މިކްސް މާޝަލް އާޓްސްއާއެކު ދުނިޔޭގައި މިހާރު ކުރިޔަށްދާ އެންމެ މަގުބޫލު އެއް ތެޅުމުގެ މުބާރާތް ކަމަށްވާ އަލްޓިމޭޓް ފައިޓިން ޗެމްޕިއަންޝިޕް (ޔޫއެފްސީ) އިން ސައްތައިން ސައްތަ މޮޅުވުމުގެ ރެކޯޑަކާއެކު ރަޝިއާގެ ޚަބީބް ނޫރްމަގޮމެދޮވް ނުވަތަ ރިންގުގެ ނަމުން ނަމަ "ދަ އީގަލް" ރިޓަޔާވެއްޖެއެވެ.

ޚަބީބް ރިޓަޔާވިއިރު އޭނާގެ ކެރިއަރުގައި އެންމެ ބޮޑު އެހީތެރިކަމެއް ވި އޭނާގެ ބައްޕަ ވަނީ މިއަހަރުގެ ޖުލައިމަހު ކޮވިޑު ބަލީގައި މަރުވެފައެވެ. މުސްލިމް އާއިލާއަކަށް ނިސްބަތްވާ ޚަބީބ،ް އޭނާގެ ކެރިއަރު ނިންމާލާފައިވަނީ އުުމުރުން 32 އަހަރުގައެވެ. ފަހު ތެޅުން ހާއްސަކޮށްފައިވަނީ ވެސް އޭނާގެ ބައްޕައަށެވެ.

Khabib Nurmagomedov: A Father to His Son

A Father to His Son. #UFC254

Posted by UFC on Saturday, October 24, 2020

އޭނާގެ ވަދާއީ ތެޅުމުގައި ވާދަކޮށްފައިވަނީ ހަތްވަނައަށް ރޭންކުކޮށްފައިވާ އެމެރިކާގެ ތެޅުންތެރިޔާ ޖަސްޓިން ގެއިތް އާއެވެ. މި ތެޅުން ޚަބީބް ފަސޭހަމާއެކު ކާމިޔާބުކުރީ އެއްވެސް ޖެހިލުމެއްނެތި އެވެ. ފުރަތަމަ ބުރު ނިމުނުއިރު ޖަސްޓިންއަށް ސަލާމަތުން ހުރެވުނެވެ. ދެވަނަ ރައުންޑު ފެށުނުތަނާހެން ޖަސްޓިންގެ ހަމަލާއެއް ޚަބީބުގެ ފަޔަށް އަމާޒުކުރިއެވެ. ނަމަވެސް އެ ހަމަލާ ވީ ޚަބީބު ވެއްޓޭވަރުގެ އަނިޔާއަކަށް ނޫނެވެ. އެއާއެކު ޚަބީބް މަޑުމަޑުން މެޗުގެ ކޮންޓްރޯލް ނެގިއެވެ. އަދި އާދައިގެމަތިން ޚަބީބުގެ ރަސްމީ ލޮކު އެޅުވިއެވެ. އެއާއެކު ޖަސްޓިންއަށް މާގިނައިރަކު ހިފެހެއްޓޭގޮތެއް ނުވެ މެޗު ދޫކޮށްލިއެވެ.

ކެރިއަރު ނިންމާލިކަން ހާމަކޮށް ޚަބީބް ދިން ފަހު އިންޓަރވިއު

ތެެޅުމުގެ ކެރިއަރު 2012 ވަނަ އަހަރު ފެށި ޚަބީބުގެ ވާދަކުރި އެއްވެސް މެޗަކުން އޭނާ ބަލިވެފައެއް ނުވެއެވެ. އޭނާ ކެރިއަރު ނިންމާލީ ސައްތައިން ސައްތަ ރެކޯޑަކާއެކުގައެވެ. މެޗު ނިމުމާއެކު ޚަބީބަށް އޭނާގެ ކަރުނަތަށް ހުއްޓުވޭގޮތެއް ނުވިއެވެ. ރިންގުތެރޭގައި އޭނާ ދިޔައީ ހިތް ކުދިކުދިވެގެންނެވެ. އެންމެ ކުޑައިރުންސުރެ އޭނާ ބަލާ ބޮޑުކޮށް ކެރިއަރުގެ މިހާހިސާބަށް އޭނާ ގެނެސްދިން ބައްޕައާއި ނުލާ އޭނާ ކުޅުނު ފުރަތަމަ މެޗު ވީ ޚަބީބު ވަރަށް މާޔޫސްވި މެޗަކަށެވެ.

ޚަބީބް އޭނާގެ ބައްޕައާއެކު

"މިއީ އަހަރެންގެ އެންމެ ފަހު ތެޅުން، އެނބުރިި އަހަރެން އަންނަ ނަމަ އަންނާނީ ބައްޕައާއެކު، އެކަމަކު ބައްޕަ މި ދުނިޔޭގައި ނެތް، ޔޫއެފްސީން އަހަންނަށް ގުޅީމަ އެންމެ ފުރަތަމަވެސް އަހަރެން އެވާހަކަ ބުނިން މަންމަ ކައިރީގަ، އެ ބަސް ދެން އަނބުރާ ގެންދެވޭކަށް ނެތް، އަހަރެން ނިންމިން މިއީ އަހަރެންގެ އެންމެ ފަހު ތެޅުން ކަމަށް، އަހަރެންގެ ކެރިއަރު މިހާހިސާބަށް ގެނެސްދިން އެންމެންނަށް ވަރަށް ބޮޑަށް ޝުކުރުދަންނަވަން، " ކުރިޔަށް ތެޅުމުގެ ބޮޑެތި މެޗުތަކެއް ތާވަލުކޮށްފައިވަނިކޮށް ކުއްލިގޮތަކަށް ރިޓަޔާވި ތެޅުންތެރިޔާ ބުންޏެވެ. އަދި މި ނިންމުން ނިންމީ މަންމަގެ އެދުމުގެ މަތިން ކަމަށްވެސް އޭނާ ބުންޏެވެ.

ޚަބީބް ރިޓަޔާވުމާއެކު ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާއާއި އެހެނިހެން ވަސީލަތްތަކުން ޝުއޫރުފާޅުކުރަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސޭޑް

    ): ސޭޑް. ވިޝިންގ ޔޫ ދަ ބެސްޓް. ޚަބީބަކީ ދީނަށް ލޯބިކުރާ، ދީން ފަތުރަން މަސައްކަތްކުރާ، އިސްލާމް ދީނާއި މެދު އަބަދުވެސް ފަޚުރުވެރިވާ މީހެއް!

    50
    1
  2. ޕެގޭ.

    އަލްހަމްދުލިއްލާހި . ހަބީބް އާއި ހަބީބް އާއިލާއަކީ މުސްލިމުން..

    39
    2
  3. އަހުމަދު

    ނަމޫނާ، އެތްލީޓެއް.މަޑުމައިތިރިކަމާއި .އަޚުލާގުގަވެސް.

    33
    1
  4. ޚަބީބް

    ޚަބީބް ނޫރް މުޙައްމަދޯވް

    22
    1