ޗެމްޕިއަންސް ލީގުގައި ޒެނިތް ޕީޓަސްބާގް އަތުން ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް މުހިއްމު މޮޅެއް ހޯދައިފިއެވެ.

މިދިޔަ ހަފްތާގައި ލާޒިއޯ އަތުން 1-2 އިން ބަލިވި މެޗުގެ ނަތީޖާގެ ސަބަބުން ކުރިމަތިލާން ޖެހުނު ގިނަ ފާޑުކިއުންތަކުން އަރައިގަތުމަށް މިއީ ޑޯޓްމަންޑަށް މުހިއްމު ނަތީޖާއެކެވެ.

ޒެނިތް ކޮޅަށް ޑޯޓްމަންޑުން މެޗުގައި ޖެހި ދެ ލަނޑުވެސް މެޗުގެ ފަހު 15 މިނެޓު ތެރޭގައި ފެނިގެންދިޔައިރު އެޓީމުުން ގޯލް ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރިކަން ފާހަގަކޮށްލެވެއެވެ. ނަމަވ

އޭރިއާތެރެއިން ތޯގަން ހަޒާޑްގެ ޖާޒީގައި ޕީޓާސްބާގުގެ ކަރަވެއިވް ހިފުމުން ލިބުނު ޕެނަލްޓީއެއްގައި ޑޯޓްމަންޑުގެ ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ނިމުނު ޓްރާންސްފަރ ވިންޑޯގައި ޔޫރަޕުގެ ބޮޑެތި ޓީމުތަކުން އެ ކުޅުންތެރިއެއްގެ ސޮއެ ހޯދަން މަސައްކަތްކުރި އިނގިރޭސި ވިލާތުގެ ޖޭޑަން ސަންޗޯއެވެ.

ޑޯޓްމަންޑުގެ ދެވަނަ ލަނޑަކީ އާލިންގް ހާލަންޑުގެ ހުނަރުވެރިކަން ފެނިގެންދިޔަ ރީތި ލަނޑެކެވެ. ޖޫޑް ބެލިންގްހަމްގެ އެހީތެރިކަމާއިއެކު މި ލަނޑު އޭނާ ކާމިޔާބުކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައެވެ.

މި ގުރޫޕުގައި ކްލަބް ބްރޫޖް އާއި ލާޒިއޯގެ ކުރިމަތިލުން ނިމުނީ 1-1 އިން މެޗު އެއްވަރުވެގެންނެވެ. މެޗުގައި ދެޓީމުން ޖެހި ލަނޑުވެސް ފުރަތަމަ ހާފުގައި ފެނިގެންދިޔަ އިރު ލާޒިއޯގެ ލަނޑު 14 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ހޯކުއިން ކޮރީއާއެވެ. އަދި ލިބުނު ޕެނަލްޓީއެއްގައި ބްރޫޖްއިން ނަތީޖާ ހަމަހަމަކުރި ލަނޑު ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކުރީ ހާންސް ވަނަކެންއެވެ.

މި ނަތީޖާއާއެކު ހަތަރު ޓީމް ވާދަކުރާ ގްރޫޕް އެފްގެ އެއްވަނައިގައި ލާޒިއޯ އޮތީ 4 ޕޮއިންޓާއެކުއެވެ. ޕޮއިންޓުގެ ގޮތުން އެއްވަރުވި ނަމަވެސް ބްރޫޖްއަށް ދެވަނަ ލިބެނީ ގޯލްގެ ތަފާތުންނެވެ. ތިންވަނައިގައި ތިން ޕޮއިންޓާއެކު ޑޯޓްމަންޑް އޮތްއިރު ފުލުގައި ޕޮއިންޓެއް ނުލިބި އޮތީ ޒެނިތް ސެއިންޓް ޕީޓާސްބާގެވެ.