މިސީޒަނަށް ފަހު ފެށޭ ޓްރާންސްފާ ވިންޑޯގައި ޗެލްސީ އިން ގެންނަން ބޭނުންވާ ކުޅުންތެރިންގެ ލިސްޓުގެ އެންމެ ކުރީގައި ހިމެނެނީ ބަޔާން މިއުނިކްގެ ފޯވާޑް ރޮބާޓް ލެވަންޑޯސްކީއެވެ.

މީގެ އިތުރުން ރޯމާން އަބްރާމޮވިޗްގެ ވިސާ ވެސް ވަނީ މަޑު ޖެހިފައެވެ. ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ވެސް މިސީޒަނަށް ފަހު ކްލަބު ދޫކުރާ ކަމަށް ގިނަ މީޑިއާތަކުން ބުނަމުން އަންނަ ކަމުގައި ވީނަމަވެސް، ކޮންޓޭ އަދި ކޮންޓޭގެ 9 މުވައްޒަފުން ފޮނުވާލުމަށް ޗެލްސީ އިން 10 މިލިއަން ޔޫރޯ ދޭން ޖެހޭނެއެވެ.

ޗެލްސީ އިން ކުރިޔަށް އޮތް ސީޒަނުގައި ޓީމު ވަރުގަދަ ކުރުމަށް އަންނަނީ ގިނަ ތައްޔާރީ ތަކެއް ވަމުންނެވެ. މީގެ ތެރޭގައި ބޮޑު އަދަދަކަށް ލާރި ހަރަދު ކޮށްގެން ކުޅުންތެރިން ގެނެސް ޓީމު ވަރުގަދަ ކުރަން ޗެލްސީ އިން އަންނަނީ ތައްޔާރު ވަމުންނެވެ. ލެވަންޑޯސްކީ އަކީ މިހާރު ދުނިޔޭގެ ނަން މަޝްހޫރު ފޯވަޑުންގެ ތެރޭގައި ގުނާލެވޭ ކުޅުންތެރިއެކެވެ. ލެވަންޑޯސްކީ އަކީ ޗެލްސީ އަށް ބޭނުންވާ، ގޯލު ޖަހާ ކުޅުންތެރިއެކެވެ.

ލެވަންޑޯސްކީ ވަނީ މިސީޒަނުގައި ބަޔާން މިއުނިކަށް 51 މެޗު ކުޅެ، 42 ގޯލު ކާމިޔާބު ކޮށް ދީފައެވެ.