ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން މުސްލިމުންނާއި ދެކޮޅުވުމުން މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޕައުލް ޕޮގްބާ އެގައުމުގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުގެ ވިސްނުމެއް ގެންގުޅެމުން އަންނަ ކަމަށް އެ ޤައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ

ފްރާންސްގެ ބައެއް މީޑިއާ ރިޕޯޓުތަކުން މިކަން ރިޕޯޓުކޮށްފައިވާއިރު އެ މިކަމާއި ގުޅޭގޮތުން ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި ރަސްމީކޮށް ޕޮގްބާ ވާހަކަދައްކާނެއެވެ.

ފްރާންސްގެ ރައީސް މުސްލިމުންނަށް އަމާޒުކޮށް ދެއްކި ވާހަކަތަކުގެ ތެރެއިން އެންމެ މައްސަލަ ގޯސްވީ އިސްލާމްދީނަަކީ ޓެރަރިޒަމްގެ އަސްލު ކަމަށް ބުނި ހިސާބުންނެވެ. އެއާއެކު ފްރާންސްގެ އާބާދީގެ ދެވަނައަށް އެންމެ ބޮޑު އިސްލާމްދީނުގެ ހިދާޔަތުގެ މަތީގައި ތިބި ގިނަ އަދަދެއްގެ ރައްޔިތުން ދަނީ މިކަމާއި ދެކޮޅަށް އަޑު އުފުލަމުންނެވެ.

މެންޗެސްޓާރ ޔުނައިޓެޑަށް ކުޅެމުން އަންނަ ޕޮގްބާ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ވިސްނީވެސް މި މައްސަލައިގައި މުސްލިމް އުއްމަތާއެކު ބައިވެރިިވުމުގެ ގޮތުން ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ކުރިޔަށް އޮތްތަނުގައި ފްރާންސަށް ނިސްބަތްވާ މުސްލިމު އެހެން ކުޅުންތެރިންވެސް ކުޅުން ހުއްޓާލާނެކަން އިއުލާނުކުރުމަށް ވިސްނަމުންދާކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެތެރޭގައި ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅޭ ކަރިމް ބެންޒެމާ ހިމެނޭކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މި މައްސަލައިގައި ފްރާންސްގެ ފުޓުބޯޅަ އިދާރާއިން ޕޮގްބާއާއި ވާހަކަދައްކާނެ ކަމަށް ބެލެވެއެވެ. އެއީ ދުނިޔޭގައި މިވަގުތު އެންމެ ރަނގަޅު ނަތީޖާ ނެރޭ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ފްރާންސަށް މުހިއްމު ކުޅުންތެރިއެއް ކަމުގައި ވާތީއެވެ. ނަމަވެސް މި މައްސަލައިގައި ޕޮގްބާގެ އިތުރުން އެ ޤައުމަށް ނިސްބަތްވާ މުސްލިމް ކުޅުންތެރިން ތިބީ ވަރަށް ބޮޑަށް ރުޅިގަދަވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ބވވ

    ޔޫރަޕަކީ އިސްލަމްދީނާ އެންމެ ދެކޮޅު ބައެއް އުޅޭ ސަރަހައްދު. މިހާރުގެ ބަލިމަޑުކަމުގަވެސް އެންމެ ނުރައްކަލީ ޔޫރަޕް. ސިކުނޑިއެއް ހުރިބަޔަކަށް ބިސްނެން ވެއްޖެއެއްނުން.

    43
    2
  2. ިުުޖޖ

    ވވވވވވ ރަގަޅު ނިންމުމެއް. ސާބަސް

    43
    2
  3. މޮގޮމްބޯޯޯ

    މެކްރޯން ބުންޏަސް ތެދުވާނީ ތެދަށް. ލޮލުންނާއި ތާރީހު ހެކިދެނީ މެކްރޯންގެ ވާހަކަޔަށް. މިހާރުވެސް މުޅި ދުނިޔޭގައި ހިގާ ގިނަ ހަމަ ނުޖެހުމާއި ޓެރަރިޒަމް އިން އިނގޭ ހަގީގަތް.

    1
    110
    • މެކްރޯންގެ ދަރި މެކަރޯން

      މޮގޮމްބޯއަށް އެނގޭތޯ ތިޔަބުނާ ކޮންމެ ހަމަނުޖެހުމެއް ފެށިފަ ހިންގަމުންދަނީ ތިކަހަލަ ޔަހޫދީން މުސްލިމުންގެ ހައްގުތައް ފޭރިގަތުމުން އެހައްގުތައް ހޯދުމަށް ކުރާ މަސައްކަތުން.ދިރިހުރި މިސާލެއް ފަލަސްތީން އަކީ.މުސްލިމު ގައުމެއް ކުރިއަރާފިއްޔާ ޔަހޫދީންނަށް ހަމަނިދި ނުލިބޭނެ.އެހެންވެ ޑިމޮކްރަސީގެ ނަމުގަ އިނދަޖައްސާލި ދައުލަތްތައް އެއީ އިރާގު،ސީރިޔާ،އަފްގާނިސްތާން،ފަލަސްތީން،ލީބިޔާ،
      ޔަމަން އަކީ.ކަލޭމެން ތިބުނާ ބޮޑު ޓެރަރިސްޓް ބިންލާދިން އަކީ ވެސް ކަލޭމެން ތިޔަ ބުނާ ޑިމޮކްރަސީގެ އައްޕަ ރަޝިޔާ އާ ދެކޮޅަށް އިންދި އޮށުގެ މޭވާއެއް.

      22
    • ހުސޭނުބޭ

      ތިކިޔާ ޓެރަރިޒަމް ހިންގާ އެކައު އެއީ ތިކިޔާ މެކްރޯން! ނުބައިކަމެއް ކުރާ މީހާއަށްވުރެ އެކަން ކުރުވަން އަޑީގައި ތިބޭ ފިތުނަވެރިންގެ ނުބައިކަން މާ ބޮޑު!

      18
    • ކެނެޑީ

      މީގެ އެތައް އަހަރެއް ކުރިން ކްރިސްޓިއަނުން ދީނުގެ ނަމުގަ ހައްދުފަހަނައެޅި އެތައްކަމެއްކުރި އެތައް ހަނގުރާމައެއްކުރި އެތައް ލޭއޮހޮރުވުމެއް ހިންގި. ޓެމްޕްލާ ނައިޓްސް އަކީ މިގޮތުން ހިނގި އެންމެ ބޮޑު އެއްޖަމާއަތް. ވީމާ ދީނުގެ ނަމުގަ އެކި ޒަމާނުގަ އެކިމީހުން އެމީހުންގެ އަމިއްލަ ނަފްސުގެ އެދުންތައް ފުއްދަން އެކި ޒާތްޒާތުގެ ކަންކަންކުރި. މިހާރުވެސް ބުދިސްޓުންގެ ތެރޭ އުޅޭ މިޔަންމާ ބުދިސްޓުން އަދި ޔަހޫދީންތެރޭ ހުރި ޒަޔަނިސްޓުންނަލީ ހަމައޭގެ މީހުން. މުސްލިމުންތެރޭ މިކަންތައްވެސް ހަގީގަތުގަ ފަތުރަނީ ދީނުގެ އަދުއްވުންނާއި ގުޅިގެން މުސްލިމުންގެ ތެރޭ ތިބި މާއްދީބަޔެއް މިމީހުން ނުބައި ފިކުރެއް އާދައިގެ އެއްބައި މުސްލިމުންގެ ބޮލަށްލަނީ ދީނުގެ ނަމުގަ

      13
  4. ގާރލް 7

    ދޮންކަލޯ، ފްރާންސްގެ ފުޓުބޯޅަ އިދާރާ އަދި މެކްރޯން ކީއްކުރަން ފީފާ އިން އަޔަސް ރައީސް ގެ އެ ނިންމުން ބަދަލުކޮށް މައާފަށް ނޭދެނީސް އިތުރަށް ގައުމީ ޓީމަށް ނުކުޅެން ތިޔަހުރި އަޒުމުގައި ދެމި ހުންނާތި... ތިޔައީ ނަމޫނާ ކުޅުންތެރިއެއް...ނ

    16
  5. އައި

    އައި އެސް އަކީ ވެސް އިޒުރޭލު މޮސާދުގެ ބައެއް މުސްލިމުންގެ ނަން ކިލަނބު ކުރަން ...ތެޅޭ ޖާސޫސުން..