭ ވާކަށް... މާ ފުއްޕައިގެން އުޅޭނެ ކަމެއްނެތް....

    31
    3
  2. ވަހީދު

    ޓީޓީ އެސޯސިއޭޝަންގެ އިންތިހާބުގައި އެކުޅިވަރުގެ އެންމެ ކާމިޔާބު ތަރިންނާ ވާދަކޮށް ހަސަންލަތީފް ކޮއްކޮ އިއްބެމެން ބަލިވެ ވެލިކެވުނީމަ މިހެންތާ ވާނީ

    19
  3. ޙތ

    މިވެސް މިބައިގޑު ކުޅޭ ޑުރާމާ..އެއް މިނިސްޓަރަކު އަނެއް މިނިސްޓަރަކަށް ރައްދު ދިނުން..ސަރުކާރުގެ ވެރިން އެއްބަޔަކު އަނެއްބަޔަކަށް ރައްދުދީ ކުޅިވަރުކުޅެނީ..އެއްބަޔަކު އަނެއްބަޔަކު ކުރާކަމެއް ގޯސް.. ރައްޔަތުންގެ ލޮލުގަ އަދުން އަޅުވަނީ..

    11
  4. އަލީ

    މިތާ ނެތް ކަމުދާ އެކަތިވެސް.... ހުސް ރޯނު އެދުރުން... ރަތްމަހު ލޯ އަދި ހުރިހާ ތަނބިކައްޓެއް މާލެ ވެގެން އުޅޭ... ބޮޑު މޮޔައެއް..

  5. ކަނބުލޮ

    އަމިއްލަވެރިކަމުގެ ކޯޅުން ތިފެންނަނީ

  6. ރ

    ކޮނޑާ ކޮނޑު ހިތާ ހިތް ގުޅިފައި ތިޔަ އޮތީ

  7. ސަފީގު

    ވެރި ކަމަށް ނިމުން އަންނާނީ ރައީސް ނަޝީދު އެއް ދިވެހި ރާއްޖޭގެ ވެރި ކަމަ ކަށް ދެނެއް ނާންނާނެ ﷲ އިރާދަ ކުރެއްވިޔާާ ނުވެސް ގެނެވޭނެ އާމީން