ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން މުސްލިމުންނާއި ދެކޮޅުވުމުން މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ޕައުލް ޕޮގްބާ އެގައުމުގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުގެ ވިސްނުމެއް ގެންގުޅެމުން އަންނަ ކަމަށް އެ ޤައުމުގެ މީޑިއާތަކުންްނާއި ބޭރުގެ މަޝްހޫރު ބައެއް މީޑިއާތަކުން ކުރި ރިޕޯޓްތައް އޭނާ ދޮގުކޮށްފިއެވެ.

މިހަބަރުތައް ދޮގުކޮށް މީސްމީޑިއާގެ ޕްލެޓްފޯމެއް ކަމައްވާ އިންސްޓާގްރާމްގައި ޕޮގްބާގެ އަމިއްލަ އެކައުންޓުން ކުރި ޕޯސްޓެއްގައި "ދަ ސަން" އިން އޭނާ ކުޅުންހުއްޓާލިކަމަށްބުނެ ލިޔެފައިވާ ހަބަރެއްގެ މައްޗަށް މީ ގަބޫލުނުކުރެވޭ ވަރުގެ ކުށެއް ކަމައް ބުނެ ލިޔުން ކޮޅެއް އަރުވާ މިއީ ފޭކް ހަބަރެއް ކަމަށް އޭނާ ބުނެފައިވެއެވެ.

އިންސްޓާގްރާމުގައި ޕޮގްބާ ކޮށްފައިވާ ޕޯސްޓް

ފްރާންސްގެ ބައެއް މީޑިއާ ރިޕޯޓުތަކުން މިކަން ރިޕޯޓުކޮށްފައިވާއިރު މިކަމާއި ގުޅޭގޮތުން ކުރިޔަށް އޮތް މަދު ދުވަސްތަކުގެ ތެރޭގައި ރަސްމީކޮށް ޕޮގްބާ ވާހަކަދައްކާނެކަމަށްވެސް މީގެ ކުރިން ބޭރުގެ ބައެއް މީޑިއާތަކުން ބުނެފައިވެއެވެ.

ޕޮގްބާ އިތުރަށް ބުނީ އޭނާއާއި ގުޅުވާ ނަފްރަތު އުފެދޭގޮތައް ދައްކަމުންދާ އެއްވެސް ހަގީގަތެއްނެތް ވާހަކަތައް އޭނާ ކުއްވެރިކުރާ ކަމަށާއި އަދި އެކަމާއިހެދި އޭނާ ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހި ރުޅިއައިސްފައިކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ފްރާންސްގެ ރައީސް މުސްލިމުންނަށް އަމާޒުކޮށް ދެއްކި ވާހަކަތަކުގެ ތެރެއިން އެންމެ މައްސަލަ ގޯސްވީ އިސްލާމްދީނަަކީ ޓެރަރިޒަމްގެ އަސްލު ކަމަށް ބުނި ހިސާބުންނެވެ. އެއާއެކު ފްރާންސްގެ އާބާދީގެ ދެވަނައަށް އެންމެ ބޮޑު އިސްލާމްދީނުގެ ހިދާޔަތުގެ މަތީގައި ތިބި ގިނަ އަދަދެއްގެ ރައްޔިތުން ދަނީ މިކަމާއި ދެކޮޅަށް އަޑު އުފުލަމުންނެވެ. ފްރާންސްގެ ރައީސް މިމޭރުމުން ވާހަކަދެއްކީ ދާދިފަހުން އެގައުމުގައި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ކާޓޫން ކުރެހި ޓީޗަރެއްގެ ބޯ އެގައުމުގައި ބުރިކޮށްލާފައިވަނީ މުސްލިމުންތަކެއް ކަމަށް ބުނަމުންދާ ދަނޑިވަޅެއްގައެވެ. ފްރާންސްގެ ސަރުކާރުންވަނީ މަރާލެވުނު ޓީޗަރަށް އެގައުމުގައިދެވޭ އެންމެ ޝަރަފުވެރި އެއް ލަގަބުކަމުގައިވާ "ލީޖަން އޮފް ހޮނަރ"ގެ ލަގަބުވެސް ދީފައެވެ.

ޕޮގްބާ އަކީ 2018 ވަނައަހަރު ފްރާންސް އިން ފީފާ ވޯލްޑް ކަޕް އުފުލާލި ޓީމުގައިވެސް މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަޙްމަދު

    ކިތަންމެ ބޮޑު ލަގަބެއްދިންކަމުގައިވިއަސް ކާފިރަކަށް ނަރަކަ ނޫން ތަނެއްނުވާނެ . ދުނިޔެ ވަނީ ކަލޭމެންގެ ސުވަރުގެއަށް.

    12
    1
  2. ރެފިއުޖީ

    ޕޮގްބާ މެންނަކަށް ނުކެރޭނެ އޮޒިލްމެން ހެން މުސްލިމުންގެ ދިފާއުގައި އެއްޗެއް ބުނާކަށް. ކަޅު ނަސްލުގެ މީހުނަށް އެއްޗެއް ބުނިނަމަ ތި މީސްމީހުން ފޫގަޅާލާފަ ނިކުތީސް ހައްގު ހޯދަން.

    15
    3