އަންނަ މަހު ރަޝިޔާގައި ފަށާ ވޯލްޑް ކަޕަށް އާޖެންޓީނާ އިން ނެގި 23 ކުޅުންތެރިންގެ ސްކޮޑު އިއުލާންކޮށްފިއެވެ.

އާޖެންޓީނާ އިން ނެގި 23 ކުޅުންތެރިންގެ ސްކޮޑުގައި ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ހިމެނޭއިރު އެންމެ ފާހަގަކޮށްލެވެނީ އިންޓަ މިލާނަށް ކުޅެމުން އަންނަ އާޖެންޓީނާގެ އިތުބާރު ފޯވާޑް މައުރޯ އިކާޑީ އަށް ސްކޮޑުން ޖާގަ ދީފައި ނުވުމެވެ.

އިކާޑީ ސްކޮޑުން ބާކީކުރިއިރު މި ސީޒަނުގައި އޭނާ ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން އިކާޑީ ވަނީ މިދިޔަ ސީޒަނުގެ އިޓާލިއަން ލީގުގައި 29 ގޯލު ކާމިޔާބުކޮށްފައެވެ. އިންޓަ މިލާން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިކޮށްދިނުމުގައި ވެސް އިކާޑީގެ ދައުރު ބޮޑުކަން ފާހަގަކޮށްލެވެއެވެ.

އިކާޑީ ބާކީކުރިއިރު ޔުވެންޓަސް އަށް ކުޅެމުން އަންނަ ޕައުލޯ ޑިބާލާ އަށް ވަނީ ސްކޮޑުން ޖާގަ ދީފައެވެ.

ވޯލްޑް ކަޕްގެ އެންމެފަހުގެ ރަނަރަޕުން ކަމަށްވާ އާޖެންޓީނާ މިފަހަރު ލައްވާލާފައިވަނީ ގްރޫޕް ޑީގައެވެ. އެ ގްރޫޕްގައި ދެން ހިމެނެނީ ކްރޮއޭޝިއާ އާއި ނައިޖީރިއާގެ އިތުރުން އައިސްލޭންޑެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި އަންނަ މަހުގެ 16 ވަނަ ދުވަހު އާޖެންޓީނާ ނިކުންނާނީ އައިސްލޭންޑާއި ދެކޮޅަށެވެ.

ވޯލްޑް ކަޕަށް ނެގި އާޖެންޓީނާގެ 23 ކުޅުންތެރިންގެ ސްކޮޑު:

ކީޕަރުން: ސާޖިއޯ ރޮމޭރޯ (މެންޗެސްޓަރ ޔުނައިޓެޑް)، ވިލީ ކަބަލޭރޯ (ޗެލްސީ)، ފްރެންކޯ އާމާނީ (ރިވަ ޕްލޭޓް)

ޑިފެންޑަރުން: ނިކޮލަސް އޮޓެމެންޑީ (މެންޗެސްޓަރ ސިޓީ)، ގެބްރިއަލް މާސޭޑޯ (ސެވިއްޔާ)، ކްރިސްޓިއަން އަންސަލްޑީ (ޓޮރީނޯ)، ފެޑެރީކޯ ފާޒިޔޯ (ރޯމާ)، މާކޮސް ރޮހޯ (މެންޗެސްޓަރ ޔުނައިޓެޑް)، ނިކޮލަސް ޓަގްލިއާފިކޯ (އަޔެކްސް)، މާކޮސް އަކޫނާ (ސްޕޯޓިން)، އެޑުއާޑޯ ސަލްވިއޯ (ބެންފީކާ)

މިޑްފީލްޑަރުން: ހާވިއޭ މަޝެރޯނާ (ހެބެއި ފޯޗުން)، އެވަ ބަނޭގާ (ސެވިއްޔާ)، ލޫކަސް ބީގްލިޔާ (އޭސީ މިލާން)، އެންހެލް ޑިމަރިޔާ (ޕީއެސްޖީ)، ޖިއޮވާނީ ލޮ ސެލްސޯ (ޕީއެސްޖީ)، މަނުއަލް ލަންޒީނީ (ވެސްޓްހަމް ޔުނައިޓެޑް)، ކްރިސްޓިއަން ޕަވޮން (ބޮކަ ޖޫނިއާސް)، މަކްސިމިލިއާނޯ މެޒާ (އިންޑިޕެންޑިއެންޓޭ)

ފޯވާޑުން: ލިއޮނަލް މެސީ (ބާސެލޯނާ)، ސާޖިއޯ އަގުއެރޯ (މެންޗެސްޓަރ ސިޓީ)، ގޮންޒާލޯ ހިގުއައިން (ޔުވެންޓަސް)، ޕައުލޯ ޑިބާލާ (ޔުވެންޓަސް)،