ކޮވިޑް-19 އަށް ފައްސިވުމާއި ގުޅިގެން ޔުވެންޓަސް ޓީމާއި އެކަހެރިވެގެން ހުރި އެ ޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ޕީސީއާރު ޓެސްޓުގެ ސައްހަކަމާމެދު ސުވާލު އުފައްދާ ހިތްހަމަނުޖެހުން ފާޅުކޮށްފިއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި ބާސެލޯނާއާއި ޔުވެންޓަސް ބައްދަލުކުރާ މެޗުގެ ކުރިން ހެދި ތިން ޓެސްޓުންވެސް ރޮޮނާލްޑޯ ވަނީ ފައްސިވެފައެވެ. އެއާއެކު އޭނާއަށް މި މެޗުގައި ނުކުޅެވޭނެއެވެ. ރޮނާލްޑޯ ހިތްހަމަނުޖެހުން ފާޅުކުރީ މި މެޗުގައި އޭނާއަށް ނުކުޅެވޭތީ އެވެ.

"ބަލީގެ އެއްވެސް އަލާމާތެއް ފެންނަން ނެތް، އަހަރެންގެ ސިއްހަތު އަދި ހާލަތުވެސް ރަނގަޅު" ފަސް ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދާފައިވާ ރޮނާލްޑޯގެ އިންސްޓަގްރާމްގައި ބުނެފައިވެއެވެ.

އެއަށްފަހު ރޮނާލްޑޯ ވަނީ ކޮވިޑް-19 ޓެސްޓުކުރުމަށް ގެންގުޅޭ ޕޮލިމެރަސް ޗެއިން ރިއެކްޝަން (ޕީސީއާރު) ޓެސްޓުގެ ސައްހަކަމާމެދު ސުވާލުއުފައްދާ ޕޯސްޓެއް ކޮށްފައެވެ. ނަމަވެސް އިރުކޮޅެއްގެ ތެރޭގައި ރޮނާލްޑޯ ވަނީ އެ ޕޯސްޓު ޑިލީޓުކޮށްފައެވެ.

ރޮނާލްޑޯ އެންމެ ފަހުން ޔުވެންޓަސްއަށް ކުޅެފައިވަނީ އެޓީމުން ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ރޯމާއާއި ދެކޮޅަށް ކުޅެ 2-2 އިން އެއްވަރުވި މެޗުގައެވެ.

ދުނިޔޭގެ އެންމެ މޮޅު ދެ ކުޅުންތެރިންކަމަށް ގިނަބަޔަކު އިއްތިފާގުވާ ރޮނާލްޑޯ އަދި މެސީ ބައްދަލުކުރާ މެޗަކީ ގިނަ ސަޕޯޓަރުން އިންތިޒާރުކުރަމުން ދިޔަ މެޗެކެވެ. ނަމަވެސް ރޮނާލްޑޯއަށް މި މެޗުގައި ނުކުޅެވޭނޭކަން ކަށަވަރުވުން މިއީ ގިނަބަޔަކު މާޔޫސްކުރުވާނެ ކަމެކެވެ. ރޮނާލްޑޯ ޔުވެންޓަސްއަށް ބަދަލުވިފަހުން މިހާތަނަށް މި ދެ ކުޅުންތެރިން ކުރިމަތި ލާފައިނުވެއެވެ.

ޔުވެންޓަސްއާއި ބާސެލޯނާ ބައްދަލުކުރާ މެޗު ކުޅޭނީ ރާއްޖެގަޑިން މިރޭ މެންދަމު 01:00 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ލާމު

    ބޮޑާބެގެ ބޮޑާހޭކުން ފެށުނީ ދޯ އެންމެފަހުން.

    17
    3
  2. ރޮނާލްޑޯ

    ކޮން ބޮޑާ ބެޔެކޭ ކިޔާކަށް ......

    3
    12
  3. ޒޭމް

    ބޮޑާ ސޮރު